ހުލާސާކޮށް އިއްޔެ: ޝައްފާން މަރައިލި މީހުންގެ އިސްތިއުނާފަށް ހުއްދަ ނުދިނުން

ހުލާސާކޮށް އިއްޔެ: ޝައްފާން މަރައިލި މީހުންގެ އިސްތިއުނާފަށް ހުއްދަ ނުދިނުން

އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން, އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން ޝަރީފަށް ހަމަލާދީ މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ހަތަރު މީހުންގެ މައްސަލަ ބަލައިނުގަންނަން ނިންމީ އިއްޔެ އެވެ.

ގްރޭޑް ހަތެއްގައި ކިޔަވަމުންދިޔަ ޝަައްފާން މަރައިލި މައްސަލައިގައި ކުރިމިނަލް ކޯޓުން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދާއި ސ. މަރަދޫ، މޫންލައިޓްގްލޯރީ، ހަސަން ނަބާހް އާއި ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބާއި މއ. ޓޮމާޓާ ފްލާވާ، ހުސައިން ޖައިލަމުގެ މައްޗަށެވެ.

މީގެ ތިން އަހަރު ކުރިން އޮކްޓޯބަރު 11، 2018، ގައި ޝައްފާނު މަރާލީ، އޮޓޯ ގަރާޖު ކައިރިން ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ވަޅިން ހަމަލާދީފައި ހުއްޓެވެ. މި މައްސަލައިގައި ހަތަރު މީހުންގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ދަށު ކޯޓަކުން ޖިނާއީ މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ހުކުމްތައް ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 60 ދުވަސް ކަމަށް ކަނޑައަޅާފައި އޮންނައިރު، މި މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާފައި ވަނީ މި އަހަރުގެ އޭޕްރީލް 13 ގަ އެވެ.

އިސްތިއުނާފު ހުށަހެޅުން ލަސްވީ ޖަލުގައި ހުރުމުން ދިމާވި ގޮންޖެހުންތަކާއި ވަކީލުން ފަސްޖެހުމާއި އާއިލާއާ މަޝްވަރާކޮށް ކަންކަން ކުރަން ޖެހެމުން ނެގި މުއްދަތުގެ ސަބަބުން ކަމަށް އިސްތިއުނާފު ކުރި މީހުން ވަނީ ބުނެފަ އެވެ.

މިކަމުގައި ގޮތެއް ނިންމަވަމުން ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އިސްތިއުނާފު ކުރުމަށް ބޭނުންވާ ދަށު ކޯޓުގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ހޯދުމަށް ވެސް އެދިފައިވަނީ ޑިސެމްބަރު 16, 2021 ގައި ކަމާއި އެ ރިޕޯޓް ފެބުރުއަރީ 10, 2022 ދޫކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓަށް އެދުން ލަސްވި ސަބަބެއް ބަޔާންކޮށްފައިނުވާ ކަމާއި ޖަލުގައި އޮތުމާއި ވަކީލަކު ނުވާ ކަމަށް ބުނުމަކީ އިސްތިއުނާފު މުއްދަތުގެ ބޭރުން ހުއްދަ ދޭން ޖެހޭ ސަބަބެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރު ހުސެއިން ޝަހީދު ވެސް ވިދާޅުވީ އިސްތިއުނާފީ މުއްދަތުގައި އިސްތިއުނާފު ކުރުމުގެ އެއްވެސް ޝައުގެއް ފާޅުކޮށްފައި ނެތް ކަމާއި އިސްތިއުނާފީ މުއްދަތުގައި މައްސަލަ ހުށަނޭޅުނު ސަބަބެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. ނަމަވެސް, ފަނޑިޔާރު ފާތިމަތު ފަރްހީޒާ ރައުޔުގައި ވަނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކުރި ދުވަހުން, އިސްތިއުނާފީ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަ ހުށަހަޅާފައިވާތީ, އިސްތިއުނާފަށް ހުއްދަ ދޭން ފެނިވަޑައިގަންނަވާ ކަމަށެވެ.

ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތު ލިބުނީ އިސްތިއުނާފަށް ހުއްދަ ނުދޭން ކަމުގައިވާތީ, ހައިކޯޓުން ވަނީ ހަތަރު މީހުންގެ މައްސަލަ ވެސް ބޭރުކޮށްލާފަ އެވެ. އެކަމަކު, އެމީހުން ބުނާ ގޮތުގައި ކޯޓުގެ ފުރަތަމަ މަރުހަލާގެ ހުކުމް ބިނާވެގެން ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސްއެޅޭ ގޮތަށެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރި މީހުން ތެރޭގައި ހިމެނޭ ނިހާދާއި ޖައިލަމްގެ މައްޗަށް ދައުލަތުން އުފުލީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަބާހް އާއި އައިމަންގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމަށް އެހީވުމުގެ ކުށުގެ ދައުވާ އެވެ.

ހާދިސާ ހިނގި ދުވަހުން ފެށިގެން ޖަލު ބަންދުގައި ތިބި ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް ކްރިމަނަލް ކޯޓުން އުމުރު ދުވަހަށް ޖަލަށްލާން އަންގައި, އެމީހުން މެރުމަށް ހުކުމް ނުކުރީ ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔަކު އޭނާގެ ހެކިބަސް އަނބުރާ ގެންދިއުމަށް އެދި ކޯޓަށް ސިޓީ ހުށަހަޅުއްވާފައިވާތީ ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި އެ ކައުންސިލްގެ ނުވަ މެންބަރުންގެ ސޮޔާއެކު ގަރާރެއް ނެރުނީ އިއްޔެ އެވެ.
  • ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ފެށީ އިއްޔެ އެވެ.
  • ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމިއިރު އޮތް ހާލަތަށް ބަދަލެއް ނާންނާތީ ބަންދުގެ އަމުރު ދަމަހައްޓަން ކޯޓުން ނިންމީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ)ގެ އުފެއްދުންތަކުގެ އަގުތައް ބޮޑުކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ "އަދަދު" ނޫހަށް އިއްޔެ ވިދާޅުވީ:

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 9ރ. އިން 14ރ. އަށްވުރެ ވަނީ ބޮޑުވެފައި. ޑީސެލްއަކީ މިފްކޯގެ އޮޕަރޭޝަންތަކުގެ 70 ޕަސެންޓު ހަރަދު. އޮޕަރޭޝަންތަކުގެ ހަރަދުގައި ތެލުގެ ބޮޑު ބައެއް ހިމެނޭ. އަގަށް މި ގެނައި ބަދަލަކީ މިފްކޯއިން ކޮންމެހެން ގެންނަން ޖެހިގެން ގެނައި ބަދަލެއް،

ދުވަހުގެ ފޮޓޯ

ގައުމީ ޔުނިވަސިޓީން ކިޔަވާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، އާންމުންނަށް ވެސް ހުޅުވާލައިގެން އިއްޔެ ބޭއްވި ޖޮބް ފެއާގެ ތެރެއިން. ފުރަތަމަ ފަހަރަށް އެމްއެންޔޫ އިން އިންތިޒާމު ކޮށްގެން ބޭއްވާ ޖޮބް ފެއާގައި 30 އަށްވުރެ ގިނަ ވަޒީފާދޭ ފަރާތްތަކުން ބައިވެރިވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ގައުމީ ޔުނިވަސިޓީން ކިޔަވާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، އާންމުންނަށް ވެސް ހުޅުވާލައިގެން އިއްޔެ ބޭއްވި ޖޮބް ފެއާގެ ތެރެއިން. ފުރަތަމަ ފަހަރަށް އެމްއެންޔޫ އިން އިންތިޒާމު ކޮށްގެން ބޭއްވާ ޖޮބް ފެއާގައި 30 އަށްވުރެ ގިނަ ވަޒީފާދޭ ފަރާތްތަކުން ބައިވެރިވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގައުމީ ޔުނިވަސިޓީން ކިޔަވާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، އާންމުންނަށް ވެސް ހުޅުވާލައިގެން އިއްޔެ ބޭއްވި ޖޮބް ފެއާގެ ތެރެއިން. ފުރަތަމަ ފަހަރަށް އެމްއެންޔޫ އިން އިންތިޒާމު ކޮށްގެން ބޭއްވާ ޖޮބް ފެއާގައި 30 އަށްވުރެ ގިނަ ވަޒީފާދޭ ފަރާތްތަކުން ބައިވެރިވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޑަޒް ބެތިމެޓްރީ ޑްރައިވް ވޭލް ޝާކް އެގްރެގޭޝަންސް؟"

މިއީ ސީބެޑް ނުވަތަ ކަނޑުގެ އަޑި ދިރާސާތަކުގެ ސަބަބުން ފެހުރިހީގެ އުޅުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް މެރިން އެންވަޔަރަމެންޓަލް މެނޭޖުމަންޓުން މާސްޓާސް ޑިގްރީ ހާސިލްކުރަމުންދިޔަ ޖޯޝުއާ ކެޕިން ކުރި ދިރާސާއެކެވެ. މި ދިރާސާއިން އެނގޭ ގޮތުގައި ތިލަ ހިސާބުތަކުގައި ފެހުރިހި އުޅޭ މިންވަރު ކަނޑުގެ ފުން ހިސާބުތަކަށް ވުރެ ގިނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox