މޮޓޯއެކްސް "ރޯދަ ރައިޑް" ނިމެނީ، އާ ސައިކަލެއް ހޯދަން ރަނގަޅު ފުރުސަތެއް!

Mar 26, 2026, 12:14 PM
މޮޓޯއެކްސް "ރޯދަ ރައިޑް" ނިމެނީ، އާ ސައިކަލެއް ހޯދަން ރަނގަޅު ފުރުސަތެއް!

މޮޓޯއެކްސް އިން ކުރިއަށްގެންދާ "ރޯދަ ރައިޑް" ޕްރޮމޯޝަންގެ ފަހު ދުވަސްކޮޅާ ގާތްވަމުން އަންނައިރު، ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް މި ޕްރޮމޯޝަނަށް ލިބެމުން އެބަދެއެވެ. މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ހެޔޮ އަގުގައި، އިތުބާރު ހުރި ބްރޭންޑްތަކުގެ ސައިކަލު ބައްލަވައިގަތުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މި ޕްރޮމޯޝަންގެ ދަށުން މޮޓޯއެކްސް ޝޯރޫމުން ލިބެން ހުރި ހުރިހާ މޮޑެލްއަކުން ވެސް ވަނީ ބޮޑެތި ޑިސްކައުންޓްތަކެއް ދީފައެވެ. ޚާއްސަކޮށް، ސީއެފްމޮޓީ 150 އެސްސީ މޮޑެލްއަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ ސައިކަލުގެ ފެންވަރު ވަޒަންކޮށްލުމަށްޓަކައި ހިލޭ ދުއްވާލުމުގެ ފުރުސަތު ލިބޭނެ އެވެ.

މިއީ ސައިކަލު ގަތުމުގެ ކުރިން އޭގެ ދުވެއްޔާއި ފެންވަރު ވަޒަންކޮށްލަން ރަނގަޅު ފުރުސަތެކެވެ.

މި ޕްރޮމޯޝަންގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ މޮޑެލްތަކުގެ ތެރޭގައި ހިމެނެނީ،

  • ސީއެފްމޮޓޯ 150 އެސްސީ
  • ކީވޭ ވިއެސްޓާ 175
  • ސީއެފްމޮޓޯ 300 އެސްއާރު:

ސީއެފްމޮޓޯ 300 އެސްއާރުއަކީ ސްޕޯޓްސް ބައިކްތަކަށް ލޯބިކުރާ، ބާރު ސްޕީޑަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ މޮޑެލެކެވެ.

މިއީ އަލަށް ސައިކަލު ގަންނަ ފަރާތްތަކަށާއި، މިހާރު ދުއްވާ ސައިކަލު އައު މޮޑެލްއަކަށް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ވަގުތެވެ.

މޮޓޯއެކްސްއިން ބަލަނީ ހަމައެކަނި ސައިކަލު ވިއްކުމަކަށް ނޫނެވެ. ކޮންމެ ސައިކަލަކަށް ބޭނުންވާނެއަސްލު ސްޕެއާ ޕާޓްސް ލިބެން ހުރުމުގެ އިތުރުން، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ ސާވިސް ސެންޓަރުން ވިއްކާ ހުރިހާ ސައިކަލަކަށް ފުރިހަމަ ހިދުމަތް ލިބޭނެކަމުގެ ޔަގީންކަން އެ ފަރާތުން ދެއެވެ.

މި ޕްރޮމޯޝަން ނިމެން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ޕްރޮމޯޝަން ނިމޭ ތާރީހަކީ މާޗު 31، 2026 އެވެ. އެހެންކަމުން، ވަގުތު ފާއިތުވުމުގެ ކުރިން ހުޅުމާލެ ފޭސް 1 ގެ ވިލާ ފިއުލް ޝެޑް ކައިރީގައި ހުންނަ މޮޓޯއެކްސް ޝޯރޫމަށް ޒިޔާރަތްކޮސް، މޮޑެލްތައް އަޅާކިޔާލުމަށްފަހު ފައިނަލް ނިންމުން ނިންމާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox