ޕޫމާ ބްރޭންޑަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފި

މަޖީދީ މަގުގަައި ހުންނަ ޕޫމާ ފިހާރަ: މި ފިހާރައިން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ސާމާނު ލިބޭނެ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މަޖީދީ މަގުގަައި ހުންނަ ޕޫމާ ފިހާރަ: މި ފިހާރައިން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ސާމާނު ލިބޭނެ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުޅިވަރު އެޕެރަލް އާއި ބޫޓާއި އެކްސެސަރީޒް ތައްޔާރުކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ޕޫމާ އިން އެ ބްރޭންޑަށް ހާއްސަ ފިހާރައެއް އިއްޔެ ހުޅުވައިފި އެވެ.

ޕޫމާ ބްރޭންޑުގެ ގިނަ އުފެއްދުންތަކަށް މި ފިހާރައަކީ ޕޫމާ އިންޑިއާ އާއި ސޮނީ ސްޕޯޓްސް ގުޅިގެން ހުޅުވި މި ފިހާރައިގައި ކުޅިވަރަށް ލޯބިކުރާ މީހުންނަށާއި ފަތުރުވެރިންނަށް ވެސް ޕޫމާގެ ފަހުގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ.

ޕޫމާގެ ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ރާއްޖޭގެ މާކެޓަށް ވަނުމުގެ މައިގަނޑު މަގުސަދަކީ ކުރިއަރަމުން އަންނަ ފުޓުބޯޅަ އަދި ފުޓްސަލް ކުޅުންތެރިންގެ މުޖުތަމައަށް ހިދުމަތް ކޮށްދިނުމާއި، ފަތުރުވެރިން އަދަދު އިތުރުކުރުމެވެ.

މާލޭގައި އެންމެ ވިޔަފާރިތައް ގިނަ މަޖީދީ މަގުގައި ހުންނަ ޕޫމާގެ ފިހާރަ ފަރުމާކޮށްފައި ވަނީ ކުޅިވަރާއި ސްޓައިލްއަށް ލޯބިކުރާ ފަރާތްތަކަށް ހުރިހާ އެއްޗެއް އެއް ތަނަކުން ހޯދުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. މި ފިހާރައިން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނަށް ކުޅިވަރާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޭނުންވާ ބޫޓާއި ހެދުމާ އަދި އެކްސެސަރީޒްގެ ބޮޑު ކަލެކްޝަނެއް ލިބޭނެ އެވެ.

ޕޫމާ އާއި ސޮނީ ސްޕޯޓްސްއާ ގުޅިގެން އުފައްދާފައިވާ މި ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގައި ޕޫމާގެ އުފެއްދުންތަކަށް އޮތް މާކެޓް ފުޅާކޮށް، އޮންލައިން އަދި ޑިޖިޓަލް ވަސީލަތްތަކާއި ކުޅިވަރު ކްލަބުތަކާ އަދި އެހެނިހެން ޑިސްޓްރިބިއުޝަން ޗެނަލްތައް ތަޖުރިބާކުރެވޭނެ ކަމަށް ވެސް ޕޫމާ ކުންފުނިން ބުންޏެވެ.

މި ޕާޓްނާޝިޕާ ގުޅިގެން ޕޫމާ އިންޑިއާގެ އެގްޒެކެޓިވް ޑިރެކްޓަރު ސޭލްސް އެންޑް އޮޕަރޭޝަންސް، އަތުލް ބަޖާޖް ވިދާޅުވީ، "ސޮނީ ސްޕޯޓްސްއާ އެކު، އަޅުގަނޑުމެންނަށް މިވަނީ، މާލޭގައި ކުޅިވަރާއި ލައިފްސްޓައިލް ވިޔަފާރި ކުރުމުގެ އެންމެ ތަޖުރިބާކާރު ބައިވެރިޔާ ލިބިފައި. ދިވެހި ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުޅިވަރު ޖަމިއްޔާތަކާއި ކްލަބްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން."

"ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ޕޫމާ ރާއްޖެއަށް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒު އަދިވެސް ހުރީ ކުޅިވަރު ކުޅޭ މީހުންނާއި ފިޓްނަސް އަށް ލޯބިކުރާ މީހުންގެ ދިރިއުޅުން ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ރަނގަޅު ކުރުމަށް ކަމަށްވާތީ، ޕޫމާ އަކީ މި އަމާޒަށް ވާސިލްވުމުގައި އެންމެ އެކަށޭނަ އެއް ބައިވެރިޔާކަން ޔަގީން." ސޮނީ ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ކަލީމް ވިދާޅުވި އެވެ.

ޕޫމާއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ، ފުޓްވެއާ އާއި އެޕެރަލް އަދި އެކްސެސަރީޒް ފަރުމާކުރުމާއި ވިއްކުމާއި މާކެޓްކުރުމުގެ 70 އަހަރަށް ވުރެ ގިނަ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އެގޮތުން ފުޓްބޯޅަ، ދުވުމާއި ކަސްރަތު، ބާސްކެޓްބޯޅަ، ގޮލްފް، އަދި މޮޓޮސްޕޯޓްސް ފަދަ ކުޅިވަރުތަކަށް ހާއްސަ ޕާފޯމަންސް އަދި ސްޕޯޓް އިންސްޕަޔާޑް ލައިފްސްޓައިލް އުފެއްދުންތައް ފޯރުކޮށްދެ އެވެ.

ޖަރުމަނުގައި މަރުކަޒުވެފައިވާ ޕޫމާ ގްރޫޕަކީ ޕޫމާ، ކޯބްރާ ގޮލްފް އަދި ސްޓީޗްޑް ބްރޭންޑްތަކުގެ މައި ކުންފުންޏެވެ. ޕޫމާ އިން 120 އަށް ވުރެ ގިނަ ގައުމުގައި އެ ކުންފުނީގެ އުފެއްދުންތައް ވިއްކަ އެވެ. ޕޫމާ އިންޑިއާއަކީ މި ގްރޫޕުގެ ދަށުން ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގައި ވިޔަފާރިކުރާ ކުންފުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox