ހައްޖަށް ފައިސާ ދެއްކި މީހުންގެ ކިއުގައި 3،500 މީހުން، މި ފަހަރު ދެވެނީ 353 މީހުނަށް

ހައްޖަށް ފައިސާ ދެއްކި މީހުންގެ ކިއުގައި 3،500 މީހުން، މި ފަހަރު ދެވެނީ 353 މީހުނަށް

ހައްޖުގެ އަޅުކަން ކުރުމަށް މައްކާއަށް ދާން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކި މީހުންގެ ކިއޫ ލިސްޓުގައި 3،500 އަށް ވުރެ ގިނަ މީހުން އެބަ ތިބި ކަމަށާއި ކިއޫ ތަރުތީބުން މި އަހަރު ފުރުސަތު ދެވޭނީ 353 މީހުނަށް ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ ދައުލަތުގެ ކުންފުނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް އެކަންޏެވެ. އަމިއްލަ ކުންފުނިތަކަށް މި ފަހަރު ފުރުސަތެއް ނެތެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު "އަދަދު"އަށް ވިދާޅުވީ ކޯޕަރޭޝަންގެ ކިއޫ ތަރުތީބުން ފުރަތަމަ ހިމެނޭ 353 މީހުނަށް މި ފަހަރު ހައްޖަށް ދެވޭނެ ކަމަށެވެ. އެކަމަކު ކިއޫގައި އަދިވެސް 3،500 އެއްހާ މީހުން ތިބި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކިއޫގައި ތިބޭނީ ކޯޕަރޭޝަނުން ހައްޖަށް ގެންގޮސްދޭ އަގުގެ 75 އިންސައްތަ ފައިސާ ދައްކާފައި ތިބި މީހުން، ކޯޕަރޭޝަންގެ ހައްޖު އުސޫލުގައި އޮންނަ ގޮތަށް އެ މިންވަރަށް ފައިސާ ދެއްކުމާއެކު ކިއޫގައި އެ މީހަކު ހިމެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ކިއޫ ލިސްޓުގައި ގިނަ އަދަދެއްގެ ބަޔަކު ތިބިއިރު އޭގެ ތެރޭގައި މީގެ ކުރިން 2020 ވަނަ އަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކައި ދަތުރު ކެންސަލް ވުމުން ނުދެވުނު ގިނަ އަދަދެއްގެ ފަރާތްތައް ވެސް ހިމެނެ އެވެ. އެ އަހަރު ކެންސަލްވީ ކޮވިޑް-19 ގެ ސަބަބުން ސައުދީ ވެސް ލޮކްޑައުން ކުރުމުންނެވެ.

ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންގޮސްދެނީ 69،000ރ. އަށެވެ. އޭގެ ތެރެއިން 75 އިންސައްތައަށްވާ 52،500 ރ. ދެއްކުމުން ކިއޫގައި ޖައްސައިދެ އެވެ. އަދިވެސް ކިއޫގައި ޖެހެން ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

އިތުރު 100 ކޯޓާ ރާއްޖެއަށް ލިބުނުއިރު އެ ކޯޓާ އާންމުކޮށް ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ވެސް ހަވާލު ކުރީ ހައްޖު ކޯޕަރޭޝަނަށެވެ. އިސްމާއީލް ހަމީދު ވިދާޅުވީ އެ ކަމަށް ބޭނުންވާ އުސޫލު ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން އެ އުސޫލު ތައްޔާރު ކުރުމަށް ޓަކައި މިނިސްޓްރީއާއެކު މިހާރު މި ދަނީ މަޝްވަރާ ކުރަމުން، އުސޫލު ކަނޑައަޅާ ނިމުމުން އުސޫލު އަޅުގަނޑުމެން ހާމަ ކުރާނެ،" އިސްމާއީލް ހަމީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox