ހުލާސާކޮށް އިއްޔެ: ސަދާ މަރުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ނިންމުން

ހުލާސާކޮށް އިއްޔެ: ސަދާ މަރުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ނިންމުން

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަހަރު އޮކްޓޫބަރު މަހު ތިން ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲގެ ކޭސް ތަހުގީގުކޮށް ނިންމައި އޭގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނިންމީ އިއްޔެ އެވެ.

އެޗްއާރުސީއެމްއަށް މައްސަލަ ތަހުގީގު ކުރަން ހުށަހެޅީ އާއިލާގެ ފަރާތުންނެވެ. ސަދާގެ ބައްޕަ ސައުދުﷲ ހަސަނަށް އެ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މެޑިކަލް ކައުންސިލަށް މައްސަލަ ދިއުމުން، އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެޗްއާރުސީއެމްގެ ސިޓީ ފުލުހުންނަށް ލިބުމުން، މައްސަލައިގެ ތަހުގީގު ފުލުހުން ކުރުމަށް ފަހު ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަން ފުލުހުން މައުލޫމާތު ދިން ކަން ވެސް ސިޓީގައި ބުނެފައިވެ އެވެ.

މައްސަލަ ކުރިމަތިވުމުން އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި އޮތް ނަމަވެސް ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން ސަދާ މަރުވެފައި އޮތް ކަން ފެންނަން އޮތުމުން އެ ކަމުގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އޮންނާނެ ކަން ކޮމިޝަނުން ފާހަގަ ކޮށްފައިވެ އެވެ.

"މި މައްސަލާގައި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަރުއީ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު، ހައްގު ގެއްލިފައިވާ ފަރާތަށް އޮތް ކަން ފާހަގަ ކުރަން،" އެޗްއާރުސީއެމުން ފޮނުވި ސިޓީގައިވެ އެވެ.

މުހައްމަދު ޖަލާލުއްދީން ސްކޫލްގެ އެލްކޭޖީގައި ކިޔަމުން އައި ސަދާ މަރުވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އާއިލާއިން އޭރު ތުހުމަތުކުރީ ސަދާގެ ގަޔަށް ހޮސްޕިޓަލުން އޮޅިގެން ނުބައި އިންޖެކްޝަނެއް ޖެހީ ކަމަށެވެ.

މިނިސްޓްރީން ބުނީ ސިއްހީ ކަންކަން ރަނގަޅުކުރުމަށް މިފަދައިން ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ބަލާ ސިއްހީ ހިދުމަތްދޭ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް އަބަދުވެސް ކުރާނެ ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

އެޗްއާރުސީއެމުން ވެސް ވަނީ ކުއްޖާގެ ކުރީގެ މެޑިކަލް ހިސްޓްރީ ޑޮކްޓަރުން ރަނގަޅަށް ބަލާފައި ނެތް ކަން ފާހަގަ ކޮށްފަ އެވެ. ކުއްޖާ އޮތް ހާލަތުގައި ވަގުތުން ފަރުވާ ދޭން ޖެހޭ އިރު ވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރި ކަން ވެސް އެ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ ކުރިން ހެލްތު މިނިސްޓްރީން ވެސް މައްސަލަ ބެލުމަށް ފަހު އިހުމާލު އޮތް ކަމަށް ފެންނާތީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން މިނިސްޓްރީން މެޑިކަލް ކައުންސިލަށާއި ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް ފޮނުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އޮކްޓޯބަރު މަހާ ދިމާކޮށް, މަސްވެރިކަން ރަނގަޅުވެގެން ދާ މޫސުމުގެ ކުރިން، ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އިއްޔެ އެވެ.
  • މޯލްޑިވިއަން ޑިމޮކްރަޓިލް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރަސްމީކޮށް ހަވާލުވެވަޑައިގެންވީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން ކޯޓު އަމުރު ހޯދި ސަބަބާއި އަމުރު ތަންފީޒު ކުރި ގޮތާ ގުޅޭ ގޮތުން ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ހޫނު ސުވާލުތަކެއް ފުލުހުންނާއި ދައުލަތަށް އަމާޒު ކުރެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވާފައިވާ ރިޔާސީ ގަރާރުގައި ފާހަގަ ކުރެވޭ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަންގެ ފަރާތުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް އާ ހިއްސާކުރަމުން ބުނީ:

ގާނޫނުން ބާރު ލިބިނުދޭ އެ ގަރާރު ތަންފީޒު ކުރަން ސަލާމަތީ ބާރުތަކުން އަމަލުކުރަމުންދާ ގޮތް، މުޒާހަރާތަކާއި އެއްވުންތަކުގައި ފުލުހުންނާއި ސިފައިން ވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ގޮތް ވެސް ވާނީ ހިއްސާކޮށްފައި،

ދުވަހުގެ ފޮޓޯ

އަންނަ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވާލްޑް ކަޕް 2022 އާ ގުޅުވާ އުރީދޫއިން "އުރީދޫ ވާލްޑް ކަޕް ފޯރި" ނަމުގައި ހާއްސަ ކެމްޕެއިނެއް އިފްތިތާހު ކުރުން. އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ ފީފާ ވާލްޑް ކަޕް 2022 ގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑާ --- އުރީދޫ
އަންނަ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވާލްޑް ކަޕް 2022 އާ ގުޅުވާ އުރީދޫއިން "އުރީދޫ ވާލްޑް ކަޕް ފޯރި" ނަމުގައި ހާއްސަ ކެމްޕެއިނެއް އިފްތިތާހު ކުރުން. އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ ފީފާ ވާލްޑް ކަޕް 2022 ގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑާ --- އުރީދޫ

އަންނަ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވާލްޑް ކަޕް 2022 އާ ގުޅުވާ އުރީދޫއިން "އުރީދޫ ވާލްޑް ކަޕް ފޯރި" ނަމުގައި ހާއްސަ ކެމްޕެއިނެއް އިފްތިތާހު ކުރުން. އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ ފީފާ ވާލްޑް ކަޕް 2022 ގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑާ --- އުރީދޫ

ދިރާސާތަކުން ކިޔާލުމަށް

"ރިފްލެކްޓިން 15 އިޔާސް: ދަ ރައިޓްސް ސައިޑް އޮފް ލައިފް"

މިއީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އަދި ޔޫއެންޑީޕީ ގުޅިގެން 2020 ވަނަ ތައްޔާރުކުރި ހާއްސަ ރިޕޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox