މުޒާހަރާ ކަވަރުކުރަން ތިބި ނޫސްވެރިންނަށް ފުލުހަކު އިންޒާރުދިން މައްސަލަ ބަލަން އެދިއްޖެ

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި "އިންޑިއާ އައުޓް" ހަރަކާތެއް ފުލުހުން ހުއްޓުވާފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި "އިންޑިއާ އައުޓް" ހަރަކާތެއް ފުލުހުން ހުއްޓުވާފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވާތީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ސަޕޯޓަރުން ރޭ މަގުމަތީ ކުރި މުޒާހަރާ ކަވަރުކުރަން ތިބި ނޫސްވެރިންނަށް ފުލުހަކު އިންޒާރު ދިން މައްސަލަ ބަލައިދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްއޭ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފި އެވެ.

މުޒާހަރާ ކަވަރު ކުރަން ތިބި ނޫސްވެރިންނާ ދިމާއަށް "ސޯލިހް" ނަމަކަށް ކިޔާ ފުލުހަކު "ހޭއަރުވާލާނެ" ކަމަށް ބުނާ އަޑު އިވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެން، މިޑިއާ ކައުންސިލުން ބުނީ އެ މައްސަލަ އެ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

"މި މައްސަލަ ބައްލަވައި ދެއްވައި، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ކައުންސިލާ ހިއްސާކޮށްދެއްވަން ކައުންސިލުން މިހާރުވާނީ ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީ ފޮނުވާފައި،" މީޑިއާ ކައުންސިލުން ކުރި ޓްވީޓެއްގައިވެ އެވެ.

މީގެ އިތުރުން، އެމްޖޭއޭއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެންމެ ފަހުން ބޭއްވި މުޒާހަރާ ކަވަރު ކުރަން ތިބި ނޫސްވެރިންނާ މެދު ފުލުހުން އަމަލު ކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މުޒާހަރާ ކަވަރުކުރަން ތިބި ނޫސްވެރިންނަށް ފުރައްސާރަކޮށް، އިންޒާރުދީ، އަނިޔާކޮށްފައިވާ މައްސަލަތައް ވަރަށް ވެސް ސީރިއަސްކޮށް ބަލަން ބަލައި، ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލަން،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

ރޭގެ މުޒާހަރާ ވެސް ފެށީ އާދައިގެ މަތިން ޕީޕީއެމްގެ އޮފީސް ކައިރިންނެވެ. ހެންވޭރު، އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ އެ އޮފީސް ކައިރިން ފަށައިގެން މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ގޮސް އަލިކިލެގެފާނު މަގުން އުތުރަށް، ކުޑަތަންކޮޅަކަށް ކުރިއަށް ދިޔަ ތަނާ ފުލުހުން އެމީހުނަށް ހުރަސް އަޅައި ހުއްޓުވި އެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ދެ އަންހެނުންނާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު އެ މީހުން ވަނީ މިއަދު ދޫކޮށްލައިފަ އެވެ.

ޕީޕީއެމްއާއި ޕީއެންސީ ސަޕޯޓަރުން މަގުމައްޗަށް ނުކުތީ، "އިންޑިއާ އައުޓް" ހަރަކާތް ހިންގާ މައްސަލަގާއި އިއްޔެ މެންދުރުފަހު ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ހައްޔަރު ކުރުމުން އެ މީހުން ދޫކޮށްލަން ގޮވާލުމަށެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އެ ހަަރަކާތް ހުއްޓުވަން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިން ވަނީ ރިޔާސީ ގަރާރެއް ނެރުއްވައިފަ އެވެ. އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ފުލުހުން ފިޔަވަޅުތައް އަޅަމުން ދަނީ އެ ގަރާރުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox