ހުޅުމާލޭގައި ކޮންޓެއިނަރަކުން މާބަލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެ އޭގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޖެޓީ ސަރަހައްދުގަ އެވެ.
މި ހާދިސާގައި އަނިޔާވި ބިދޭސީ ދެ ފިރިހެނުންގެ ތެރެއިން އެކަކު ނިޔާވެފައިވާއިރު އަނެއް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާގެ ރިޕޯޓު ލިބުނީ 15:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.














