ލޮލުގެ ފަރުވާގައި ފުންނާބު އުސް އައިކެއާ އޮޕްޓިކަލްސް "ވާޗުއަލް ޓްރައި-އޮން" ޓެކްނޮލޮޖީ އިއްޔެ ތައާރަފުކޮށްފި އެވެ.
އައިކެއާގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި މި ޓެކްނޮލޮޖީ ދައްކާލިއިރު، މިއީ ރާއްޖޭގައި މި ޓެކްނޮލޮޖީ ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.
މި "ވާޗުއަލް ޓްރައި-އޮން" ފީޗާއަކީ ޑިޖިޓަލް ޑިވަައިސްއެއްގެ ޒަރިއްޔާއިން އެންމެނަށް ވެސް ބޭނުންކުރެވޭ ގޮތަށް އައިކެއާގެ ވެބްސައިޓުގައި ހިމަނާފައިވާ، ހިލޭ ބޭނުންކުރެވޭ ފީޗާއެކެވެ.
އައިކެއާގެ ވާޗުއަލް ޓްރައި-އޮން ފީޗާ ބޭނުންކުރާނީ ކިހިނެއް؟
އައިކެއާގެ "ޓްރައި-އޮން" ހިދުމަތް ތަޖުރިބާކޮށްލަން މޮބައިލް ފޯން ނުވަތަ އެހެންވެސް ޑިޖިޓަލް ޑިވައިސްއަކުން އައިކެއާ ވެބްސައިޓަށް ވަނުމަށް ފަހު "ރިއަލް ޓައިމް" ގައި ބަލާލެވޭނެ އެވެ. ސެލްފީއެއް އަޕްލޯޑު ކުރިޔަސް ވެސް ފުދޭނެ އެވެ.

މި ފީޗާގެ ލޯންޗާ ގުޅުވާ އައިކެއާއިން ވަނީ "ޓެޕް-ޓު-ޓްރައި"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 27 އާ ހަމައަށް ކުރިޔަށްދާ މި ޕްރޮމޯޝަނުގެ ދަށުން އައިކެއާގެ ވެބްސައިޓުން ކުރާ ކޮންމެ ވިޔަފާރިއަކަށް ހަދިޔާއެއް ލިބޭނެ އެވެ.











