ވޯޓުން ބަލިވި އަލައިކާއަށް ސްޓޭޓް މިނިސްޓަރުކަން ދިނުމުން ރައްޔިތުންގެ ނުރުހުން

May 12, 2026, 2:28 PM
ކެމްޕޭން ހަރަކާތެއްގެ ތެރެއިން އަލައިކާ އާއި ރައީސް މުއިއްޒު. -- ފޮޓޯ: ޕީއެންސީ

ކެމްޕޭން ހަރަކާތެއްގެ ތެރެއިން އަލައިކާ އާއި ރައީސް މުއިއްޒު. -- ފޮޓޯ: ޕީއެންސީ

މިދިޔަ އެޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަންލް ކޮންގްރެސް (ޕީއެންސީ) ޓިކެޓުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ވާދަކޮށް ނާކާމިޔާބުވި އާޝިޔަތު އަލައިކާއަށް ސަރުކާރުގެ އިސް މަގާމެއް ދިނުމުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ. 

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލައިކާ އައްޔަންކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. 

އެގޮތުން ވޯޓުން ބަލިވާ މީހުންނަށް އިސް މަގާމުތައް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އީރާން ހަނގުރާމައާ ހެދި އިގްތިސާދު ވެއްޓިފައި ވަނިކޮށް އިތުރު ސިޔާސީ ވަޒީފާތަކުގެ ސަބަބުން ސަރުކާރުގެ ހަރަދު އިތުރުވާތީ ވެސް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ. 

"ރާއްޖެ އަންނަ ފަތުރުވެރިން މަދުވެ، އިގްތިސާދު ދަށްވާތީ ހަރަދު ކުޑަކުރަން ސަރުކާރުން ފަށައިފި،" ސަރުކާރަށް ހަޖޫޖެހުމުގެ ގޮތުން މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ. 

"ސިޔާސީ މީހުންނަށް އޮތް ކަހަލަ ރައްކާތެރިކަން އަހަރުމެން އެންމެންނަށް ވެސް ބޭނުންވޭ. އިންތިހާބުން ބަލިވިޔަސް ހާސްވާކަށް ނުޖެހޭ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދޭ ގޮތަށް ވަރުގަދަ ސިޔާސީ މަގާމެއް ލިބޭނެ،" މަދޫ ރަހްމާންގެ ނަމުގައި މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ. 

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފެނުމަށް ފަހު، އެމްޑީޕީން ވަކިވި ބަޔަކު އުފެއްދި ޑިމޮކްރެޓްސް ޕާޓީގައި އުޅުމަށް ފަހު، އަލައިކާ ފަހުން ވަނީ ޕީއެންސީގެ އިސް ސަފުން ފެންނަން ފަށާފަ އެވެ. 

އޭނާއަށް އިސް މަގާމެއް ދީފައިވާ އިރު، މި ސަރުކާރުން ގެންދަނީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ރައްޔިތުންގެ ފައިސާއިން އެމީހުންނަށް ކުރާ ހޭދަ ހާމަކުރަން ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.

އިންތިހާބުން ލިބުނު ނާކާމިޔާބަށް ފަހު "ރައްޔިތުންގެ ވިންދާ އެއް ގޮތަށް" ކަންކަން ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން އަދިވެސް ގެންދަނީ ގިނަ ބަޔަކު ނުރުހޭ ގޮތަށް އިތުރު ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox