ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގެ ތިންވަނަ ފަންގިފިލާ އިން އަންހެނަކު ވެއްޓި ބޮޑެތި ޒަހަމްތަކެއްވެއްޖެ އެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ 22 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ. އަދި، އެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހަވީރު 17:30 ހާއިރު ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އެ އަންހެން މީހާގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
އޭނާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާ އެކު ފުލުހުންގެ ކާރެއްގަ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.













