ހުލާސާކޮށް އިއްޔެ: ޗެއާޕާސަން އިންތިހާބަށް ފަހު ފައްޔާޒު ފުރަތަމަ ފަހަރަށް ރައީސްގެ އަރިހަށް،

ހުލާސާކޮށް އިއްޔެ: ޗެއާޕާސަން އިންތިހާބަށް ފަހު ފައްޔާޒު ފުރަތަމަ ފަހަރަށް ރައީސްގެ އަރިހަށް،

އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއަކީ ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެ ތަޖުރިބާއިން އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހްގެ ތާއީދާއެކެ ނުކުންނެވި ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނާ ވާދަކުރެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު ނުކުންނެވި ކެންޑިޑޭޓުންތަކެކެވެ.

ރައީސް ސޯލިހު އާއި ފައްޔާޒު އިއްޔެ ބައްދަލު ކުރައްވައި ނެންގެވި ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފައްޔާޒުގެ ހިންގުމުގެ ތަޖުރިބާއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.

"ކުރިއަށް، ކުރިއަށް، ބާރަށް ކުރިއަށް އެމްޑީޕީ،" އިއްޔެ ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެ އިބާރާތަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންކުރެއްވި ޝިއާރެކެވެ. އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޓަކައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ދެހާސް ތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ފައްޔާޒުގެ ތަޖުރިބާ މުހިންމު ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ދެވަނަ ދައުރަކަށް އެމަނިކުފާނު އެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އަދި ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީއަކުން ކަމަށް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ރައީސް ވާދަކުރައްވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެކަމަކު ރައީސްގެ އެފަދަ އެއްވެސް ނިންމެވުމެއް ނެތް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އަދި ވާދަނުކުރެއްވުމާ ގުޅޭ ގޮތުން ވެސް ރައީސް ވަކި ގޮތެއް ނުނިންމަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް ސޯލިހްގެ އަރިސް ބޭފުޅުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލީހުގައި ތިއްބެވި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވަން މިހާރު ވެސް ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒާ ވާދަކުރެއްވީ ވެސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. ފައްޔާޒަށް 58 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވިރު، އިންތިއަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓް ވޯޓެވެ.

ބައެއް މުހިންމު ހަބަރުތައް

  • "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވާތީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ސަޕޯޓަރުން ރޭ މަގުމަތީ ކުރި މުޒާހަރާ ކަވަރުކުރަން ތިބި ނޫސްވެރިންނަށް ފުލުހަކު އިންޒާރު ދިން މައްސަލަ ބަލައިދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްއޭ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލީ އިއްޔެ އެވެ.
  • ގަލޮޅު ސްކޫލްގައި ކިޔަވަމުންދިޔަ އުމުރުން އެންމެ ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަށް ދައުވާ ނުކުރަން ނިންމި ނިންމުން އަލުން މުރަޖައާކޮށްދޭން އެ ކުއްޖާގެ މައިންބަފައިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އަށް ހުށަހެޅީ އިއްޔެ އެވެ.
  • އިގުތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހަވާލުކުރެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އަމީނީ މަގުގެ މަސައްކަތް އޮތް ހިސާބާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އާރުޑީސީގެ އެމްޑީ މޫކޭ ވިދާޅުވީ:

ކައުންސިލުން ނިންމަން ޖެހޭ އިދާރީ ކަންކަން ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ސްޓޭކްހޯލްޑާސް އާ ބައްދަލުކޮށް ޑިޒައިނާ އެކު ޝެޑިއުލް ހާމަކުރެވޭނެ،

ދުވަހުގެ ފޮޓޯ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް ޒިޔާރަތް ކުރައްވައި، އެއާޕޯޓްގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި މަސައްކަތްތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބައްލަވާލެއްވުން. އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި އާ ސީޕްލޭން ޓާމިނަލްއާއި ފަޔާ ސްޓޭޝަންއާއި ޕެސެންޖާ ޓަރމިނަލް ބިލްޑިން އާއި ކާގޯ ޓަރމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ބައްލަވާލެއްވި --- ފޮޓޯ: ރައީސް އޮފީސް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް ޒިޔާރަތް ކުރައްވައި، އެއާޕޯޓްގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި މަސައްކަތްތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބައްލަވާލެއްވުން. އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި އާ ސީޕްލޭން ޓާމިނަލްއާއި ފަޔާ ސްޓޭޝަންއާއި ޕެސެންޖާ ޓަރމިނަލް ބިލްޑިން އާއި ކާގޯ ޓަރމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ބައްލަވާލެއްވި --- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް ޒިޔާރަތް ކުރައްވައި، އެއާޕޯޓްގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި މަސައްކަތްތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބައްލަވާލެއްވުން. އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި އާ ސީޕްލޭން ޓާމިނަލްއާއި ފަޔާ ސްޓޭޝަންއާއި ޕެސެންޖާ ޓަރމިނަލް ބިލްޑިން އާއި ކާގޯ ޓަރމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ބައްލަވާލެއްވި --- ފޮޓޯ: ރައީސް އޮފީސް

ދިރާސާތަކުން ކިޔާލުމަށް

"އަ ރެޕިޑް އެސެސްމަންޓު އޮފް ނެޗުރަލް އެންވަޔަރަމަންޓްސް އިން ދަ މޯލްޑިވްސް"

މިއީ ރާއްޖޭގެ ތިމާވެށީގެ ހާލަތު ދެނަގަތުމަށް އެންވަޔަރަމަންޓު މިނިސްޓްރީ އާއި ޔޫއެސް އެއިޑް އަދި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކްލައިމެޓް ޗޭންޖް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. އެގޮތުން، ވަނީ ރާއްޖޭގައި ތިމަވެށީގެ ގޮތުން ފާހަގަކޮށްލެވޭ ސަރަހައްދުތަކާއި އެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަދި ތިމާވެއްޓާއި ގުޅޭ ސިޔާސަތުތައް އެކަށައެޅުމުގައި އިސްކަން ދޭން ޖެހޭ ކަންކަން ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox