އެސޯސިއޭޝަން ކަޕް: ފައިނަލްގެ ކުރިން ވަރުގަދަ ޗެލެންޖެއް ލިބުމުން ވެމްކޯ އަށް ހިތްހަމަޖެހުން

Jun 7, 2022, 7:32 AM
ވެމްކޯގެ ކޯޗު ނާޒިމާ ސެމީ ފައިނަލް މެޗަށް ފަހު އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެމްކޯގެ ކޯޗު ނާޒިމާ ސެމީ ފައިނަލް މެޗަށް ފަހު އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފައިނަލުގެ ފުރަތަމަ ޖާގަ ލިބުނުއިރު، ސެމީ ފައިނަލުގައި ވަރުގަދަ ޗެލެންޖެއް ކުރިމަތިވުމަކީ ހިތްހަމަޖެހުމެއްގެ ގޮތުގައި ދެކޭ ކަމަށް ވެމްކޯގެ ކޯޗު އައިޝަތު ނާޒިމާ ބުނެފި އެވެ.

ވެމްކޯ އިން މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެކަމަކު، ސެމީ ފައިނަލުގައި ރޭ ވެމްކޯ އިން ދެ ސެޓު ގެންގޮސްފައިވަނިކޮށް ޕޮލިހުން ފަހަތުން އަރައި، ދެ ސެޓު ގެންގޮސް މެޗު އެއްވަރުކުރި އެވެ. އެހެން ނަމަވެސް އަލުން ފޯމަކަށް އެޅި ނަތީޖާ ނެރެން ކުޅުނު ސެޓުގައި ވެމްކޯ ތަފާތު ދައްކައި، މެޗުން މޮޅުވެ ފައިނަލަށް ދަތުކުރީ އެވެ.

ސެމީ ފައިނަލް މެޗަށް ފަހު "އަދަދު" އަށް ނާޒިމާ ބުނީ ފުރަތަމަ ދެ ސެޓު ގެންގޮސްފައި ޓީމަށް މައްސަލަ ދިމާވީ ތިން ވަނަ ސެޓުގައި ސާވިސްތަކުގައި ގޯސް ހެދެން ފެށުނު ހިސާބުން ކަމަށެވެ. އެ ގޮތަށް އެކަން ނުދިޔަ ނަމަ ތިން ވަނަ ސެޓު ގެންގޮސް ވެމްކޯ ފަސޭހައިން މެޗުން މޮޅުވާނެ ކަމަށް ނާޒިމާ ވަނީ ބުނެފަ އެވެ.

ތިން ސެޓުން މޮޅުނުވެ، ވާދަވެރިކޮށް ފަސް ސެޓު ކުޅެގެން މޮޅުވުމުން ވެސް ނާޒިމާ އަށް ހިތްހަމަޖެހުމެއް އެބައޮތެވެ.

"ވަރަށް އީޒީ މެޗުތަކެއް ކުޅެފައި ސެމީއާ ހިސާބަށް މި އައީ، ސެމީގައި މި ވަރުގެ މެޗެއް ކުޅެން ލިބުނީމަ، ފައިނަލުގެ ކުރިއަށް ހަމަ ވަރަށް ބޮޑު، އެކްސްޕީރިއަންސެއް މިއީ، ފަސް ސެޓަށް ދާން ޖެހުމާ އަނެއްކާ އެ ކުދިން ހާސްކަމެއްގެ ތެރެއަށް ވެސް ގޮސްފައި، އެހެން ބަލާއިރު މިއީ ފައިނަލަކަށް ތައްޔާރުވާން ލިބުނު އެންމެ ރަނގަޅު އެއް ޕްރެކްޓިސްގެ ގޮތުގައި ދެކެނީ،" ނާޒިމާ ބުންޏެވެ.

"މިއީ ފައިނަލަށް ދާން ބަލާއިރު ރަނގަޅު އެކްސްޕީރިއަންސެއް، ފައިނަލުގައި އިރާދަކުރެއްވިއްޔާ މި އަށް ވުރެ ރަނގަޅު ފައިޓެއް ދޭން ނުކުންނާނީ،،"

ވެމްކޯ އިން 2019 ވަނަ އަހަރު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިން މި ފަހަރު ވެސް ޓީމުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އައިޝަތު މާޖިދާ އާއި އައިމިނަތު އަރީޝާ އަދި ލިބަރޯ، ސިލްމާ ޒާހިރު ހިމެނެ އެވެ. ޓީމުގެ ކެޕްޓަނަކަށް މި ފަހަރު ހުރި ސޮފާ ނާޒް ވެސް ވަނީ ޗެމްޕިއަންކަން ހޯދި ވެމްކޯ ޓީމަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ވެމްކޯ ކުޅެން ޖެހޭ ޓީމެއް އެނގޭނީ މިރޭ ކުޅޭ ތިން ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ތިން ވަނަ ސެމީ ފައިނަލުގައި މިރޭ ޕޮލިހާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox