ހުލާސާކޮށް އިއްޔެ: ނުރައްކާތެރި ލޯންޗު އެކްސިޑެންޓެއްގައި ގއ. ވިލިނގިލިން ދެ މީހަކު މަރުވުން

ހުލާސާކޮށް އިއްޔެ: ނުރައްކާތެރި ލޯންޗު އެކްސިޑެންޓެއްގައި ގއ. ވިލިނގިލިން ދެ މީހަކު މަރުވުން

ގއ. ވިލިނގިލިއްޔަށް ދިޔަ ލޯންޗެއް އެ ރަށު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެ ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނީ އިއްޔެ އެވެ.

ފުލުހުން އިއްޔެ އެ ހާދިސާ އާ ގުޅިގެން ބުނީ ލޯންޗު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި، ނެރުގައި ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ކަނޑަށް ވެއްޓި ގެއްލުނު ކަމުގެ ރިޕޯޓު ލިބުނު ކަމަށާއި އަދި ގެއްލުނު ދެ މީހުން ފެނިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ދެ މީހުން މަރުވެފައިވާ ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ، ދޫރެސް މިސްބާހު މުހްސިން އާއި ނ. ލަންދޫ އުރަހާ، މުހައްމަދު ޝާފިއު އެވެ.

އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ދަތުރު ކުރަމުން ދިޔައީ ޖުމްލަ ފަސް މީހުންނެވެ. ލޯންޗުގައި ދެން ތިބި ތިން މީހުންނަށް އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނައުމުގެ މަސައްކަތް ރޭ ވަނީ ފަށައިފަ އެވެ.

ވިލިނގިލީ ހޮސްޕިޓަލުން ރޭ ބުނި ގޮތުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ. އަނެއް ދެ މީހުންނަށް ވެސް ހާލަތު ވެސް ގޯސް ކަމާއި ތިން މީހުން ވެސް މޭލެއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ތިން މީހުންގެ ހާލު ވެސް ވަރަށް ސީރިއަސް، އެކަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި،" އެ ރަށު ހޮސްޕިޓަލު މެނޭޖަރު އަހުމަދު ޝަރީފް މި ނޫހަށް އިއްޔެ ވިދާޅުވި އެވެ.

އަހުމަދު ޝަރީފް ވިދާޅުވީ ފަރުވާ ދެމުން އަންނަ މީހުންގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުން ކައުންސިލުތަކަށް ލިބިދޭ މާލީ ބާރުވެރިކަމާ ގުޅިފައިވާ ލޭންޑް ޔޫސް ޕްލޭންތައް ނުހެދި ދިގުލައިގެން ގޮސްފައިވާއިރު، އެ ޕްލޭންތައް ހަދަން އިންޑިއާގެ މާލީ އަދި ފަންނީ އެހީތެރިކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެދުނުކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ގދ. ހޯނޑެއްދޫގައި ހޮރައިޒަން ފިޝަރީޒް އިން ތަރައްގީކުރަމުން އަންނަ ކޯލްޑް ސްޓޯރޭޖުގެ ހިދުމަތް މިއަދާ ހަމައަށް ވެސް ފެށިފައިނުވާތީ، އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ރަށުގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ އިއްޔެ އެވެ.
  • އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނު ހަރަކާތުގައި އިސްކޮށް އުޅުއްވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލް އަނެއްކާ ވެސް ހައްޔަރުކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މާލެ ސިޓީގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް "މަދިރި ހޯހޯ" ނަމުގައި ކެމްޕޭނެއް ފެށުމަށް ބޭއްވި އިވެންޓުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ:

އަޅުގަނޑުމެން އިސްކަންދޭންވީ ފަރުދީ ޒިންމާއެއްވެސް އޮތްކަން ގަބޫލު ކޮށްގެން، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އަތްފޯރާފަށުގައި ހުރި ތަންތަން އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ރައްކާތެރި ކަމާއި ސާފުތާހިރު ކަމުގައި ދެމެހެއްޓުމަށް،

ދުވަހުގެ ފޮޓޯ

ގއ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ބާސްކެޓު ކޯޓު. ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިންގައި ވާދަކުރާ 18 އަހަރުން ދަށުގެ ގައުމީ ބާސްކެޓު ޓީމުން ތަމްރީނު ކޭމްޕް ފުރިހަމަކުރީ އެ ރަށުގައި. ފީބާ އާއި އެމްބީއޭ އިން ކުރިއަށްގެންދާ "ބޯލް އިން ސްކޫލް ޕްރޮގްރާމް" މިއަހަރު ފެށި އެންމެ ފުރަތަމަ ރަށަކީ ވެސް ގއ. ވިލިނގިލި --- ފޮޓޯ: އެމްބީއޭ
ގއ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ބާސްކެޓު ކޯޓު. ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިންގައި ވާދަކުރާ 18 އަހަރުން ދަށުގެ ގައުމީ ބާސްކެޓު ޓީމުން ތަމްރީނު ކޭމްޕް ފުރިހަމަކުރީ އެ ރަށުގައި. ފީބާ އާއި އެމްބީއޭ އިން ކުރިއަށްގެންދާ "ބޯލް އިން ސްކޫލް ޕްރޮގްރާމް" މިއަހަރު ފެށި އެންމެ ފުރަތަމަ ރަށަކީ ވެސް ގއ. ވިލިނގިލި --- ފޮޓޯ: އެމްބީއޭ

ގއ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ބާސްކެޓު ކޯޓު. ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިންގައި ވާދަކުރާ 18 އަހަރުން ދަށުގެ ގައުމީ ބާސްކެޓު ޓީމުން ތަމްރީނު ކޭމްޕް ފުރިހަމަކުރީ އެ ރަށުގައި. ފީބާ އާއި އެމްބީއޭ އިން ކުރިއަށްގެންދާ "ބޯލް އިން ސްކޫލް ޕްރޮގްރާމް" މިއަހަރު ފެށި އެންމެ ފުރަތަމަ ރަށަކީ ވެސް ގއ. ވިލިނގިލި --- ފޮޓޯ: އެމްބީއޭ

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން ފޯ ކޮވިޑް-19"

މިއީ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ހުއްޓުމެއް ނެތި ތައުލީމީ ދާއިރާގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް އަދި ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން ގުޅިގެން އެކުލަވާލާފައިވާ ޕްލޭނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox