ކްރޮސް ސަބްސިޑީއަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރަން ފަށާ އަގަކީ އެއް މިލިއަން ޑޮލަރު

ދ. ވޮއްމުލީގައި ހިންގަމުން އަންނަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި: މިއީ ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދޭން ކްރޮސް ސަބްސިޑީގެ ގޮތުގައި ވާމިލިއަންއަށް ދޫކުރި ރަށެއް. -- ފޮޓޯ: ބުކިން.ކޮމް

ދ. ވޮއްމުލީގައި ހިންގަމުން އަންނަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި: މިއީ ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދޭން ކްރޮސް ސަބްސިޑީގެ ގޮތުގައި ވާމިލިއަންއަށް ދޫކުރި ރަށެއް. -- ފޮޓޯ: ބުކިން.ކޮމް

މަޝްރޫއުތައް ދެކޮޅު ޖައްސަން ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓު ހަދަން ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ކޮސްޓު ފަށާ އަގާއި އެ އަދަދު ހިސާބުކުރަން ބޭނުންކުރާ ފޯމިއުލާ ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފި އެވެ.

މި ރަށްރަށާއި ފަޅުތަކަކީ އިޖުތިމާއީ ގޮތުން ފައިދާ ހުރި، އާންމު މަންފާއަށްޓަކައި ސަރުކާރުން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހަވާލުކުރާ މަޝްރޫއުތައް ހިންގާ ވިޔަފާރިތަކަށް ދޫކުރަން ނިންމާފައިވާ ތަންތަނެވެ.

ކްރޮސް ސަބްސިޑީއަށް ރަށްތައް ދޫކުރުމަކީ ކުރީ ސަރުކާރުތަކުން ވެސް ގެންގުޅުނު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން އެއާޕޯޓު އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރަން ރަށްރަށް ދޫކޮށްފައި އެބަހުއްޓެވެ.

އެކަމަކު މީގެ ކުރިން މިހެން ހިންގާ މަޝްރޫއުތަކަށް ރަށްތައް ހަވާލުކުރުމާއި އެކުއިޒިޝަން ކޮސްޓު ކަނޑައަޅާނެ ގޮތުގެ އުސޫލުތަކެއް ނޯވެ އެވެ. ތަންތަން ދޫކުރަމުންދިޔައީ އޭރު އޮންނަ ސަރުކާރަކުން ގެންގުޅުނު ސިޔާސަތެއްގެ ތެރެއިންނެވެ.

އެންމެ އަގު ހެވީ އުތުރާއި ދެކުނުން، އަގު ބޮޑީ މާލެ އަތޮޅު

ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި ލީޒް އެކުއިޒިޝަން ކޮސްޓު އެންމެ ކުޑައީ ރިސޯޓުތައް މަދު އުތުރާއި ދެކުނުގެ އަތޮޅުތަކާއި ތ. އާއި ލ. އަތޮޅުގަ އެވެ. މިހާރު ވެސް ގިނަ އަދަދަކަށް ރިސޯޓުތައް ހުރި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ އެކުއިޒިޝަން ކޮސްޓު ބޮޑެވެ. އެންމެ ބޮޑީ އެންމެ ގިނަ އަދަދެއްގެ ރިސޯޓުތައް ހުންނަ ކ. އަތޮޅެވެ.

ނަމަވެސް ބައެއް އަތޮޅުތަކުން ފަޅު ކުއްޔަށް ނަގަން ދައްކަން ޖެހޭ ވަރަށް ވުރެ ބޮޑު އަގު ރަށަކަށް ދައްކަން ޖެހެ އެވެ. މިސާލަކަށް ށ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުން ފަޅެއް ކުއްޔަށް ދޭން ފަށާ އަގަކީ އެއް މިލިިއަން ޑޮލަރު ނަމަވެސް ރަށެއް ކުއްޔަށް ދޭން ފަށާ އަގަކީ 1.5 މިލިއަން ޑޮލަރެވެ.

ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓުގެ ބޭސް ރޭޓު (ފަށާ އަގު)

  • ހއ.، ހދ.، ށ., ތ.، ލ.، ގއ.، ގދ.، ޏ. އަދި ސ. އަތޮޅު - އެއް މިލިއަން ޑޮލަރު
  • އއ.، އދ.، ވ.، މ.، ފ. އަދި ދ. އަތޮޅު: 1.5 މިލިއަން ޑޮލަރު
  • ނ.، ރ.، ބ. އަދި ޅ. - ދެ މިލިއަން ޑޮލަރު
  • ކ. އަތޮޅު - ތިން މިލިއަން ޑޮލަރު

ރަށްތަކުގެ އެކުއިޒިޝަން ކޮސްޓުގެ ބޭސް ރޭޓު (ފަށާ އަގު)

  • ހއ.، ހދ.، ގއ.، ގދ.، ޏ.، އަދި ސ. އަތޮޅު - އެއް މިލިއަން ޑޮލަރު
  • ށ.، ތ. އަދި ލ. އަތޮޅު - 1.5 މިލިއަން ޑޮލަރު
  • މ.، ފ. އަދި ދ. އަތޮޅު - ދެ މިލިއަން ޑޮލަރު
  • ނ.، ރ.، ބ.، ޅ.، އއ.، އދ. އަދި ވ. އަތޮޅު - ތިން މިލިއަން ޑޮލަރު
  • ކ. އަތޮޅު - ފަސް މިލިއަން ޑޮލަރު

ލީޒް އެކުއިޒިޝަން ކޮސްޓު ހިސާބުކުރުމުގައި ބޭސް ރޭޓުގެ ތެރެއަށް އެއްވަނީ ފަޅެއް ނަމަ އެ ފަޅެއްގެ ބޮޑު މިނާއި، ފަޅުގެ ތިލަ ސަރަހައްދެވެ. ރަށެއް ނަމަ ރަށުގެ ބޮޑު މިނާއި، ހިއްކަން ބޭނުންވާ ނަމަ އެ ހިއްކާ ސަރަހައްދުގެ ބޮޑު މިނެވެ. ސައިޒުން ބޮޑެތި ރަށްރަށް ނަގާއިރު "ސައިޒް ޕްރިމިއަމް" އެއް ވެސް ދައްކަން ޖެހެ އެވެ.

titledesc

ރަށްރަށާއި ފަޅުފަޅުން ހެކްޓަރަކަށް ނަގާ ރޭޓާއި ބޮޑެތި ރަށްތަކުން ނަގާ ސައިޒް ޕްރިމިއަމް ވެސް ގިންތިކޮށްފައިވަނީ އެކި ސަރަހައްދުތަކުގެ ޓޫރިޒަމަށް ބިނާކޮށް މަދުން ރިސޯޓު ހުންނަ އަތޮޅުތަކަށް ކުޑަކޮށް، ގިނައިން ރިސޯޓު ހުންނަ ރަށްރަށަށް ބޮޑުކޮށެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށްރަށް އެކުއިޒިޝަން ކޮސްޓު ދައްކަން ޖެހުނު ނަމަވެސް، އެ ވިޔަފާރިއަކުން ޕްރޮޖެކްޓަށް ކުރާ އިންވެސްޓުން މި ފައިސާ އާއި ބިމު ކުލި އުނިކުރަން ގަވާއިދު ތަންދެ އެވެ. މިފަހުން ހަ ރަށެއްގައި އެއާޕޯޓު އަޅަން ޕްލޭނިން މިނިސްޓްރީން ފެބްރުއަރީ ކުރީކޮޅު ކުރި އިއުލާނުގައި ވެސް މިކަން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox