ހުލާސާކޮށް އިއްޔެ: ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ ހެކިތައް ސިއްރުކޮށްދިނުން

ހުލާސާކޮށް އިއްޔެ: ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ ހެކިތައް ސިއްރުކޮށްދިނުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި މިހާރު ޝަރީއަތް ހިނގަމުންދާ މީހުންނާ ދެކޮޅަށް، ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގަނެ ދައުލަތުން އެދުނު ވަރަށް ސިއްރުކޮށްދޭން ޝަރީއަތުން ނިންމެވީ އިއްޔެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްލައިގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ.

ކްރިމިނަލް ކޯޓުގައި ތިން ގާޒީންގެ ބެންޗަކުން ބައްލަވާ މި މައްސަލާގައި އެ ގޮތަށް ނިންމެވީ އެ ތިން ގާޒީންގެ ވެސް އިއްތިފާގުންނެވެ. އެއ،ީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހުގެ އިތުރަށް ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދެވެ.

އިއްޔެ ދައުލަތުގެ މައިގަނޑު ހުށަހެޅުމަކީ ވެސް މީގެ ކުރިން ޝަރީއަތުން ނެރެފައިވާ ވަގުތީ އަމުރެއް ދާއިމީ އަމުރަކަށް ބަދަލުކޮށް ދިނުމެވެ. އެއީ، ހެކި ރައްކާތެރި ކުރުމަށާއި ބައެއް ކިތާބީ ހެކި ވަކި ވަރަކަށް ހާމަކުރާ ގޮތަށް ނެރެދިން އަމުރެކެވެ.

އެ އަމުރު ދާއިމީ ކޮށްދޭން ނިންމެވިއިރު، ދައުލަތުން ހުށަހެޅި ސިއްރު ހެކިންނަށް ހިމާޔަތް ލިބިދެވޭނެ ގޮތަކަށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެހެން ތަނެއްގައި ބައިތިއްބައިގެން ހެކިބަސް ނަގާ ގޮތަށް ނިންމި އެވެ. އަދ،ި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އަޑު ބަދަލުކޮށްގެން ހެކިބަސް ނަގާ ގޮތަށް ވެސް ނިންމި އެވެ.

ސިއްރުން ހެކިބަސް ނަގާނެ އިޖުރާއަތެއް ގާނޫނަކުން ގަވާއިދަކުން ފެންނަން ނެތް ކަމަށް ބައެއް ދިފާއީ ވަކީލުން ފާހަގަކުރި ނަމަވެސް އެއީ ގާނޫނީ ގޮތުން ބުރަދަން ދެވޭ ވާހަކައެއް ނޫން ކަމަށް ޝަރީއަތުން ނިންމެވި އެވެ. އަދި، އާންމު އުސޫލުން ސިއްރު ހެކިބަސް ނަގަން ވެސް ނިންމި އެވެ.

ސިއްރު ހެކިބަސް ނަގަންވީ މައްސަލަތަކުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަނޑައަޅާފައި އޮތް ސިޔާސަތަށް ވެސް ގާޒީން އިޝާރާތް ކުރެއްވި އެވެ. އޭގައި އޮންނަ ގޮތުން، ސިއްރު ހެކިބަސް ނެގޭނީ މަރުގެ ބޮޑެތި މައްސަލަތަކާއި ގޭންގު ލެވެލް ކުށްތަކާއި ޓެރަރިޒަމްގެ މައްސަލަތަކުގަ އެވެ.

އޭގެ އިތުރަށް މި މައްސަލާގައި ހުކުމް އިއްވާފައިވާ ފަރާތެއް ނޫނީ ގާނޫނީ ގޮތުން ދޭން ޖެހޭ އިނާޔަތްތައް ފިޔަވައި އެެހެން ހާއްސަ އިނާޔަތެއް ލިބިދޭ މީހަކު ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހިމެނޭތޯ ބެލިއިރު އެފަދަ މީހަކު ނެތް ކަމަށް ވެސް ޝަރީއަތުން ބުންޏެވެ.

މި މައްސަލާގައި މިހާތަނަށް ހުކުމް އިއްވާފައިވަނީ އަދުހަމްގެ މައްޗަށް އެކަންޏެވެ. އަދުހަމަކީ ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމަށް ރިމޯޓު ހިފައިގެން އެ ސަރަހައްދުގައި ހުރި މީހާ އެވެ.

ދައުލަތުން ގިނަ އަދަދެއްގެ ހެކި ހުށަހެޅިއިރު އޭގެ ތެރޭގައި ހަތަރު ބާވަތެއްގެ ހެކި ހިމެެނެ އެވެ. އޭގެ ތެރޭގައި، ބޮން ގޮއްވާލި ސަރަހައްދު އޮތް ގޮތް ސާބިތުކޮށްދިނުމަށާއި ބަޔަކަށް އަނިޔާވިކަން ސާބިތުކުރަން ހުށަހެޅި ހެކިތައް ހިމެނެ އެވެ. އަދި، ދައުވާ ރައްދުވާ މީހުން އެކަކު އަނެކަކު ދަންނަ ކަމާއި ބައްދަލުވެ އުޅޭކަން ސާބިތުކުރުމަށާއި ބައިވެރިވިކަން ސާބިތު ކުރަން ހުށަހެޅި ހެކިތަކެވެ.

މާ ގިނަ ހެކިތައް ހުރުމުން އެތަނުން ކޮންމެހެން ބޭނުން ނުވާ ހެކިތަކެއް ހުރިތޯ ބެލުމަށް ދައުވާ ރައްދުވާ ފަރާތްތަކުގެ ދިފާއީ ވަކީލުންނާއި ދައުލަތުން މަޝްވަރާކުރުމަށް ޝަރީއަތުން އެދުނެވެ. އަދި، އެއްބަސްވެވޭ ގޮތްތަކެއް ހޯދުމަށް ފަހު ދެން އޮންނަ އަޑުއެހުމަކަށް އަންނަން އެދުނެވެ.

ބައެއް ދިފާއީ ހެކި ބަލައިގަނެ ބައެއް ހެކި ބަލައިނުގަތް

ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ބިނާ ކުރަން ގިނަ ބަޔަކު ހެކި ހުށަހެޅި އެވެ. މީގެ ދިފާއު ނަގަން ޖެހޭނީ ތަހުގީގު މަރުހަލާގައި ކަމަށް ގާނޫނުގައި ބުނެ އެވެ. އެކަން ފާހަގަނުވާތީ ކަމަށް ބުނެ ދައުލަތުން އެދުނީ އެ ހެކިތައް ބަލައިނުގަތުމަށެވެ.

ނާޒިމްގެ ފަރާތުން ދެ ހެއްކެއް ހުށަހެޅިއިރު އެއިން އެއް ހެކި ޝަރީއަތުން ބަލައިގަތެވެ. އެއީ ތަހުގީގު މަރުހަލާގައި ވެސް އެ ފަރާތާއެކު އުޅުނު ކަމަށް އޭނާ ބުނިއިރު އެ މީހެއްގެ ބަޔާން ވެސް ފުލުހުން ނަގާފައި އޮތުމުންނެވެ. ނަމަވެސް، ދެން ހުށަހެޅި ހެކީގެ ނަން އޭރު ބުނެފައި ނެތުމުން އެ ހެކި ބަލައެއް ނުގަތެވެ.

ހައިޝަމްގެ ފަރާތުން ހަތް ހެކި ހުށަހެޅިއިރު އެ ހެކިންނަކީ މެއި މަހުގެ ތިންވަނަ ދުވަހު އޭނާ ހުރި ތަނެއް ސާބިތު ކުރަން ހުށަހެޅި ހެކިތަކެކެވެ. ހައިޝަމްގެ ފަރާތުން ފާހަގަކުރި ކަމަކީ މެއިމަހުގެ ތިންވަނަ ދުވަހާ ގުޅޭ ގޮތުން ތަހުގީގު މަރުހަލާގައި ސުވާލު ކުރެވިފައި ނުވާ ކަމުގަ އެވެ. ޝަރީއަތަށް ވެސް އެ ކަން ފާހަގަވުމުން ނިންމީ އެ ހެކިތައް ބަލައިގަނެ ހެކިބަސް ނެގުމަށެވެ.

އެ ހަތް ހެކިންގެ ތެރޭގައި 2017 ވަނަ އަހަރު ސީރިއާ އަށް ހަނގުރާމައަށް ދަނިކޮށް ތުރުކީން އަތުލައިގަތް ތިން މީހެއް ވެސް ހިމެނެ އެވެ. އެއީ އަހުމަދު އަފްޒަލާއި، މުހައްމަދު ނަބީހާއި، އާދަމް ފަރުހާނެވެ. ޓެރަރިޒަމްގެ ދައުވާ ވެސް އުފުލި ނަމަވެސް ޝަރީއަތަށް ދައުވާ ސާބިތެއް ނުވެ އެވެ.

އެހެން ފަރާތްތަކުން އެ ކަމަށް ހުށަހެޅި ހެކިތައް ބަލައިނުގަންނަން ނިންމި އެވެ. އެކަމަކު ކަމާ ގުޅުން ނެތް ހެކިތަކެއް ކަމަށް ބުނެ ދައުލަތުން ފާހަގަކުރި ބައެއް ހެކިތައް ނުގުޅޭ ގޮތެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށް ކަނޑައަޅައި އެ ހެކިތައް ބަލައިގަންނަން ނިންމި އެވެ.

ތަހުމީންގެ ފަރާތުން ދިފާއީ ހެކި ހުށަހެޅީ ދިން މުއްދަތަށް ވުރެ މާ ފަހުންނެވެ. އޮކްޓޯބަރު މަހު ބޭއްވި އަޑުއެހުމެއްގައި 15 ދުވަހުގެ ފުރުސަތެއް ދިންއިރު، ތަހުމީންގެ ދިފާއީ ވަކީލު ފަހުން ބަދަލުވިއިރު ލިޔުންތައް ލިބުން ލަސްވެގެން ހެކި ހުށަހެޅުން ލަސްވާނަމަ ލިޔުމުން އަންގަން ޝަރީއަތުން އޮތީ ބުނެފަ އެވެ. އެކަމަކު އެހެންވާ ކަމަށް ލިޔުމުން ވަކީލު އަންގައިދީފައެއް ނުވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސަރުކާރުން މަތީ ތައުލީމަށް ދޭ ލޯނަށް އެދުމުގެ ފުރުސަތުގެ ދާއިމީ ނަތީޖާގައި 453 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރީ އިއްޔެ އެވެ.
  • ސައްހަ ނޫން ފޯމު ހުށަހަޅައިގެން ނޭނގި އެންމެ ގިނައިން މީހުން ވައްދާފައިވަނީ އިދިކޮޅު ޕީޕީއެމްއަށް ކަމަށް ތަފާސްހިސާބުތަކުން ދެއްކީ އިއްޔެ އެވެ.
  • ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސްޓޫޑެންޓު ލޯނުގެ ދާއިމީ ނަތީޖާ ހާމަކުރައްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ:

އަޅުގަނޑުމެން އެޕީލް ޕްރޮސެސްގައިވެސް އެއް އުސޫލަކުން ހުރިހާ ކުދިންނާ ދޭތެރޭވެސް ކަންތައް ކުރީ. ދަރިވަރުންގެ ޝަކުވާތައް ބެލިއިރު، ކޮމިޓީން ކުއްޖަކާ ދޭތެރޭ ވަކި ގޮތަކަށް ނިންމައިފި ނަމަ، އެ ހާލަތަށް ފެތޭ އެހެން ކުދިން ވެސް ހޯދައި ލޯނުގެ ފުރުސަތު ދިނިން

ދުވަހުގެ ފޮޓޯ

ކްލަބް ވެމްކޯ އިން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކުރުން. ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު ފައިނަލް އެ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުން. އެންމެ ފަހުން 2019 ވަނަ އަހަރު ވީއޭއެމް އެސޯސިއޭޝަން ކަޕް ބޭއްވިއިރު، ވެެމްކޯ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕޮލިސް 3-1 ސެޓުން ބަލިކޮށްގެން. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ކްލަބް ވެމްކޯ އިން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކުރުން. ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު ފައިނަލް އެ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުން. އެންމެ ފަހުން 2019 ވަނަ އަހަރު ވީއޭއެމް އެސޯސިއޭޝަން ކަޕް ބޭއްވިއިރު، ވެެމްކޯ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕޮލިސް 3-1 ސެޓުން ބަލިކޮށްގެން. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކްލަބް ވެމްކޯ އިން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކުރުން. ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު ފައިނަލް އެ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުން. އެންމެ ފަހުން 2019 ވަނަ އަހަރު ވީއޭއެމް އެސޯސިއޭޝަން ކަޕް ބޭއްވިއިރު، ވެެމްކޯ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕޮލިސް 3-1 ސެޓުން ބަލިކޮށްގެން. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox