އާރަށު މައްސަލާގައި ޔާމީނާއި ދައުލަތުގެ ހުށަހެޅުންތައް ވެސް ބަލައިނުގަންނަން ނިންމައިފި

ކުރީގެ ރައީސް ޔާމީން: އާރަށު މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތައް ވަނީ ބޭރުކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީގެ ރައީސް ޔާމީން: އާރަށު މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތައް ވަނީ ބޭރުކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތުގައި، ގާޒީ ދިން މުއްދަތުގެ ފަހުން ދައުލަތުން އަދި ދައުވާ ލިބޭ ފަރާތުން ބޭނުންވާ ގާނޫނީ ނުކުތާތައް ހުށަހެޅުމުން އެ ދެ ފަރާތުގެ ބަޔާންތައް ވެސް ބަލައިނުގަންނަން ޝަރީއަތުން މިއަދު ނިންމައިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސާލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

އެ ޝަރީއަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން އޮތީ ފުރުސަތު ދީފަ އެވެ. އެ ފުރުސަތުގައި އާންމުކޮށް ދައުލަތުން ހުށަހަޅަނީ ބައެއް ހެކި ރައްކާތެރިކުރުމަށެވެ. އަދި, ދިފާއުގައި ހުށަހަޅަނީ ދައުވާ ކުރިއަށް ނުގެންދެވޭނެ ސަބަބުތަކާއި ދައުވާގައި ފުރިހަމަ ނުވާ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރާ ކަންމަވެ. އަދި އެދެނީ އެކަމަށް ރިއާޔަތްކޮށް މިއީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.

ކްރިމިނަލް ކޯޓަށް އެންމެން ހާޒިރުކޮށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، މައްސަލައާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ފުރަތަމަ ވެސް ސުވާލު އުފެއްދެވީ މައްސަލާގައި ހިމެނޭ ތިން ފަރާތުން ވެސް މުއްދަތު ގުނި ގޮތެއްގެ މައްޗަށެވެ. އެއީ ޔާމީނާއި ނައީމްގެ އިތުރުން ދައުލަތް ވެސް ހިމެނޭ ހިމެނުމަށެވެ.

ގާނޫނުގައި ބަޔާން ކުރާ ގޮތް ދިރާސާ ކުރަން ޝަރީއަތުން ވަގުތުކޮޅެއް ވެސް އެރުވި އެވެ. އެ ވަގުތުކޮޅަށް ފަހު ދައުލަތާއި ނައީމްގެ ވަކީލުން ވެސް ވިދާޅުވީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި ބުނާ މުއްދަތު ފާއިތުވެފައިވާ ކަމަށެވެ. ނަމަވެސް ޔާމީންގެ ފަރާތުން ހުށަހަޅަންޖެހޭ ނުކުތާތައް ޝަރީއަތަށް ހުށަހެޅީ މުއްދަތުގެ ތެރޭގައި ކަމަށް ދިފާއުން ދެކެ އެވެ. އަދި އެހެން ބައެއް މައްސަލަތަކުގައި ވެސް ދުވަސް ގުނަނީ ބަންދު ދުވަސް ނުހިމަނާ ކަމަށް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވި އެވެ.

މިދިޔަ އޭޕްރީލް 11, ގައި ބޭއްވި އަޑުއެހުމުގައި 15 ދުވަހުގެ ފުރުސަތެއް ދިނުމުން ހުރިހާ ފަރާތަކުން ވެސް މުއްދަތު ބަލާފައި ވަނީ ދެމެދަށް އަންނަ ބަންދު ދުވަސްތައް ނުހިމަނަ އެވެ. އެހެންވެ މި މަހު 10 އަކަށް މުއްދަތު ހަމަވާ ކަމަށް ބަލާފައި ހުރިހާ ފަރާތަކުން ވެސް ހުށަހެޅީ މި މަހު ނުވަ ވަނަ ދުވަހަށެވެ.

ނަމަވެސް ގާޒީ ވިދާޅުވީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި މުއްދަތު ގުނަން ޖެހެނީ ރަސްމީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ކަމަށެވެ. އެހެންވެ މުއްދަތު އޭޕްރީލް 27 އަށް ހަމަވާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

އެހެންވެ, ތިން ފަރާތުން ވެސް ޝަރީއަތުގެ ކުރިން ހުށަހެޅި ހުރިހާ ހުށަހެޅުމެއް ބަލައިނުގަންނަން ގާޒީ ނިންމެވި އެވެ. ގާޒީ ދެން ނިންމެވީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންގޮސް, ޝަރީއަތުގެ މަރުހަލާ ފެށުމަށެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 1:00 ޖަހާއިރު އިފްތިތާހީ ބަޔާން ހުށަހުޅުމަށް އަޑުއެހުމެއް ބޭއްވުމަށެވެ.

އަޑުއެހުން ނިންމާލުމުގެ ކުރިން ފުރުސަތަކަށް ޔާމީން އެދިވަޑައިގަތެވެ. އަދި ޝަރީއަތް ފެށޭއިރު އަޑުއެހުންތައް ލައިވް ކުރެވޭނެތޯ އެއްސެވި އެވެ. އޭގެ ޖަވާބުގައި ގާޒީ ޝަކީލް ވިދާޅުވީ ކުރިން ވެސް ނިންމާފައިވާ ގޮތަށް ޝަރީއަތުގެ މަރުހަލާގެ އަޑުއެހުންތަކުން ޝަރީއަތް ލައިވް ކުރަން ފަށާނެ ކަމަށެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox