މައުމޫން އޮފީހުގެ ހަރަދުތަކުގެ މައުލޫމާތު ނުދިން މައްސަލަ އައިކޮމްއަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: މައުމޫން އޮފީހުގެ ހަރަދުތަކުގެ މައުލޫމާތު ނުދިން މައްސަލައެއް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: މައުމޫން އޮފީހުގެ ހަރަދުތަކުގެ މައުލޫމާތު ނުދިން މައްސަލައެއް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީސް ހިންގަން ދައުލަތުން ދޫކުރާ ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލްތަކަށް އެދުމުން އެ މައުލޫމާތު ނުދިން މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް ހުށަހަޅައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މި މައްސަލަ އައިކޮމްއަށް ހުށަހެޅީ އަހްމަދު އައިމަން ލަތީފް އެވެ. އައިކޮމްއަށް މައްސަލަ ގެންދިޔައީ މައުލޫމާތުތަކަށް އެދުނުތާ މަސް ދުވަސް ވީއިރު ވެސް އެ މައުލޫމާތުތައް ފޯރުކޮށްދީފައެއް ނުވެ އެވެ.

އޭނާ އެދިފައިވަނީ 2017، 2018، 2019، 2020، 2021 ވަނަ އަހަރުގެ އެ އޮފީހުގެ އަހަރީ ރިޕޯޓްއާއި އެ އަހަރުތަކުގައި އެ އޮފީހުން ދައުލަތުން ދިން ފައިސާ ހަރަދުކޮށްގެން ކުރި މަސައްކަތުގެ ތަފްސީލްތައް ދިނުމަށެވެ.

އެ އޮފީހުގައި އިއްޔެ ބޭއްވި އަޑުއެހުމަކަށް މައުމޫންގެ އޮފީހުގެ ފަރާތުން ހާޒިރުކޮށް މައުލޫމާތު ނުދިން ސަބަބު ސާފުކުރަން ވަނީ ސުވާލުކޮށްފަ އެވެ. މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ އެއީ އެ އޮފީހުގެ މައްޗަށް ލާޒިމު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ދައުލަތުގެ އިދާރާއެއް ނޫން، އަޅުގަނޑުމެންގެ މައްޗަށް ލާޒިމެއް ނުވާނެ މި ގާނޫނުގެ ދަށަކުން މައުލޫމާތު މި ގޮތަށް ދޭކަށް ނުޖެހޭނެ، އަޅުގަނޑުމެން ހާޒިރުކޮށް މިފަދަ މައްސަލައެއް ވެސް ގެންދެވޭނެ ކަމަކަށް ނުދެވޭނެ،" ފައިސަލް ވިދާޅުވި އެވެ.

ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އޮފިޝަލް ވިދާޅުވީ އެ އޮފީހުން ދެކޭ ގޮތުގައި ކުރީގެ ރައީސް މައުމޫންގެ އޮފީސް ވެސް ހިމެނެނީ ދައުލަތުގެ އިދާރާތާކުގެ ތެރޭގައި ކަމުގަ އެވެ. އޭނާ ހަވާލާދެއްވީ ގާނޫނުގެ 72ވަނަ މާއްދާގެ (ޅ) އަށެވެ.

އެ އަޑުއެހުން ނިންމާލައްވަމުން އައިކޮމްގެ އޮފިޝަލް ވިދާޅުވި ގޮތުގައި ދެން އޮންނާނީ އެ މައްސަލާގައި އެ އޮފީހުގެ ނިންމުން އިއްވުން ކަމުގަ އެވެ. އެ ކަމަށް އެހެން ދުވަހަކަށް އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ތާވަލު ކުރާނެ ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.

t

އައިކޮމްގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ވެސް ކުރެވޭނެ އެވެ. މި ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ވެސް ސުޕްރީމް ކޯޓާ ހަމައަށް އިސްތިއުނާފް ކުރުމުގެ ހައްގު މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ވެސް ލިބިގެންވެ އެވެ.

ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ދޫކުރާ އިނާޔަތްތަކުގެ ތެރޭގައި އެ ބޭފުޅުންގެ އޮފީސް ހިންގުމުގެ ހަރަދު ވެސް ހިމެނެ އެވެ. އޮފީސް ހިންގުމުގެ ހަރަދުތަކަށް ދެނީ މަހަކަށް 75،000 ރުފިޔާ އެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި ދެނީ ޖުމުލަ 175،000 ރުފިޔާ އެވެ. އެއީ މަހަކު 50،000 ރުފިޔާގެ މުސާރައާއި، ދިރިއުޅޭ ތަނުގެ ހަރަދަށް މަހަކު 50،000 ރުފިޔާއާއި، ޗެރިޓީ މަސައްކަތްތަކަށް ހުޅުވާ އޮފީސްތައް ހިންގުމަށް 75،000 ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox