މަސައްކަތެއް ނެތިގެން މިއަދުގެ ޖަލްސާ ވެސް ކުރުކޮށްލައިފި

 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ދައުރު ފެށުނުއިރު ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ދައުރު ފެށުނުއިރު ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް-- ފޮޓޯ: މަޖިލިސް

ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ދެ މަޝްރޫއުއަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށް ސުވާލު ކުރުމަށްފަހު ކުރާނެ އިތުރު މަސައްކަތެއް ނެތް ކަމަށް ރިޔާސަތުން އިއުލާނުކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށީ އިއްޔެ އެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ސުވާލުކުރުމުގެ 30 މިނިޓު ހަމަވުމުން، ކުރާނެ އިތުރު މަސައްކަތެއް ނެތިގެން އިއްޔެގެ ޖަލްސާ ވެސް ވަނީ ނިންމާލަފަ އެވެ.

"އަޅުގަނޑުމެން އިއްޔެ ވެސް މަޖިލިސް ނިންމާލީ އިތުރު މަސައްކަތެއް މަޖިލީހުގައި ނެތުމުން، އަޅުގަނޑު މިއަދު އަނެއްކާ ވެސް ފާހަގަކުރަން އޮތީ ހަމަ އެ ނުކުތާ،" މިއަދު ޖަލްސާ ނިންމަވާ ލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވަނީ މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތުގެ ހުލާސާއެއް ވެސް ދެއްވާފަ އެވެ. އެގޮތުން މަޖިލީހުން ކުރަނީ ދެ ކަމެއް ކަމަށާއި އެއީ ސަރުކާރު ޖަވާބުދާރީ ކުރުމާއި ގާނޫނު ހެދުމުގެ މަސައްކަތް ކަމަށެވެ.

މީގެ ތެރެއިން ގާނޫނު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ ސަރުކާރުން މަޖިލީހަށް ބިލު ފޮނުވައިގެންނާއި މެންބަރުން ބިލު ހުށަހަޅައިގެން ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ "އެ ބާވަތުގެ އެއްވެސް ކަމެއް މިއަދަކު ނެތް" ކަމަށެވެ.

މަޖިލިސް ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާ ނިންމާލިއިރު، ކޮމިޓީތަކުގައި މިވަގުތު 20 ބިލެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox