ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މައުމޫނަށް އަރުވައިފި

ކުރީގެ ރައީސް މައުމޫނަށް ހާއްސަ އައްޑަނަ އެރުވުން -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫނަށް ހާއްސަ އައްޑަނަ އެރުވުން -- ފޮޓޯ: ރައީސް އޮފީސް

ނިޝާން ގާޒީ އިއްޒަތުގެ ވެރިކަން އަރުވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މިއަދު އަރުވައިފި އެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މައުމޫނަށް ހާއްސަ އައްޑަނަ އެރުވީ ނޮވެމްބަރު 3، 1988، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މައުމޫނަށް ޝަރަފުގެ އައްޑަނަ އެރުއްވީ މުހައްމަދު މުއިއްޒު އެވެ. ރަސްމިއްޔާތުގައި މައުމޫނުގެ ދަރިކަލުން ޑިސެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ދުންޏާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

ޖަލްސާގެ ތެރެއިން ނޮވެމްބަރު 3، ގައި ޝަހީދުވި ސިފައިންނާއި އާންމުންގެ ހަނދާނުގައި އެ ސިފައިންގެ އާއިލާތަކަށް ވެސް ހާއްސާ އައްޑަނައެއް ވަނީ އަރުވައިފަ އެވެ. އެ ހުރިހާ އާއިލާތަކަށް އައްޑަނަ އެރުވީ މުއިއްޒު އެވެ.

ޝަހީދުވި ސިފައިން:

  1. ޝަހީދު ސާޖަންޓް ކުޑަ އާދަނުގޭ ކުޑަތުއްތު - އައްޑަނައާ ހަވާލުވީ ދަރިކަނބަލުން ފާތިމަތު ޖޫލިއާ
  2. ޝަހީދު ލެފްޓިނެންޓް ކުޑަނިވި ތުއްތުމަނިކު - އައްޑަނައާ ހަވާލުވީ ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން ފަރީދޫ ހުސައިން
  3. ޝަހީދު ކޯޕްރަލް ހުސައިން މުހައްމަދު - އައްޑަނައާ ހަވާލުވީ ދަރިކަނބަލުން އައިޝަތު ޝަޒްލީނާ
  4. ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމް - އައްޑަނައާ ހަވާލުވީ ބޮޑުބޭބެ ވިދާޅުވާ އަދުނާނު އަލީ
  5. ޝަހީދު ސާޖަންޓް އާދަމް ނަސީރު - އައްޑަނައާ ހަވާލުވީ ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން ފަރުހާނާ އާދަމް
  6. ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރު - އައްޑަނައާ ހަވާލުވީ ދަރިކަނބަލުން އިސްމާއިލް ޝަނޫން އަދި ދަރިކަނބަލުން މަރިޔަމް ވަފިއްޔާ
  7. ޝަހީދު ކޯޕްރަލް މުހައްމަދު ހަސަން - އައްޑަނައާ ހަވާލުވީ މުހައްމަދު އަސްލަމް
  8. ޝަހީދު ކޯޕްރަލް ހުސައިން އާދަމް - އައްޑަނައާ ހަވާލުވީ އެއްބަނޑު އެއްބަފާ ކޮއްކޮ އަބްދުއްރަޝީދު އާދަމް

ޝަހީދުވި އާންމުން:

  1. ޝަހީދު އިސްމާއިލް ހަލީމް - އައްޑަނައާ ހަވާލުވީ ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން ސަމީރާ
  2. ޝަހީދު އިބްރާހިމް ހަމީޒް - އައްޑަނައާ ހަވާލުވީ އެއްބަނޑު އެއްބަފާ ބޭބެ އަހްމަދު ހަމީޒް
  3. ޝަހީދު އުމަރު އަހުމަދު - އައްޑަނައާ ހަވާލުވީ ދަރިކަލުން އަހްމަދު ސަލީމް
  4. ޝަހީދު އަހްމަދު ލަބީބް - އައްޑަނައާ ހަވަލުވީ ދަރިކަލުން މުހައްމަދު ޝަރިފް
  5. ޝަހީދު އިބްރާހިމް ހުސައިން - އައްޑަނައާ ހަވަލުވީ ދަރިކަލުން މުހައްމަދު ހަނީފް
  6. ޝަހީދު އަފްސާރު އާދަމް - އައްޑަނައާ ހަވާލުވީ ދަރިކަލުން މުހައްމަދު ރިޔާޒް
  7. ޝަހީދު އަބްދުއްރަހްމާން އާދަމް - އައްޑަނައާ ހަވާލުވީ ދަރިކަލުން މުހައްމަދު ތައުފީގް
  8. ޝަހީދު އަހްމަދު ރަޝީދު - އައްޑަނައާ ހަވާލުވީ ދަރިކަނބަލުން އައިމިނަތު އަހްމަދު
  9. ޝަހީދު ހަސަން ޒަރީރު - އައްޑަނައާ ހަވާލުވީ ބޮޑުބޭބެ ވިދާޅުވާ ފާތިމަތު ރިޔާސާ
  10. ޝަހީދު ޖަވާދު އުމަރު - އައްޑަނައާ ހަވާލުވީ ބޮޑުބޭބެ ވިދާޅުވާ އަލީ އަލްސަން
  11. ޝަހީދު ހުސައިން އަބްދުއްރަހްމާން - އައްޑަނައާ ހަވާލުވީ ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން މުއުމިނާ އަބްދުﷲ އާއި ދޮންދަރިކަނބަލުން އައިމިނަތު މުހުސިނާ

މީގެ 38 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ އަށް މީހަކު އަދި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox