އިންގިލާބީ ބަދަލަކަށް "ފައްކާކޮށްފައި" އޮތް ވޮލީ ސީޒަން މިރޭ ފަށަނީ

Jun 11, 2022, 8:31 AM
އިންގިލާބީ ބަދަލަކަށް "ފައްކާކޮށްފައި" އޮތް ވޮލީ ސީޒަން މިރޭ ފަށަނީ

އާ ބަދަލަކާ އެކު ކަމެއް ކުރަން ބަލާއިރު އަބަދު ވެސް ގޮންޖެހުންތައް ގިނަ އެވެ. އެ ގޮންޖެހުންތައް ގިރާކޮށް ކާމިޔާބާ ހަމައަށް ދިޔުމަށް ކުރާ ދަތުރުގެ އެންމެ މުހިންމު ފިޔަވަޅަކީ އެ ކަމެއްގެ އަމަލީ މަސައްކަތް ފެށޭ ވަގުތުކޮޅެވެ. މި އަހަރުގެ ވޮލީބޯޅަ ސީޒަނަށް ގެނެވުނު ބަދަލުތަކާ އެކު ހުރިހާ ކަމެއް ތައްޔާރުކުރެވި މިހާރު މިއޮތީ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފަ އެވެ. މީގެ އެތައް ދުވަހެއް ކުރިން ރޭވިގެން ތައްޔާރުކުރެވުނު ކަންކަމާ އެކު މައިދާން މިހާރު މިއޮތީ ތައްޔާރުވެފަ އެވެ.

ގައުމީ ވޮލީބޯޅަ ސީޒަންގެ ފިރިހެން ޑިވިޝަންގެ މުބާރާތްތައް ފެށުމަށް ކޯޓު މިއޮތީ ހުރިހާ ތައްޔާރީތައް ވެސް ނިމި، ފައްކާވެފަ އެވެ.

އާ ސީޒަނަށް ވޮލީބޯޅަ އެސޯސިއޭޝަނުން ގެނައި އެންމެ ބޮޑު ބަދަލަކީ ކޮންމެ ޓީމެއްގައި ބިދޭސީ ތިން ކުޅުންތެރިން ހިމެނޭ ގޮތަށް އެކުލަވާލި ބަދަލެވެ. މި ބަދަލާ އެކު ވީއޭއެމުން ކުލަބުތަކަށް ކުޅުންތެރިން ހޯދުމުގެ މަގުވެސް ކޮށައިދިނެވެ. ސެންޓްރެލް އޭޝިއާގެ ފެންވަރު ރަނގަޅު 18 ކުޅުންތެރިންގެ ޕޫލެއް އެކުލަވާލުމަށް ފަހު "ޑްރާފްޓް" ސިސްޓަމެއްގެ ތެރެއިން ކުލަބުތަކަށް ކުޅުންތެރިން ދޫކުރި އެވެ.

މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައިވެސް މިކަހަލަ އުސޫލަކުން ކުލަބުތަކަށް ބިދޭސީ ކުޅުންތެރިން ހަމަޖައްސައިދިން ފުރަތަމަ ފަހަރެވެ. މިމަހުގެ 1 ވަނަ ދުވަހު ބޭއްވި "ވީއޭއެމް ސީޒަން ޑްރާފްޓް" އާ އެކު މިހާރު ކޮންމެ ޓީމަކަށް ވަނީ އެ ޓީމަކުން ބޭނުންވާ ތިން މަގާމަށް ހުނަރުވެރި ތިން ކުޅުންތެރިން ހަމަޖައްސައި ދީފަ އެވެ.

ޑްރާފްޓަށް ފަހު ދިވެހި ސިފައިންގެ ކުލަބާއި ގުޅޭ ތިން ބިދޭސީ ކުޅުންތެރިންނަކީ އެޓޭކަރު ޝޮން ޓީ ޖޯން، ބްލޮކަރު ކާތިކް އަދި އޮޕޮސިޓް ޕްލޭޔަރުގެ މަގާމަށް ކުޅޭ މަނޫ ޖޯސެފް އެވެ. މި ޓީމުގައި ތިބި ރާއްޖޭގެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އަހުމަދު އަބްދުލްކަރީމް (ލޯންގޭ)، އަހުމަދު ޝާހިދު (ޝާޑު) އަދި އާދަމް ނަސީމް (އެޑަމާ) އެވެ. ސިފައިން ޓީމްގެ ކޯޗަކީ ޖުނައިދު އަބްދުﷲ (މާމަ) އެވެ.

ކުރިއަށް އޮތް ސީޒަންގައި ޕޮލިސް ކުލަބަށް ކުޅޭނެ ބިދޭސީ ތިން ކުޅުންތެރިންނަކީ ސެޓަރު މުތުސާމީ، އެޓޭކަރު އަނޫ ޖޭމްސްގެ އިތުރުން ބްލޮކަރު އަކިން އެވެ. ޕޮލިހުގެ ކެޕްޓަނަކީ މުހައްމަދު ހަމްދޫން އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ އުއްމީދީ ދެ ބްލޮކަރުން ކަމަށްވާ ޝުއައިބް އަބްދުއްލަތީފް އާއި އަލީ ނާފިއު ތިބީ ޕޮލިހުގަ އެވެ. ޕޮލިހުގެ ކޯޗަކީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.

ޑްރާފް ސިސްޓަމްގެ ތެރެއިން ގުޑީސްއާ ގުޅުނު ތިން ކުޅުންތެރިންނަކީ ދެ އެޓޭކަރުންކަމަށްވާ ރިޔާޒުއްދީން އާއި ވަރުން ޖީއެސްގެ އިތުރުން ބްލޮކަރު މޯހިތު ޝަރާވަތެވެ. މި ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންނަށް ބަލާއިރު ގައުމީ ޓީމްގެ ސެޓަރު ހުސައިން ވިޝާމް (ބުޅިކޭ) އާއި އެޓޭކަރު ހަސަން ނިލާމް (ޕާޓޭ) ފާހަގަކޮށްލެވެ އެވެ. މި ޓީމްގެ ކޯޗަކީ ގައުމީ ޓީމްގެ ކުރީގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އެވެ.

ގައުމީ ޓީމުގެ ވައިސް ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) ލީޑު ކުރާ ސްޕޯޓްސް ކުލަބު ސިޓީ އިން މި ސީޒަންގައި ފެންނާނެ ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރު ހަރްދީޕް ސިންގް އާއި ސެޓަރު، ވިނާޔަކު އަދި އޮޕޮޒިޓް ޕްލޭޔަރު ވިނީތު ކުމާރު އެވެ. ވިނީތު ކުމާރަކީ މީގެ ކުރިން ފިރިހެން ޑިވިޝަންގެ މޯލްޑިވިއަން ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ޓީމްގެ ކޯޗަކީ ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗު ހުސައިން ޝަރީފު އެވެ.

ކޮލިފިކޭޝަނުން ބުރުން އެއް ވަނަ ހޯދައިގެން ކޮލިފައިވި ވެމްކޯގައި އޮތީ ވެސް ވަރުގަދަ ސްކޮޑެކެވެ. ގައުމީ ޓީމްގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި އާދަމް ފައިރޫޒް ހިމެނޭ ވެމްކޯ ޓީމާ ގުޅޭ ބިދޭސީ ތިން ކުޅުންތެރިންނަކީ ސެޓަރު ރަންޖީތު ސިންގް އާއި ބްލޮކަރު އަޝްވަލް ރާއީ އަދި އެޓޭކަރު އަމިތު ސިންގ އެވެ. މި ޓީމްގެ ކޯޗަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ، އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ.

އޮފު އެފްސީ އަކީ ރާއްޖޭގެ ތާރީހުގައި ކުޅިވަރު އެސޯސިއޭޝަނަކުން، ބިދޭސީ ކުޅުންތެރިން ކްލަބްތަކަށް ބެހުމަށް ބޭއްވި ފުރަތަމަ ޑްރާފްޓްގައި އެންމެ ފުރަތަމަ ކުޅުންތެރިއަކު ނަގަން ލިބުނު ޓީމެވެ. އެ ޓިމާ ގުޅުނު ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރު އަމިތު ގޫލިއާ އާއި، ބްލޮކަރު ޖޯން ޖޯސެފްގެ އިތުރުން ގުރޫ ޕްރަޝާންތު އެވެ. މި ޓީމްގެ ކެޕްޓަނަކީ ސެޓަރު އަހުމަދު ސިމާއު އެވެ. މީގެ އިތުރުން އަހުމަދު މުހައްމަދު (ކޯކޭ) އާއި މުޙައްމަދު އަލީ (ޑެންޒޯ) އަކީވެސް މި ޓީމްގެ މުހިންމު ކުޅުންތެރިންނެވެ. ޓީމުގެ ކޯޗަކީ މުހައްމަދު ރިޝްވާން (ރިއްޗަޅޭ) އެވެ.

ކުޅުންތެރިންގެ ޓީމުތަކަށް ލިބުމާ އެކު ފަރިތަކުރުންތައް ފޯރިއާއިއެކު ކުރިއަށް ގެންދިޔަ އެވެ. ބިދޭސީ ކުޅުންތެރިންނާއިއެކު ކުރެވޭ ކޮންމެ ފަރިތަކުރުމަކުން ދިވެހި ކުޅުންތެރިންނަށް އަންނަނީ ކުރިއެރުމެވެ. އެ ކުޅުންތެރިންގެ ކިބައިން ދަސްވަނީ ރަނގަޅު އެތައް ނަމޫނާ ސިފަތަކެކެވެ. މި ކުޅުންތެރިންނަކީ ޕްރައިމް ވޮލީބޯޅަ ލީގުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންނަށްވެފައި ވާތީ ފެންވަރާއިމެދު ބުނާނެ އެއްޗެއް ނެތެވެ.

ބައެއް ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ލިބުމުގައި ކުޑަ ލަސްކަމެއް އައި ނަމަވެސް ތައްޔާރުވެވޭ މިންވަރަށް ވަގުތު އޮއްވައި ކުޅުންތެރިން ވަނީ ޓީމުތަކާ ގުޅިފަ އެވެ.

ޓީމުތަކުން މިހާރުވަނީ ރަސްމީކޮށް ކުލަބު ޖާޒީވެސް ކުޅުންތެރިންނާއި ހަވާލުކޮށްފަ އެވެ. ބިދޭސީ ކުޅުންތެރިންނާ އެކު ޓީމްތައް ވަރުގަދަވިއިރު، ފަހު ވަގުތު އެ ޓީމްތަކުގައި ހިމެނޭ ދިވެހި ކުޅުންތެރިންނަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ކުޅުމާއި ދުރުގައި ތިބި ގައުމީ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިން މި ފަހަރުގެ ލީގުގައި ފެންނާނެ އެވެ.

ސީޒަންގައި ވާދަކުރާ ހަ ޓީމުން މުބާރާތަށް ތައްޔާރުވުންތައް ކުރިއަށް ގެންދާއިރު، ވީއޭއެމް ވެސް އޮތީ މުބާރާތައް ތައްޔާރުވެފަ އެވެ. އެ ގޮތުން މިހާތަނަށް ވޮލީބޯޅަ ސީޒަނެއްގައި ނުވަތަ މުބާރާތެއްގައި އިންޑޯ ހޯލް ރީބްރޭންޑް ނުކުރާ ފެންވަރަށް ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލް އޮތީ ބްރޭންޑް ކުރެވިފަ އެވެ. އެތަނަށް ވަދެއްޖެ ނަމަ ވޮލީބޯޅަ މުބާރާތެއްގެ ކުލަވަރާއި އިހުސާސް ގެނުވާނެ އެވެ.

ސަޕޯޓަރުންވެސް ތިބީ މިހާރު މުބާރާތް ފެށުމަށް ކެތްމަދުވެފަ އެވެ. އަބަދުވެސް ވާދަވެރި މެޗަކަށް ދިވެހި ސަޕޯޓަރުން އިންތިޒާރުކުރާ މިންވަރު ދާދި ފަހުން ނިމުނު ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުންވެސް ފެނިއްޖެ އެވެ. އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗު ކުޅުނުއިރު ދެ ޓީމުން ދެއްކި ސަޕޯޓަރާއި، ނެރުނު ފޯރިއަކީ ފިރިހެން މުބާރާތަށް ނުކުންނައިރު ވީއޭއެމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ފެންވަރު ރަނގަޅު މެޗުތަކެއް ބަލާލަން ބޭނުންވާ މީހުން ތިބިކަން އެ ރޭ އިންޑޯ ހޯލުން ފެނުނެވެ.

ވޮލީބޯޅައިގެ ތަޖުރިބާކާރު ކޯޗުން ދެކޭގޮތުގައި މި ފަހަރުގެ ފިރިހެން ޑިވިޝަނުގެ ވޮލީބޯޅަ ރަނގަޅު ލެވަލެއްގައި ނިމިގެންދިއުމަކީ ކުރިއަށް އޮތް ޑިސެމްބަރު މަހު ރާއްޖޭގައި ހޯސްޓްކުރާ ސެންޓްރަލް ޒޯން މުބާރާތަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމެކެވެ. ކުރިން ޓްރެއިނިން ކޭމްޕް ޖަހައިގެން ލިބޭ ވަރުގެ ވަރުގަދަ މެޗުތަކެއް މި ފަހަރުގެ ސީޒަނުގެ ތެރެއިން އަމިއްލަ ފަސްގަނޑުގައި ކުޅެލަން ލިބުމަކީ މާ ހިތްހަމަޖެހިލައިގެން ކުޅުންތެރިންނަށް ހޯދޭނެ ތަޖުރިބާ އެކެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަކަށް ބަލާއިރު ހަ ޓީމަކީވެސް ބޮޑެތި ބްރޭންޑްތަކެވެ. އެ ގޮތުން މިދިޔަ 10 އަހަރަށް ބަލާއިރު ދިވެހި ވޮލީ ޑޮމިނޭޓްކުރި ދެ ޓީމްކަމަށްވާ ޕޮލިސް ކުލަބާއި ދިވެހި ސިފައިން ކުލަބުގެ ވިދުން މިފަހަރު ވެސް ފަނޑެއް ނުވާނެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ގުޑީސް ސްޕޯޓްސް ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ ގައި ތިބީވެސް ނަން މަޝްހޫރު ކުޅުންތެރިންނެވެ. ކޮލިފައިންގެ ތެރެއިން ނުކުތް ވެމްކޯގައި އޮތީ އެންމެ ވަރުގަދަ އެއް ސްކޮޑެވެ. ގިނަ ބަޔަކު މިހާރު ވެސް އެ ޓީމުގެ ގައިގައި "ފޭވަރިޓުންގެ" ޓެގް އަޅުވައިފި އެވެ. އަނެއްކޮޅުން ކުޅިވަރުގައި އަލުން ފައިތިލަ ސާބިތުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކްލަބެއް ކަމަށްވާ އޮފު އެފްސީ އަކީވެސް މިފަހަރު ތަފާތެއް ދައްކާނެ ކުލަބެކެވެ.

މިރޭ ފަށާ އެސޯސިއޭޝަން ކަޕްގެ ފުރަތަމަ މެޗުގައި ޕޮލިހުން ނުކުންނާނީ ގުޑީސް އާ ދެކޮޅަށެވެ. ގައުމީ ޓީމަށް ގެންނަން ބޭނުންވާ ބޮޑު ބަދަލާއި ކުރިއެރުމަށް ކުރެވޭ އެންމެ ތަފާތު ތަޖުރިބާގެ ފެށުމެވެ. ރާއްޖޭގެ ކުލަބުތަކުގެ ކޯޗުންގެ ފެންވަރު ދެނެގަނެ އެކަން ރަނގަޅު ކުރުމަށް ދެވޭ ފުރަތަމަ އިމްތިހާނެވެ. ރާއްޖޭގައި ތިބި ވޮލީގެ ރެފްރީންނަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ޕްރެޝަރު އަމިއްލަ ގައުމުގައި ތަޖުރިބާކޮށްލަން ލިބޭ ފަހި ފުރުސަތެވެ.

އެންމެ މުހިންމު ކަމަކަށް މިއީ ބައިގަރުނުވީ ރާއްޖޭގެ ވޮލީބޯޅަ ތާރީޚުގައި ނުލިބުނު ރަން ވަނަ ހޯދަން ކުރާ އުއްމީދާއިއެކު ދެކެމުން އަންނަ ބޮޑު ހުވަފެން ހަގީގަތަކަށް ހެދުމަށް އަޅާ ފުރަތަމަ ފިވަޅު އަޅާ ދުވަހެވެ.

ގުޑީސް އާއި ޕޮލިސް މެޗު 20:15 ގައި ފަށާއިރު، ވެމްކޯ އާއި އޮފު އެފްސީ ކުޅޭ މެޗު ފަށާނީ މިރޭ 21:45 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox