ގެކޮޅުން ބެނާ ނެގުމަކީ ޔާމީންގެ މުދަލުގެ ހައްގަށް އަރައިގަތުން: ވަކީލުން

ގެކޮޅުން ބެނާ ނެގުމަކީ ޔާމީންގެ މުދަލުގެ ހައްގަށް އަރައިގަތުން: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ޣައިރު ގާނޫނީ ނިންމުންތަކަކަށް ބިނާކޮށް ކަމަށާއި އެއީ އެމަނިކުފާނުގެ މުދަލުގެ ހައްގަށް އަރައިގަތުން ކަމަށް ރައީސް ޔާމީން ދިފާއީ ވަކީލުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.

ހ. ދޫވެހިގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުންނަށް ކްރިމިނަލް ކޯޓުން ދިން އަމުރު ބާތިލް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތީ ދަށު ކޯޓުގެ އެ އަމުރު ބާތިލްކޮށްދިނުމަށެވެ.

މިއަދުގެ ޝަރީއަތުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާ ހުށަހަޅުއްވަމުން ވަކީލު އަލީ ޝިޔާޒް ވިދާޅުވީ ކޯޓު އަމުރެއް ނެރެގެން އަމިއްލަ މުދަލެއް، ގެދޮރުގައި ދަމާފައި ހުރި ބެނާއެއް ގެންދެވޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"މިފަދަ އަމުރެއް ނެރެގެން ހިޔާލުފާޅުކޮށްފައިވާ ބެނާއެއް ގެންދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ

ޔާމީނަށް ފުލުހުން ކުރާ ތުހުމަތަކީ އާންމު މަސްލަހަތަށް ގެއްލުންވުމުގެ އަމަލެއް ހިންގިކަމުގެ ކުށަށްވާއިރު، އެ ކުށަށް ފެތޭ އަމަލެއް އެމަނިކުފާނު ކުރައްވާފައިނުވާ ކަމަށް ޝިޔާޒް ވިދާޅުވި އެވެ. އަދި އެފަދަ އަމަލެއް ފުލުހުންނަށް ވެސް ކިޔައިދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކުރާ ތުހުމަތަކީ ގާނޫނުލް އުގޫބާތުގެ މާއްދާއަކާ ހަވާލާދީ އޭގައިވާ ކުށަކަށްވާއިރު، އޭގައި ބަޔާންކޮށްފައި އޮންނަނީ އާންމު ތަނެއްގައި އާންމު މަސްލަހަތު ގެއްލުވައިލުމެވެ. އެއީ އަމިއްލަ މުދަލުގައި ކޮށްފައިވާ ކަމަކަށް ވާއިރު އާންމު ތަނެއްގައި ކުށް ކުރި ކަމުގެ ތުހުމަތު ނުކުރެވޭ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި "އިންޑިއާ އައުޓް"ގެ 50 އަކަށް ފޫޓުގެ އެ ބެނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް ނެގީ އެ ބެނާ ދެމިތާ ދުވަސްކޮޅެއް ފަހުންނެވެ.

ބެނާ ނަގައިގެން ގެންދިޔައީ އެ ކެމްޕޭން ހުއްޓުވަން މުއައްސަސާތަކަށް އަންގައި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ރިޔާސީ ގަރާރެއް ނެރުއްވި ފަހުންނެވެ. އެ ގަރާރުގެ ދަށުން ކޯޓު އަމުރު ހޯދައިގެން، މަގުމަތީގައާއި މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އޭގެ އެކި ބެނާތައް ފުލުހުން ނެގި އެވެ.

އެ ފަހުން ވެސް ބެނާ ދެމުމާއި، އެ ޝިއާރުގެ ކުރެހުންތައް ފާރުތަކުގައި ކުރެހުމާއި މަގުމައްޗަށް އެ ޝިއާރު ލިޔެފައިވާ ކަރުދާސް އުކުން އިތުރު ވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ އެއީ ޣައިރު ގާނޫނީ ގަރާރެއްގެ ގޮތުގަ އެވެ.

ރައީސްގެ ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގަ އެވެ.

ރިޔާސީ ގަރާރު ބާތިލުކުރުން ޕީޕީއެމްއިން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި، އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox