ހުލާސާކޮށް އިއްޔެ: ރައީސްގެ ވިއަވަތި ޖަޒީރާ ރާއްޖެ އެއްގެ ސިޔާސަތު ހާމަކުރެއްވުން

ހުލާސާކޮށް އިއްޔެ: ރައީސްގެ ވިއަވަތި ޖަޒީރާ ރާއްޖެ އެއްގެ ސިޔާސަތު ހާމަކުރެއްވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެންނެވުމުގެ މަގު ފަހިވި ބިން, އއ. އުކުޅަހުގައި ހުންނަވައި އެމަނިކުފާނު އިއްޔެ ދެއްކެވީ ރިޔާސީ ދައުރު ނިމިގެންދާއިރު ރާއްޖެއަށް އޮންނަންވާނެ ގޮތާމެދު އެމަނިކުފާނުގެ ދެކެވަޑައިގަންނަވާ ތަސައްވަރެވެ;

އެއީ ވިއަވަތި، ޖަޒީރާ، ބާއްޖަވެރި، ފުދުންތެރި ރާއްޖެއެއް ހޯދައި, ތޮއްޖެހިފައި އޮތް މާލެއަށް ލުޔެއް ލިބި، އިޖްތިމާއީ ދުޅަހެޔޮ ކަމާއި އިގުތިސޯދީ ވެށި ތަނަވަސްވުމެވެ.

ލާމަރުކަޒީ ނިޒާމާއި އޭގެ ހައްލުތަކާއި އަމާޒުތަކާމެދު ފުޅާ ގޮތެއްގައި މަޝްވަރާކުރަން މެދުރާއްޖެ ތެރޭގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ކޮމިޓީތަކުގެ ރައީސުން ހިނެމޭ ގޮތަށް އުކުޅަހުގައި އިއްޔެ ވަނީ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފަށާފަ އެވެ.

މި ކޮންފަރެންސް ހުޅުވުމަށް އިއްޔެ އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާ އަމާޒު ގޮސްނިމެނީ މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރަކަށް ކަމަށެވެ. އެ ބަނދަރު ހިފުމަށްޓަކާ ރައީސް ވިދާޅުވި ގޮތުގައި, ދާންޖެހޭ މަގަކާ ވާންޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ އެވެ. އެކަމަށްޓަކާ މިއީ އޮތްދިގަށް ސަރާސަރު މަގަކުންހިނގާ ވިއަވަތި ރާއްޖެ ކަމުގައި ވާންޖެހެ އެވެ. އެ ރާއްޖޭގައި ކުޑައެއް ބޮޑެއް އުތުރެއް ދެކުނެއް އަދި މެދުރާއްޖެއެއް ނެތި ހަމަހަމަކަން އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މީސްކޮޅު މަދުވެ ވަސީލަތްތައް އުނިވެ ދުރުގައި އެކަހެރިވެ އޮތް ގާމަތީ ފެންލޮނު ރަށެއް އެރާއްޖެއަކު ނޯންނާނެ. ތަފާތެއް ނެތި މުޅިރާއްޖޭގެ ހުރިހާ ރަށެއްގާ އަސާސީ ހިދުމަތްތައް ގާއިމްކުރަން ވައުދުވީ ބޭނުމަކު, އެއްވެސް ހާލެއްގައި އެއީ މާފަސޭހަ އަދި ކުޑަ ހަރަދަކުން ކުރެވޭ ކަމެއް ނޫން, ބޭނުމަކީ ތަރައްގީގެ ވާހަކަ ދައްކަން ފެށުން. މިބޮޑު ބަދަލުގެ ސިއްރަކީ އަދި މިދަތުރުގެ އިންޖީނަކީ ލާމަރުކަޒީ ނިޒާމް, މިމަގުން ގޮސް ވަދެވެނީ ޖަޒީރާ ރާއްޖެއަށް," ރައީސް އިއްޔެ ވިދާާޅުވި އެވެ.

އިއްޔެ ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމުގައި ހުންނެވީ ރައްޔިތުން އެދޭ ގޮތާއި އުއްމީދުތައް ފުއްދައިދިނުމުގެ ބޭނުމުގަ އެވެ. އެ އުއްމީދުތަކާއި ބޭނުންތައް އެންމެ ރަނގަޅަށް އެނގޭނެ ފަރާތްތަކަކީ, ކައުންސިލަރުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުގައި އެތުރި ތަރުތީބުވެފައިވާ އިދާރީ އަދި ތަންފީޒީ ފަށަލައަކީ ކައުންސިލްތަކެވެ. އަންނަ ރަނގަޅެއް ނުވަތަ ފެންމަތިވާ މައްސަލައެއްވެސް އެންމެ ފުރަތަމަ އަންނާނެ, ފެންނާނެ ބަޔަކީ ކައުންސިލްތަކާއި ކައުންސިލަރުންނެވެ.

"ތިޔަބޭފުޅުންގެ [ކައުންސިލަރުންގެ] މަޝްވަރާއާ ހިޔާލު ފުޅުތަކުގެ ތެރޭން ފޭދިގެން އަޅުގަނޑާ ހަމައަށް އަންނާނީ ރައްޔިތުން އެދޭ ގޮތް, އަޅުގަނޑު މިމަގާމުގައި މިހުރީ ރައްޔިތުންގެ އެދުމާ އުންމީދާ އެއްގޮތަށް އެރައްޔިތުންގެ ކަންކަން ނިންމުން ނޫން އެހެން އެއްވެސް ބޭނުމަކު ނޫން," ރައީސް އިއްޔެ ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ސިޔާސަތުތަކާ ތަރައްގީގެ އެންމެހާ ކަންކަން ގޮސް ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ. ފެންވަރު ރަނގަޅު ތައުލީމާއި މަލްޓިޕާޕަސް ހޯލާއި ސެޓެލައިޓް ސްކޫލާއި ޓާޝަރީ ފެންވަރުގެ ސިއްހީ ފަރުވާ އާއި ރަށުގެ ބަނދަރާއި އަޑީގައި ވަޅުލާ ފެނާ ނަރުދަމާއާ ކަރަންޓް ކޭބަލް ކަމުގައިވިޔަސް އެ ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކުން ގުޅައިދޭ ހުރިހާ ގުޅުމެއްވެސް އާހިރުގައި އެގުޅެނީ ހަމަ މި ލާމަރުކަޒީ ނިޒާމާކަން ރައީސް ފާހަގަކުރެއްވި އެވެ.

"ހިންގޭ މަޝްރޫއުތަކާއެކު ސަރުކާރުގެ އިހްތިސޯދީ ސިޔާސަތުގެ ތެރެއިން ރަށްރަށުގާ ވީހާ ގިނަ ވަޒީފާގެ ފުރުސަތު އުފެދި ފަހިވުމަކީ މުހިންމު އަމާޒެއް, ކުދި ވިޔަފާރިތަށް ގިނަވެ، ކުރާނެ މަސައްކަތް އުފެދޭނެ މާހައުލެއް ހޯދުމަކީ ލާމަރުކަޒުވުމުގެ ސަބަބެއް," ރައީސް ވިދާޅުވި އެވެ.

ކުރިއަށްދާ ހިލޭ ޑިގްރީގެ ޕްރޮގްރާމާއެކު، އަލަށް އުފެދޭ ވަޒީފާތަކަށް ގާބިލް ދިވެހިން ހޯދޭނެ ކަމާއި ދުރުގައިހުރި މާމޮޅު އެހެން މީހަކު ގެންނަން ނުޖެހި ގާބިލް އެމީހާ ރަށުން ލިބޭނެކަން ރައީސް ފާހަގަކުރައްވަ އެވެ. އެމަނިކުފާނު ވިދާޅުވީ އާމްދަނީއަށްޓަކާ އެއް ދިމާއަކަށް އެންމެން ބަލަން ނުތިބެ، އާއިލާއާ ގާތުގައި، އަމިއްލަ ރަށުން ތިމާގެ ފައިތިލައިގެ ދަށުން ހޯދޭ އާމްދަނީގެ އުފަލާ ނަފާ މާބޮޑުވާނެ ކަމަށެވެ.

"ދަތުރުފަތުރުގެ އަވަސްހިދުމަތުގެ ސަބަބުން ކޮންމެ ރަށަކީ ވެސް އަމިއްލަ ރަށް ކަމުގެ އިހްސާސް މަޑުމަޑުން އަންނަން ފަށާނެ, މިދެންނެވި ބަދަލުން ހަކަތަ ލިބިގެން އުފެދޭނީ އެތެރޭގެ އިގްތިސޯދީ އިތުރު ހަރަކާތް, އިއްޔެގެ އުކުޅަހާ މިއަދުގެ އުކުޅަހުން ފެންނަނީ މާދަމާގެ ވިއަވަތި، ޖަޒީރާ، ބާއްޖަވެރި، ފުދުންތެރި އުކުޅަސް, އުކުޅަހަށް މިދެންނެވި ރަނގަޅު ހޯދޭނަމަ، އޭގެ މާނަ ފުން. މާނައަކީ ރާއްޖޭގެ ކޮންމެ ރަށެއްމެ އެއަންނަނީ، ލާމަރުކަޒީ، ވިއަވަތި، ޖަޒީރާ، ފުދުންތެރި ރާއްޖެއަކަށް ފައްކާ ވަމުންކަން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި, ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލާފާ އެވަނީ ދެ ބޭނުމަކު އެވެ; ފުރަތަމަ ބޭނުމަކީ ރައީސް ވިދާޅުވި ގޮތުން, އުކުޅަހާ ރަސްދޫ އަދި ތޮއްޑުއާ މުޅިރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ، ތަނަވަސްވާނެ ގޮތެއް ހޯދުމެވެ. ދެވަނަ ބޭނުމަކީ މާލެއަށް އޮތް ހުރިހާ ބުރައަކަށް، ދެވެން އޮތް އެންމެ ބޮޑު ލުޔެއްދީ ހަމަނޭވާލެވޭ، ހިތްފަސޭހަ ތަނަކަށް މާލެ ހެދުމެވެ.

މާލެއަށް ގޮތްހުސްވެ ތޮއްޖެހި ބޮއްސުންލީ ބަލަބަލާ ތިއްބާ ކަމާއި މާލޭގެ ރަށްވެހީންނާ އެރަށުގައި ދިރިއުޅޭ އެންމެންގެ ދިރިއުޅުން އަރަތަކަށްވީ ގޯސްތަށް ރަމަތަ ނުވެގެންކަން ރައީސް ފާހަގަކުރެއްވި އެވެ. އަމާޒެއް ނެތި، ހަރާބުގެ މަގަށް ޒަމާން އުފެއްދި ގަދަ އޮއިވަރުގެ ސަބަބުން ކަމަށާއި ދެން އިތުރު އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"...ބުނެފާނެ! އެހެން ވިއްޔާ މާލޭގައި ތިޔަ އަޅަނީ، ކޮންފަދަ ބިޔަ ބްރިޖެއްތޯ, ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ, ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވާވުމަށް، ދޫޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް. ރާއްޖޭގެ މައި ބަނދަރު ފުރަމާލޭން ބޭރުކޮށް، ގުޅީ ފަޅާހަމަ އަށް ފެއަށް ނުޖައްސާ، ދައުލަތުގެ ބަޖެޓަށް އާމްދަނީ ކައިރި ކުރެވޭކަށް ނެތް. މާލޭ ރަށްވެހިންނަށް ހައްގުވާ ގޯތި ނުދީ ވާކަށް ވެސް ނެތް, މުޅި ރާއްޖެ ލާމަރުކަޒު ވާއިރު، މާލެއަށް މިގެނެވެނީ އެއާ ގުޅޭ އިޖްތިމާއީ ދުޅަހެޔޮ ކަމާ އިގުތިސޯދީ ވެށި ތަނަވަސް ކުރުމުގެ ބަދަލް," ރައީސް, އެމަނިކުފާނުގެ ސިޔާސަތު ހާމަކުރައްވަމުން ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި, އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް އެއްކޮށް ވަންނަ ގޮތަށް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
  • މާލޭގައި 44 ގޭންގެއް ހަރަކާތްތެރިވާ ކަމާއި އޭގެ ތެރެއިން ވަރަށް ހަރަކާތްތެރި ނުވަ ގޭންގެއް ފާހަގަ ކުރެވިފައިވާއިރު, އެމީހުންނާ ގުޅިގެން ގޭންގުތައް އަތޮޅުތަކުގެ ރަށްތަކަށް ފެތުރިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.
  • ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކުހުން ބައެއް ސީދާ ކައުންސިލްތަކަށް ޖަމާކުރާ ގޮތަށް ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މެދުރާއްޖެތެރެއަށް ނިސްބަތްވާ ރަށްރަށުގެ ކައުންސިލްތަކާ އެކު ބާއްވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ހުޅުވުމަށް އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

ހިންގޭ މަޝްރޫއުތަކާއެކު ސަރުކާރުގެ އިހްތިސޯދީ ސިޔާސަތުގެ ތެރެއިން ރަށްރަށުގާ ވީހާ ގިނަ ވަޒީފާގެ ފުރުސަތު އުފެދި ފަހިވުމަކީ މުހިންމު އަމާޒެއް, ކުދި ވިޔަފާރިތަށް ގިނަވެ، ކުރާނެ މަސައްކަތް އުފެދޭނެ މާހައުލެއް ހޯދުމަކީ ލާމަރުކަޒުވުމުގެ ސަބަބެއް,

ދުވަހުގެ ފޮޓޯ

އއ. އުކުޅަހުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ބައިވެރިޔަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. ފާއިތުވި އެއް އަހަރުގެ ތެރޭގައި 77 ކައުންސިލް ބައްދަލުވުން ރައީސް ސޯލިހު ބޭއްވި. ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި --- ފޮޓޯ: ރައީސް އޮފީސް
އއ. އުކުޅަހުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ބައިވެރިޔަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. ފާއިތުވި އެއް އަހަރުގެ ތެރޭގައި 77 ކައުންސިލް ބައްދަލުވުން ރައީސް ސޯލިހު ބޭއްވި. ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި --- ފޮޓޯ: ރައީސް އޮފީސް

އއ. އުކުޅަހުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ބައިވެރިޔަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. ފާއިތުވި އެއް އަހަރުގެ ތެރޭގައި 77 ކައުންސިލް ބައްދަލުވުން ރައީސް ސޯލިހު ބޭއްވި. ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި --- ފޮޓޯ: ރައީސް އޮފީސް

ދިރާސާތަކުން ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox