މި އަހަރުގެ އަމީރުލް ހައްޖަކަށް އިސްލާމިކް މިނިސްޓަރު ޒާހިރު ހަމަޖައްސައިފި

ިއިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރު: މި އަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ވަނީ ހަމަޖައްސާފައި - ފޮޓޯ: ރައީސް އޮފީސް

ިއިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރު: މި އަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ވަނީ ހަމަޖައްސާފައި - ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ދިވެހިންގެ ކަންކަން ބަލަހައްޓަން "އަމީރުލް ހައްޖު"ގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ހަމަޖައްސަވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު އެ މަގާމަށް ހަމަޖެއްސެވި ކަން އެ މިނިސްޓްރީން ކުރި ޓްވީޓަކުން ވަނީ ހާމަކޮށްފަ އެވެ.

އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން ރާއްޖޭގައި ކަނޑައަޅަނީ އަބަދުވެސް ރައީސެވެ. އެ މީހަކީ އެ އަހަރު ރާއްޖޭން ހައްޖަށް ދާ އެންމެންގެ ކަންކަން ކައިރިން ބަލަހައްޓަން ރައީސް ކަނޑައަޅުއްވާ ބޭފުޅެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއީ ހައްޖަށް ދިވެހިންނަށް ދެވޭ ދެވަނަ ފަހަރެވެ.

ދެހާސްނަވާރަވަަނަ އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންގެ ކަންކަން ބަލަހައްޓަން އަމީރުލް ހައްޖަކަށް ކަނޑައެޅުއްވި ބޭފުޅަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ދެހާސްވިހިވަނަ އަހަރާއި މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް ދުނިޔޭގެ ގައުމުތަކުން ސައުދީގެ މައްކާއަށް ގޮސްފައެއް ނުވެ އެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ރައްކާތެރި ކަމަށް ސައުދީ ސަރުކާރުން އެޅި ފިޔަވަޅެކެވެ.

އާންމު ގޮތެއްގައި ރާއްޖެއަށް 2،000 މީހުންގެ ހައްޖު ކޯޓާ ސައުދީން ދިން ނަމަވެސް މި ފަހަރު ދޫކުރީ 453 ހައްޖު ކޯޓާ އެވެ. އެއީ އަދިވެސް ކޮވިޑް ކޮންމެވެސް ވަރަކަށް ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރޭތީ އެޅި ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.

މިފަހަރު ހައްޖަށް އެއް މިލިއަން މީހުންނަށް ސައުދީ އަރަބިއްޔާއިން ވަނީ ހުއްދަ ދީފަ އެވެ. އެކަމަކު މި ފަހަރު ވެސް ހައްޖަށް ދެވޭނީ ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށް، ސައުދީއަށް ފުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ޕީސީއާރް ޓެސްޓެއް ވެސް ހަދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox