ބަދަލަކާ އެކު ކޮންމެ މެޗަކުން ލިބެނީ ބައިނަލްއަގްވާމީ ލެވަލްގެ ތަޖުރިބާ: ކާއްޓޭ

ވީއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކާއްޓޭ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވީއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކާއްޓޭ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަހަރުގެ ވޮލީބޯޅަ ސީޒަނަށް ގެނައި ބަދަލުތަކާއިއެކު ރާއްޖޭގެ ގައުމީ ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް ބައިނަލްއަގްވާމީ މެޗެއްގެ ކުޅެގެން ލިބޭނެ ތަޖުރިބާ، މި ފަހަރުގެ ގައުމީ ލީގާއި ގައުމީ މުބާރާތުން ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޓެކްނިކަލް އަދި ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަން މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ކުރިއަށް އޮތް ވޮލީބޯޅަ ސީޒަންގައި އާ ކަންތައްތަކެއް ތަޖުރިބާ ކުރުމުގެ ގޮތުން ވީއޭއެމުން ވަނީ މި ހަރުގެ ގައުމީ ލީގުގެ ގަވާއިދަށް ބަދަލު ގެނެސް މި އަހަރު ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ސޮއިކުރުމުގެ ފުރުސަތު ދީފަ އެވެ. އެހެން އަހަރުތަކާއި ޚިލާފަށް މި އަަހަރު ޓީމުތަކަށް ކުޅޭ ބިދޭސީ ކުޅުންތެރިންނަކީ އެސޯސިއޭޝަނުން އެކުލަވާލާ "ޕޫލެއް"ގެ ތެރެއިން ޓީމުތަކަށް ގެންދެވޭނެ ކުޅުންތެރިންނެވެ.

ވީއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓްގެ ހެޑް ކާއްޓޭ ބުނީ ކޮންމެ އެސޯސިއޭޝަނަކުން ވެސް މުބާރާތްތައް ހިންގަން ޖެހޭނީ އޭގެއިން ގައުމީ ޓީމަށް ފައިދާތަކެއް ކުރާނެ ގޮތަކަށް ކަމަށެވެ. އެއީ އެންމެ ބޮޑަށް އިސްކަން ވެސް ދޭންޖެހޭނެ ގޮތްކަމަށެވެ. މިގޮތުން މިފަހަރުގެ ލީގަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ މިވަގުތު ގައުމީ ޓީމްގައި ތިބި ކުޅުންތެރިން އެހެން ހަރުފަތަކަށް ގެންދިޔުމަށް މިވަގުތު ކުރިއަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުކަމަށެވެ.

"ތިން ކުޅުންތެރިންނަށް ވިސްނި އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންގެ މިހާރު ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިން އެ ކުޅޭނީ އެ ކުޅުންތެރިންނަށް ވުރެ ދަށް ލެވެލްގެ ކުޅުންތެރިންނާ އެކު. އެ ކުޅުންތެރިންނަށް ވުރެ ދަށް ލެވެލްގެ ކުޅުންތެރިންގެ ސާވިސް އެ ރިސީވް ކުރަނީ. އަނެއްކޮޅު ބްލޮކް ކުރަން ވެސް އަދި ޑިފެންސްކުރަން ވެސް މި ޖެހެނީ މާ ތަފާތު ބޮޑު ކުޅުންތެރިންނާ ދެކޮޅަށްކަށް ނޫން." ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި އެންމެ ފަހުން ހަރަކާތްތެރިވި ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ ރަނގަޅު އެޓޭކަރުން ރާއްޖޭގައި ތިބިކަމުގައި ވިޔަސް އެންމެ ބޮޑު ތަފާތަކަށް މިވަނީ ޑިފެންސް ނުކުރެވުން ކަމަށެވެ. މިހާރު ފޯމެޓް އޮތް ގޮތަށް ބަލާއިރު، ޓީމްތަކަށް ލިބޭ ތިން ބިދޭސީ ކުޅުންތެރިންނާ އެކު ދިވެހި ކުޅުންތެރިން ޑިފެންސް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ވަރަށް ބޮޑުވާނެ ކަމަށް ކާއްޓޭ ގަބޫލުކުރެ އެވެ.

"މިސާލަކަށް ބްލޮކަށް ބަލައިފިއްޔާ، ބިދޭސީ ސެޓަރުން މީގެ ތެރެއަށް ވަނީމަ، އަޅުގަނޑުމެންގެ ބްލޮކަރުންނަށް މަޖުބޫރުވާނެ މޮޅެތި ސެޓަރުން ކަައިރިން އެ ބޯޅަތަކަށް މޫވްކޮށްގެން ބްލޮކް ކުރަން. އެއީ ވެސް އަޅުގަނޑުމެން ވިސްނި ވިސްނުމެއް" ކޯޗު ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ ރާއްޖޭގެ ގައުމީ ޓީމުގައި ރަނގަޅު ކުރަން ހުރި ކަންކަމަށް ބަލާއިރު ސާވިސް ރިސީވް ކުރުމަށް ވެސް މި ބަދަލާއިއެކު ބޮޑު ތަފާތެއް އަންނާނެ ކަމަށެވެ. ގައުމީ ލީގުގެ މެޗުތައް ފެށުމުގެ ކުރިން ކުރާ ޕްރެކްޓިސްތަކުން އެކަނި ވެސް ރާއްޖޭގެ ކުޅުންތެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަން ކާއްޓޭ ފާހަގަކުރި އެވެ.

"މިހާރު އިންޓަނޭޝަލް ވޮލީގަ މި ކުޅެނީ ޕަވާ ވޮލީ. ޖަމްޕް ސާވިސް މި އަންނަނީ 140 ކިލޯމީޓަރު ބާރުމިނުގައި. އެ ބޯޅަ ނުލިބޭ ރާއްޖޭގެ ކުޅުންތެރިންނަށް ރިސީވް ކުރަން މިހާރަކު އެއް. ލީގު ފެށުމުގެ ކުރިން ހަމައެކަނި ޕްރެކްޓިސް ކުރަން ލިބުނަސް ރާއްޖޭގެ ހުރިހާ ކުޅުންތެރިންނަށް ލިބޭނެ އެ ބޯޅަތައް ފޭސްކުރަން. އެއީ އަދި މުބާރާތް ފެށުމުގެ ކުރިން ކުރާނެ ބޮޑު ފައިދާ އެއް." ކާއްޓޭ ބުންޏެވެ.

"މި މުބާރާތުގައި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ހުންނާކަށް ނުޖެހޭނެ ބެންޗުގަ އެއް. ހުރިހާ ކުޅުންތެރިން ވެސް ފުލްކޮށް ކުޅެ ތަޖުރިބާ ހޯދާނެ،" ކާއްޓޭ ބުންޏެވެ.

ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅުވުމަށް ވެވޭނެ އެންމެ ބޮޑު އެހީއަކީ އެއް ފެންވަރެއްގެ ޓީމުތަކެއް އޮވެ، ކޮންމެ މެޗެއްވެސް ވާދަވެރިވުމެވެ. ބިދޭސީ ތިން ކުޅުންތެރިންނާ އެކު ވަރުގަދަ ޓީމެއް ބިނާ ކުރަން ބަލާއިރު، ގައުމީ ފެންވަރުގެ ތަފާތު މޮޅު އެއް ކުޅުންތެރިއެއް ހުއްޓަސް ވަރުގަދަ ޓީމެއް މި ފަހަރުގެ ވޮލީ ސީޒަނުން ފެންނާނެ އެވެ.

"މި ބަދަލާ އެކު ކުލަބުތަކަށް ވެސް ރަނގަޅު ފައިދާއެއް ކުރާނެ. މީގެ ކުރީގަ ވޮލީގެ އެންމެ ވަރުގަދަ ދެ ކުލަބުން މޮޅެތި ހުރިހާ ކުޅުންތެރިން ގެންދާނީ. އެކަމަކު، މިހާރު މި ގޮތަށް މިރޭވުމާ އެކު ގައުމީ ޓީމުގެ ވަރުގަދަ އެންމެ ކުޅުންތެރިއެއް ހުއްޓަސް ތަައްޓަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ތައްޔާރު ކުރެވޭނެ. އެހެންވީމަ މި ފަހަރު ލީގުގައި ވާދަކުރާ ހަ ޓީމު ވެސް ފެންނާނީ ވަރަށް ވަރުގަދަކޮށް ބެލެންސްކޮށް،" ގައުމީ ލެވަލްގެ ކޯޗިންގެ ތަޖުރިބާ ބޮޑު ކާއްޓޭ ބުންޏެވެ.

ބޭރު ގައުމަކަށް ގޮސް ގައުމީ ޓީމު ހަދާ ތަމްރީންތަކުން ކުޅުންތެރިންނަށް އަންނަ ކުރިއެރުމަށް ވުރެ ބޮޑު ކުރިއެރުމެއް މިފަހަރު ލީގުގެ މެޗުތަކުން ކުޅުންތެރިންނަށް އަންނާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ. އޭނާ ބުނީ ތަމްރީން ތަކުގައި ކުޅޭ މެޗުތަކުގެ ހާލަތާއި ޕްރެޝަރަށް ބަލާއިރު، އޭގެ ތިން މެޗާއި މިފަހަރު ލީގުގެ އެންމެ މެޗެއްގެ ޕްރެޝަރާ ވެސް ނުބައްދަލުވާނެ ކަމަށެވެ.

"މި ލެވެލްގެ ކުޅުންތެރިންނާ އެކު ކުޅެލަން ދިވެހި ކުޅުންތެރިންނަށް އާންމުކޮށް ލިބޭނީ ކޮންމެ ވެސް ބޭރު ގައުމަކަށް ޓްރެއިނިން ހަދަން ދިޔައީމަ. އެތަނުގައި އެ ލިބޭ ޕްރެކްޓިސް މެޗެއް. އެކަމަކު، އެއީ ޕްރެޝަރު މެޗެކޭ ނުބުނެވޭ. މިފަހަރު ގައުމީ ލީގު ބައްޓަންކޮށްފައި އޮތް ގޮތުން ޕްރެޝަރުގައި ހުރިހާ ކުޅުންތެރިންނަށްވެސް ކުޅެން ލިބޭނެ،" ކާއްޓޭ ބުންޏެވެ.

ވޮލީ ސީޒަނަށް މި އަންނަ ބަދަލުން ގައުމީ ޓީމަށް ކުރާނެ އަސަރު ވަރަށް ބޮޑަށް ފެންނާނެ އެވެ. މޮޅެތި ކުޅުންތެރިންނާއި ދެކޮޅަށް ކުޅެ އެ ކުޅުންތެރިން ޖަހާ ބޯޅަ ބްލޮކްކޮށް، ޑިފެންސްކޮށް، އެ ކުޅުންތެރިން ކައިރީގައި އެޓޭކް ކުރަން ލިބުމަކީ އޭގެ ފައިދާ ބައިނަލްއަގްވާމީ މުބާރާތަށް ދާއިރު ގައުމީ ޓީމަށް ޖުމްލަކޮށް ކުރާނެ އެވެ.

ސީޒަން މިފަހަރު 40 ވަރަކަށް ދުވަހަށް ދިގުވުމަކީ ވެސް ނުސީދާ ގޮތުން ރަނގަޅު އަސަރެއް ކުޅުންތެރިންނަށް ކުރާނެ ކަމެކެވެ. އެއީ ދިގު މުއްދަތަކަށް މުބާރާތްތަކުގެ ތެރޭގައި ވާދަވެރި މާހައުލެއްގައި އުޅޭއިރު، ގިނަ މެޗުތަކެއް ލިބި ގިނަ ޕްރެކްޓިސް ލިބުމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ގިނަ ކަންކަން ދަސްވެ ކުރިއަރާނެ ސަބަބެކެވެ.

ކާއްޓޭ ބުނީ މިގެނައި ބަދަލުގެ ސަބަބުން ކުރާނެ އަސަރުތައް ދެނެ ގަތުމަށް ޓެކްނިކަލް ޓީމުން އިވެލުއޭޝަންތަކެއް ވެސް ހަދާނެ ކަމަށެވެ. އަދި މި ބަދަލަކީ ޖުމްލަކޮށް ދިވެހި ވޮލީ ބަދަލުކޮށްލަން ލިބޭ ފުރުސަތެއްގެ ގޮތުގައި ކާއްޓޭ ގަބޫލުކުރެ އެވެ.

"މި ކަހަލަ ކަންކަމަށް ބަލާއިރު، އަޅުގަނޑުމެންގެ ޓެކްނިކަލް ހުރިހާ ފަރާތްތަކަށް ވެސް އެއްބަސްވެވެނީ މި ކަމުން ރަނގަޅު ފައިދާއެއް ކުރާނެ ކަމަށް. އަޅުގަނޑުމެންނަކަށް ނުބުނެވޭނެ މިއީ ގޯސް ގޮތެކޭ މިކަން ޓެސްޓް ނުކޮށެއް. އެހެންވީމަ މިކަން ކޮށްފައި އޭގެ ފަހުން މި ކަމުގެ ނަތީޖާ ބެލޭނީތާ،" ކާއްޓޭ ބުންޏެވެ.

މި އަހަރުގެ ވޮލީބޯޅަ ސީޒަން މި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ އޮތީ އެސޯސިއޭޝަން ކަޕްގެ ފިރިހެން ބައިގެ ޕްރިލިމިނަރީ ކޮލިފައިން އެވެ. މި މަހުގެ 20 ގައި ފަށާ ޕްރިލިމިނަރީ ބުރުގެ މި މެޗުތަކަށް ފަހު 10 ޓީމާ އެކު އަންހެން ޑިވިޝަންގެ އެސޯސިއޭޝަން ކަޕް ވެސް ފަށާނެ އެވެ. އޭގެ ފަހުން އަންނަ މަހުން ފެށިގެން ޖުލައި އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނީ ފިރިހެން ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox