ވިލިމާލެ ދަނޑާ އެކު ކްލަބްތަކުގެ ޓްރެއިނިން އަށް ފަސޭހައެއް

May 17, 2022, 3:01 PM
ވިލިމާލެ ދަނޑު ހުޅުވަން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

ވިލިމާލެ ދަނޑު ހުޅުވަން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަ އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ވިލިމާލޭގައި ދާދި ފަހުން ހުޅުވި ޓާފް ދަނޑާ އެކު ކްލަބްތަކަށް އިތުރު ޓްރެއިނިން ފެސިލިޓީއެއް ހަމަޖެހިއްޖެ އެވެ.

ވިލިމާލޭ ދަނޑު އެޅީ ދެކުނު ކޮރެއާގެ ސްކައިވިންޑް ގްލޯބަލްއާ އެވެ. މިއީ 2019 ވަނަ އަހަރު އެފްއޭއެމުން ހަވާލުކުރި ޕްރޮޖެކްޓެކެވެ. ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުމާ ހެދި މި ޕްރޮޖެކްޓް ކަނޑައެޅި ތާރީހަށް ނިންމުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

އެފްއޭއެމުން މިދިޔަ އަހަރު ވަނީ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ބައެއް މެޗުތައް ވިލިމާލެ ޓާފް ދަނޑުގައި ބޭއްވޭތޯ މަސައްކަތްކޮށްފަ އެވެ. އެކަަމަކު، އޭރު އެކަން އެ ގޮތަށް ކުރެވޭގޮތެއްނުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރަނގަޅު ފެންވަރުގެ ދަނޑެއް ވިލިމާލޭގައި ހަދާ ނިންމައި، ހުޅުވުމަކީ ވަރަށް ގިނަ ދުވަސް ވީ އުންމީދެއް ހާސިލްވުން ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ވިލިމާލެ ދަނޑު ހުޅުވުމުގެ ގޮތުން ވިލިމާލެ ޔުނައިޓެޑްގެ ޓީމަކާއި އެފްއޭއެމްގެ ޓީމެއް ވަނީ މެޗެއް ކުޅެފަ އެވެ. ގައުމީ ޓީމުގެ ޖޯޒީގައި ކުުޅުނު އެފްއޭއެމް ޓީމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ވަނީ ކުޅެފަ އެވެ.

ސަތާރަ އަހަރު ވަންދެން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި އިމްރާން މުހައްމަދު، ކުޅުނީ ގޯލަކަށް ނޫނެވެ. ގޯލަށް ހުރީ ކުރިން ގިނަ ކްލަބްތަކެއްގައި ގިނަ ކާމިޔާބީތަކެއް ހޯދި އަސްލަމް އަބްދުއްރަހީމް އެވެ. އެފްއޭއެމް ޓީމަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިއަކީ، 1997 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖޭގެ ކެޕްޓަން، އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އެވެ.

ވިލިމާލެ ޔުނައިޓެޑްގެ އާކޭ (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް

ވިލިމާލެ ޓީމަށް ބަލާއިރު، ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު، ވިޔަންސާ ޓީމަށް ކުޅުނު ކުޅުންތެރިންނާއި ރާއްޖޭގެ ފުޓްބޯޅައިގެ އެކި ލެވަލްތަކުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުޅުންތެރިން ހިމެނެ އެވެ. ވިލިމާލެ ޓީމުގެ ހާއްސަ ކުޅުންތެރިއަކަށް ހުރީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، އަހުމަދު ނާޒު (އާކޭ) އެވެ.

ދަނޑު ހުޅުވާފައިވާއިރު، އެފްއޭއެމްގެ ވިސްނުމަކީ ޓީމުތަކުގެ ޕްރެކްޓިހަށް ދަނޑު ދޫކުރުމުގެ އިތުރުން ވިލިމާލޭގެ ރައްޔިތުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ދަނޑު ބޭއްވުމެވެ.

ދަނޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރީ ވިލިމާލެ ޔުނައިޓެޑާ އެވެ.

ވިލިމާލެ ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގެ ތެރެއިން.

ދަނޑު ހުޅުވި މެޗުގައި ވިލިމާލެ ޓީމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، އަހުމަދު އުޝާމް ވަނީ ކުޅުއްވައިފަ އެވެ. އުޝާމް ވިދާޅުވީ ރަނގަޅު ފެންވަރުގެ ދަނޑެއް ވިލިމާލޭގައި އޮތުމަކީ އެ ތަނުގައި ދިރިއުޅޭ ޒުވާނުންނަށް ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ.

މީގެ އިތުރުން އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަ އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ވިލިމާލޭގައި ޓްރެއިނިން ސެންޓަރެއް ގާއިމްކުރާނެ އެވެ. އޭގެ ހިމެނެނީ އެކޮމަޑޭޝަން ބިލްޑިން އަކާއި ފެސިލިޓީ ބިލްޑިން އެކެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ހާއްސަކޮށް ހަދާ އެކޮމަޑޭޝަން ބިލްޑިންގައި ދެ ކޮޓަރި ހިމެނޭ އަށް އެޕާޓްމެންޓެއް ހުންނާނެ އެވެ. ފެސިލިޓީ ބިލްޑިންގައި ހިމެނެނީ ދެ ޗޭންޖިން ރޫމާއި ފާހަނައިގެ އިތުރުން ރެފްރީންނަށް ހާއްސަ ކޮޓަރި އަކާއި އަކާއި މެޗު ކޮމިޝަނަރަށް ހާއްސަ ކޮޓަރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox