ހުލާސާކޮށް އިއްޔެ: ކްރޮސް ސަބްސިޑީއަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ ތަފްސީލްތައް ހާމަކުރުން

ދ. ވޮއްމުލީގައި ހިންގަމުން އަންނަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި: މިއީ ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދޭން ކްރޮސް ސަބްސިޑީގެ ގޮތުގައި ވާމިލިއަންއަށް ދޫކުރި ރަށެއް. -- ފޮޓޯ: ބުކިން.ކޮމް

ދ. ވޮއްމުލީގައި ހިންގަމުން އަންނަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި: މިއީ ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދޭން ކްރޮސް ސަބްސިޑީގެ ގޮތުގައި ވާމިލިއަންއަށް ދޫކުރި ރަށެއް. -- ފޮޓޯ: ބުކިން.ކޮމް

މަޝްރޫއުތައް ދެކޮޅު ޖައްސަން ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓު ހަދަން ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ކޮސްޓު ފަށާ އަގާއި އެ އަދަދު ހިސާބުކުރަން ބޭނުންކުރާ ފޯމިއުލާ ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރުމުން އެކަމުގެ ތަފްސީލުތައްް "އަދަދު" އިން ރިޕޯޓުކުރީ އިއްޔެ އެވެ.

މި ރަށްރަށާއި ފަޅުތަކަކީ އިޖުތިމާއީ ގޮތުން ފައިދާ ހުރި، އާންމު މަންފާއަށްޓަކައި ސަރުކާރުން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހަވާލުކުރާ މަޝްރޫއުތައް ހިންގާ ވިޔަފާރިތަކަށް ދޫކުރަން ނިންމާފައިވާ ތަންތަނެވެ.

ކްރޮސް ސަބްސިޑީއަށް ރަށްތައް ދޫކުރުމަކީ ކުރީ ސަރުކާރުތަކުން ވެސް ގެންގުޅުނު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން އެއާޕޯޓު އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރަން ރަށްރަށް ދޫކޮށްފައި އެބަހުއްޓެވެ.

އެކަމަކު މީގެ ކުރިން މިހެން ހިންގާ މަޝްރޫއުތަކަށް ރަށްތައް ހަވާލުކުރުމާއި އެކުއިޒިޝަން ކޮސްޓު ކަނޑައަޅާނެ ގޮތުގެ އުސޫލުތަކެއް ނޯވެ އެވެ. ތަންތަން ދޫކުރަމުންދިޔައީ އޭރު އޮންނަ ސަރުކާރަކުން ގެންގުޅުނު ސިޔާސަތެއްގެ ތެރެއިންނެވެ.

އެންމެ އަގު ހެވީ އުތުރާއި ދެކުނުން، އަގު ބޮޑީ މާލެ އަތޮޅު

ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި ލީޒް އެކުއިޒިޝަން ކޮސްޓު އެންމެ ކުޑައީ ރިސޯޓުތައް މަދު އުތުރާއި ދެކުނުގެ އަތޮޅުތަކާއި ތ. އާއި ލ. އަތޮޅުގަ އެވެ. މިހާރު ވެސް ގިނަ އަދަދަކަށް ރިސޯޓުތައް ހުރި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ އެކުއިޒިޝަން ކޮސްޓު ބޮޑެވެ. އެންމެ ބޮޑީ އެންމެ ގިނަ އަދަދެއްގެ ރިސޯޓުތައް ހުންނަ ކ. އަތޮޅެވެ.

ނަމަވެސް ބައެއް އަތޮޅުތަކުން ފަޅު ކުއްޔަށް ނަގަން ދައްކަން ޖެހޭ ވަރަށް ވުރެ ބޮޑު އަގު ރަށަކަށް ދައްކަން ޖެހެ އެވެ. މިސާލަކަށް ށ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުން ފަޅެއް ކުއްޔަށް ދޭން ފަށާ އަގަކީ އެއް މިލިިއަން ޑޮލަރު ނަމަވެސް ރަށެއް ކުއްޔަށް ދޭން ފަށާ އަގަކީ 1.5 މިލިއަން ޑޮލަރެވެ.

ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓުގެ ބޭސް ރޭޓު (ފަށާ އަގު)

  • ހއ.، ހދ.، ށ., ތ.، ލ.، ގއ.، ގދ.، ޏ. އަދި ސ. އަތޮޅު - އެއް މިލިއަން ޑޮލަރު
  • އއ.، އދ.، ވ.، މ.، ފ. އަދި ދ. އަތޮޅު: 1.5 މިލިއަން ޑޮލަރު
  • ނ.، ރ.، ބ. އަދި ޅ. - ދެ މިލިއަން ޑޮލަރު
  • ކ. އަތޮޅު - ތިން މިލިއަން ޑޮލަރު

ރަށްތަކުގެ އެކުއިޒިޝަން ކޮސްޓުގެ ބޭސް ރޭޓު (ފަށާ އަގު)

  • ހއ.، ހދ.، ގއ.، ގދ.، ޏ.، އަދި ސ. އަތޮޅު - އެއް މިލިއަން ޑޮލަރު
  • ށ.، ތ. އަދި ލ. އަތޮޅު - 1.5 މިލިއަން ޑޮލަރު
  • މ.، ފ. އަދި ދ. އަތޮޅު - ދެ މިލިއަން ޑޮލަރު
  • ނ.، ރ.، ބ.، ޅ.، އއ.، އދ. އަދި ވ. އަތޮޅު - ތިން މިލިއަން ޑޮލަރު
  • ކ. އަތޮޅު - ފަސް މިލިއަން ޑޮލަރު

ލީޒް އެކުއިޒިޝަން ކޮސްޓު ހިސާބުކުރުމުގައި ބޭސް ރޭޓުގެ ތެރެއަށް އެއްވަނީ ފަޅެއް ނަމަ އެ ފަޅެއްގެ ބޮޑު މިނާއި، ފަޅުގެ ތިލަ ސަރަހައްދެވެ. ރަށެއް ނަމަ ރަށުގެ ބޮޑު މިނާއި، ހިއްކަން ބޭނުންވާ ނަމަ އެ ހިއްކާ ސަރަހައްދުގެ ބޮޑު މިނެވެ. ސައިޒުން ބޮޑެތި ރަށްރަށް ނަގާއިރު "ސައިޒް ޕްރިމިއަމް" އެއް ވެސް ދައްކަން ޖެހެ އެވެ.

ރަށްރަށާއި ފަޅުފަޅުން ހެކްޓަރަކަށް ނަގާ ރޭޓާއި ބޮޑެތި ރަށްތަކުން ނަގާ ސައިޒް ޕްރިމިއަމް ވެސް ގިންތިކޮށްފައިވަނީ އެކި ސަރަހައްދުތަކުގެ ޓޫރިޒަމަށް ބިނާކޮށް މަދުން ރިސޯޓު ހުންނަ އަތޮޅުތަކަށް ކުޑަކޮށް، ގިނައިން ރިސޯޓު ހުންނަ ރަށްރަށަށް ބޮޑުކޮށެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށްރަށް އެކުއިޒިޝަން ކޮސްޓު ދައްކަން ޖެހުނު ނަމަވެސް، އެ ވިޔަފާރިއަކުން ޕްރޮޖެކްޓަށް ކުރާ އިންވެސްޓުން މި ފައިސާ އާއި ބިމު ކުލި އުނިކުރަން ގަވާއިދު ތަންދެ އެވެ. މިފަހުން ހަ ރަށެއްގައި އެއާޕޯޓު އަޅަން ޕްލޭނިން މިނިސްޓްރީން ފެބްރުއަރީ ކުރީކޮޅު ކުރި އިއުލާނުގައި ވެސް މިކަން ފާހަގަކޮށްފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ތަރައްގީ ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގައި މަސައްކަތްކުރުމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ޖޫން 12، އަށް އިތުރުކޮށްފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ކޮވިޑުން ދިފާއުވާ ފައިޒާ ވެކްސިނުގެ ޑޯޒްތަކެއް އެމެރިކާއިން އަނެއްކާ ވެސް ރާއްޖެއަށް ހަދިޔާކޮށްފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ފަހަތުގައި ސިޔާސީ އިންތިހާބަކާ ގުޅޭ ކަމެއް ނެތް ކަމަށް ހާމަކުރައްވަމުން އެ ކްލަބްގެ ރައީސް ހުސެއިން އާދަމް (އާދަމްބެ) އިއްޔެ ވިދާޅުވީ:

އަޅުގަނޑުމެން ކުރިމަތިލީ ވިކްޓަރީ ބޯޑުގެ އިންތިހާބަށް، އެ އިންތިހާބު ނޫނިއްޔާ އިންތިހާބެއްގެ ވާހަކަ ނުދައްކަން، މިއީ ކުޅިވަރު ކްލަބެއް، އެހެންވީމަ ބޯޑުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ، އެ އަށް ފަހު ބޯޑުގެ މަސައްކަތްތައް މި ދަނީ، ކުޅިވަރުގެ ކޮންމެ މަރުހަލާއެއްގައި އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު މި ހުންނަނީ،

ދުވަހުގެ ފޮޓޯ

ވިކްޓަރީގެ ކޯޗުކަމާ ހަވާލުވި ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީ އަދި އެ ކްލަބްގެ ރައީސް ހުސެއިން އާދަމް (އާދަމްބެ) ސަލާމްކުރައްވަނީ. ވިކްޓަރީގެ ކޯޗެއްގެ ގޮތުގައި ޕަކީރު އަލީ ހަމަޖައްސާފައިވަނީ، އަންނަ މަހުގެ ކުރީކޮޅުގައި ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ވިކްޓަރީގެ ކޯޗުކަމާ ހަވާލުވި ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީ އަދި އެ ކްލަބްގެ ރައީސް ހުސެއިން އާދަމް (އާދަމްބެ) ސަލާމްކުރައްވަނީ. ވިކްޓަރީގެ ކޯޗެއްގެ ގޮތުގައި ޕަކީރު އަލީ ހަމަޖައްސާފައިވަނީ، އަންނަ މަހުގެ ކުރީކޮޅުގައި ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވިކްޓަރީގެ ކޯޗުކަމާ ހަވާލުވި ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީ އަދި އެ ކްލަބްގެ ރައީސް ހުސެއިން އާދަމް (އާދަމްބެ) ސަލާމްކުރައްވަނީ. ވިކްޓަރީގެ ކޯޗެއްގެ ގޮތުގައި ޕަކީރު އަލީ ހަމަޖައްސާފައިވަނީ، އަންނަ މަހުގެ ކުރީކޮޅުގައި ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޓޫރިޒަމް މާސްޓާ ޕްލޭން ރިވިއު 1996-2005"

މިއީ ރާއްޖެއަށް ޓޫރިޒަމް ތައާރަފް ވުމަށް ފަހު 1996 އިން ފެށިގެން 2005 އާ ހަމައަށް ޓޫރިޒަމް އިންޑަސްޓްރީއަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ރިވިއުއެކެވެ. އެގޮތުން، ރާއްޖޭގައި ހުރި ރިސޯޓުތަކާއި، އެނދުގެ އަދާއި، ދޭ ހިދުމަތްތަކާއި އަދިވެސް ޓޫރިޒަމާ ގުޅޭ އެހެނިހެން މައުލޫމާތުތައް ވެސް މި ކަރުދާހުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox