ހުލާސާކޮށް އިއްޔެ: ޓެރަރިޒަމްގެ ތުހުމަތުކުރާ އަހުސަނަށް 18 މަހުގެ ޖަލު ހުކުމެއް އިއްވުން

ހުލާސާކޮށް އިއްޔެ: ޓެރަރިޒަމްގެ ތުހުމަތުކުރާ އަހުސަނަށް 18 މަހުގެ ޖަލު ހުކުމެއް އިއްވުން

ހުޅުމާލޭގެ ތިން ތަަނަކުން ޓޫރިސްޓުންނަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި ރ. ކަނދޮޅުދޫ، ފެހިވިލާ، އިބްރާހިމް އަހްސަން މުހައްމަދުގެ މައްޗަށް ކޯޓުން ނެރުނު މޮނިކޮން އަމުރާ ހިލާފުވި ކަން ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 18 މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.

ދީނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ވެސް ތުހުމަތާ އެކު އެ މައްސަލާގައި އަހްސަަން ހިމެނޭހެން އަށް މީހަކު ހައްޔަރު ކުރީ ފެބްރުއަރީ 4، 2020 ގަ އެވެ. ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމި ފަހުން އަހްސަންގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރެއް ނެރުނެވެ.

ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އިން ފަތިސް 5:00 ޖަހަންދެކަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް މެއި 7، 2020 ގައި ނެރުނު އެ މޮނިކޮން އަމުރާ ހިލާފުވެ ޑިސެމްބަރު 30، 2020 ގައި ގެއިން ބޭރަށް ނުކުތް ކަމަށް ބުނެ އަހްސަންގެ މައްޗަށް ވަނީ މޮނިކޮން އަމުރާ ހިލާފު ވުމުގެ ދައުވާ އުފުލާފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ބެއްލެވި އެ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދައުވާއަށް އަހްސަން އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް "އެއްވެސް ޝައްކެއް ނެތް މިންވަރަށް" އެ ދައުވާ ސާބިތުވާ ކަމަށެވެ.

ދިފާއީ ހެކިތަކެއް ހުށަހެޅިއިރު، އެ ހެކިތަކުގެ ތެރޭގައި ދައުލަތުގެ ހެކިތައް ނަފީ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަން ވެސް ގާޒީ ޝަކީލް ފާހަގަ ކުރެއްވި އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ހާއްސަ ގާނޫނުގައި އޮންނަ ގޮތުން ޓެރަރިޒަމްގެ ތުހުމަތުވާ މީހުންގެ މައްޗަށް ނެރޭ މޮނިކޮން އަމުރާ ހިލާފުވެއްޖެނަމަ އެ ކުށުގެ އަދަބަކީ 18 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލާގައި ޝަރީއަތް ނިމެންދެން އަހްސަން ބަންދު ކުރިއިރު ބަންދުގައި ހުންނަތާ 17 މަސް ވެއްޖެ އެވެ.

އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދިފާއީ ވަކީލު ޝަޒީމް މުހައްމަދު ވިދާޅުވީ ވަޅި ހެރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ގާތްގަނޑަކަށް ތިން މަސް ދުވަސް ބަންދުގައި ހުރި ކަމަށެވެ. އެއީ ވެސް މި މައްސަލައާ ގުޅުން އޮތް މައްސަލައެއް ކަމަށާއި އެ މުއްދަތު ވެސް ޖަލު ހުކުމުން އުނި ކުރާ މުއްދަތުގައި ހިމަނަން ދިފާއީ ވަކީލް އެދިވަޑައިގަތެވެ.

ދައުލަތުގެ ވަކީލު މުހައްމަދު އާލިމް އަބްދުﷲ ވިދާޅުވީ ކުރިން ހައްޔަރު ކުރެވުނު މައްސަލައާއި ފަހުން ދައުވާ އުފުލުނު މައްސަލަ ގުޅުވޭނެ ހަމައެއް ނެތް ކަމަށެވެ. ނަމަވެސް ދައުވާ އުފުލުނު ފަހުން ކުރި ބަންދުގައި ހޭދަވި މުއްދަތު ޖަލު ހުކުމުން އުނި ކުރުމުގައި ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީއަތުން ބުރަވީ ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި ގޮތަށެވެ. އެހެންވެ އަހްސަންގެ މައްޗަށް 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، ހުކުމް ތަންފީޒު ކުރުމުގެ މުއްދަތުން 17 މަސް އުނިކޮށް ދެން ތަންފީޒު ކުރަން ޖެހޭނީ އެއް މަސް ދުވަސް ކަމަށް ކަނޑައެޅުއްވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް އަޅަން ނިންމާފައިވާކަން އެސްޓީއޯއިން ހާމަކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ ކަމެއްގެ އިތުރުން ތިމާވެށްޓަށް ވެސް އޭގެ އެތައް ގެއްލުމެއް ފޯރާކަމެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
  • އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އައްޑޫ ސިޓީގައި ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 59 އަހަރުގެ އަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު(މޯޑް)ގެ މަންމަ އާއި ބައްޕަ އަދާލަތު ޕާޓީއަށް ވައްދާފައި ވަނީ "ވަގަށް" ކަމަށް ހާމަކުރައްވަމުން އޭނާ ވިދާޅުވީ:

އަޅުގަނޑު ގަބޫލުކުރަނީ އެގޮތަށް އެކަން ކުރީ ހައްޖު ކޯޕަރޭޝަނާއި އަދާލަތު ޕާޓީ ގުޅިގެން ކަމަށް،

ދުވަހުގެ ފޮޓޯ

ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ފާރުގައިއިދިކޮޅު ކޯލިޝަނުން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ސްލޯގަން ސްޕްރޭކޮށްފައި. ކެނެރީގެއަކީ ނަޝީދު އުޅުއްވާ ވަގުތުތަކުގައި ސެކިއުރިޓީ ވަރަށް ވަރުގަދަ ސަރަހައްދެއް އަދި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އެ ގެ ހުންނަ މަގުގައި ޕާކް ނުކުރެވޭ ގޮތަށް ވެސް ވަނީ ހަދާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ފާރުގައިއިދިކޮޅު ކޯލިޝަނުން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ސްލޯގަން ސްޕްރޭކޮށްފައި. ކެނެރީގެއަކީ ނަޝީދު އުޅުއްވާ ވަގުތުތަކުގައި ސެކިއުރިޓީ ވަރަށް ވަރުގަދަ ސަރަހައްދެއް އަދި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އެ ގެ ހުންނަ މަގުގައި ޕާކް ނުކުރެވޭ ގޮތަށް ވެސް ވަނީ ހަދާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ފާރުގައިއިދިކޮޅު ކޯލިޝަނުން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ސްލޯގަން ސްޕްރޭކޮށްފައި. ކެނެރީގެއަކީ ނަޝީދު އުޅުއްވާ ވަގުތުތަކުގައި ސެކިއުރިޓީ ވަރަށް ވަރުގަދަ ސަރަހައްދެއް އަދި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އެ ގެ ހުންނަ މަގުގައި ޕާކް ނުކުރެވޭ ގޮތަށް ވެސް ވަނީ ހަދާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑު ރިޕޯޓު"

މިއީ ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ މުސާރަ އާއި އުޖޫރަ ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ލަފާ އެރުވުމުގެ ގޮތުން މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox