ތިން ދުވަސް މަތިން ތިން ދަނޑު ކޮށާލައިފި، 80،000ރ.ގެ ގެއްލުން!

ދަރަނބޫދޫގެ ފަޅޯ ދަނޑެއް ކޮށާލާފައި: 80 ކިލޯއަށްވުރެ ގިނަ ފަޅޯ އޭގައި ހުންނާނެ ކަމަށް ބައެއް ދަނޑުވެރިން ބުނޭ--- ފޮޓޯ: ދަރަނބޫދޫ ދަނޑުވެރިއެއް

ދަރަނބޫދޫގެ ފަޅޯ ދަނޑެއް ކޮށާލާފައި: 80 ކިލޯއަށްވުރެ ގިނަ ފަޅޯ އޭގައި ހުންނާނެ ކަމަށް ބައެއް ދަނޑުވެރިން ބުނޭ--- ފޮޓޯ: ދަރަނބޫދޫ ދަނޑުވެރިއެއް

މިދިޔަ ދެތިން ދުވަހު ސޯޝަލް މީޑިއާ އާއި މީޑިއާގެ ސުރުހީތަކުގައި ދައުރުވަމުންދަނީ ފ. ދަރަނބޫދޫގެ ދަނޑުތަކަށް ގެއްލުންދީފާއިވާ ހަބަރުތަކެވެ.

ފުރަތަމަ ދަނޑު ކޮށާލިތާ ތިން ދުވަސްވެ އިތުރު ދެ ދަނޑެއް ކޮށާލާފައިވާއިރުވެސް އެ އަމަލު ހިންގަނީ ކޮން ބައެއްކަމެއް ނުހޯދެ އެވެ. ފުލުހުންނާއި ކައުންސިލުންވެސް ކުރަނީ މަސައްކަތެވެ. ނަމަވެސް މިހާތަނަށް އެކަން ކުރާ ބަޔަކު ހޯދިފަ އެއް ނުވެ އެވެ.

ދަރަނބޫދޫގައި އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ދަނޑުވެރިކަމުގައި އާންމުކޮށް ހައްދާ އުޅެނީ މިރުހާއި ފަޅޮލެވެ. އެތަކެތި ވިއްކަނީ އެކި ރިސޯޓުތަކަށެވެ.

Advertisement

ހަސަތޭކައެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި މީގެ ހަތަރު މަސް ކުރިން ހައްދަންފެށި ދަނޑުތަކުން ރޯދައަށް ކެނޑުމަށްފަހު މޭވާތައް ދޮންވި މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު މިދިޔަ ތިން ދުވަހު ބަޔަކު ކުރި ކަމަކުން އެތައް ދުވަހެއްގެ ބުރަ މަސައްކަތުގެ ފޮނި މޭވާ ގެއްލި ދިޔައީ އެވެ.

ފުރަތަމަ ދުވަހު ދެ ދަނޑުގައި ހައްދާފައި ހުރި ފަޅޯ ގަސްތައް ބުޑުން ކޮށާލާފައި ހުރިއިރު، ކަރާތަކާއި މެލަންތައް ހުރީ ކުދިކޮށް ކޮށާލާފަ އެވެ. ކިއުކަމްބާ ވެޔޮތައް ހުރީ ބިމާ ހަމައިން ބުރިކޮށްފަ އެވެ. އެ ދުވަހު ދަނޑުތަކަށް ވަނތްމީހުންގެ ފިޔަވަޅު ހުއްޓެވެ.

ދެވަނަ ދުވަހު އެ ރަށުގެ އެހެން ދަނޑުވެރިއެއްގެ ފަޅޯ ދަނޑެއް ވަނީ ކޮށާލާފަ އެވެ. ވިހި ގަސް ކަނޑާލާފައި ހުރިއިރު އެ ގަސްތަކު 80 ކިލޯއަށްވުރެގިނަ ފަޅޯ ހުރި ކަމަށް އެ ރަށުގެ ދަނޑުވެރިން ބުނެ އެވެ. އެދުވަހު ދަނޑުތަކުގައި ހުރީ ސައިކަލެއްގެ ފުރޮޅުގެ ނިޝާނެވެ.

އެކަން ކުރަމުން އަންނަތާ މިއަދަށް ތިން ދުވަސް ވެފައި ވާއިރު، މިއަދު ވަނީ ފުރަތަމަ ދުވަހު ކޮށާލި ދަނޑުގައި ހުރި އިތުރު ފަޅޯ ގަސްތަކެއް ކަނޑާލާފަ އެވެ. ކަނޑާ ނުލާ ގަހެއްނަމަ އެ ގަހުގައި އަޅާފައި ހުރި ފަޅޯތައް ބިނދެ ހުރި ގަސްކައިރިއަށް އުކާލައިފަ އެވެ.

"ފުރަތަމަ އެ ކޮށާލި ދަނޑުގަ ކޮށާލާފަ ހުރި އެއްޗިއްސަށް އަރާނެ 80،000ރ. އަށްވުރެ ގިނައިން. އެ އެންމެ ކުޑައިރުން ފެށިގެން މިދިޔަ އަށް މަހު އެ ހައްދާ ފެންދީ، ކާނާ އަޅާ ބެލެހެއްޓުމަށް. އަދިކޮބާ.. އޭގަ އަޅާފަ އެ އޮތް ފަޅޯ. ގަސްތައް ފުރިފަ ހަމަ. ގަހު މެދުން ފެށިގެން ކޮންމެ ގަހެއްގެ ކުރިއަށް ފަޅޯ އަޅާ ބަރުވެފަ ހުންނާނީ،" އެ ރަށު ދަނޑުވެރިޔަކު މި ނޫހާ ވަހަކަ ދައްކަމުން ބުންޏެވެ.

ދަރަނބޫދޫ ފަޅޯ ދަނޑެއްގެ ބައެއް ގަސްތައް ކޮށާލާފައި ހުރިއިރު ނުކަނޑާ ހުރި ގަސްތަކުގައި ހުރި ފަޅޯތައް ހުރީ ބިނދެފައި-- ފޮޓޯ: ދަނޑުވެރިން
ދަރަނބޫދޫ ފަޅޯ ދަނޑެއްގެ ބައެއް ގަސްތައް ކޮށާލާފައި ހުރިއިރު ނުކަނޑާ ހުރި ގަސްތަކުގައި ހުރި ފަޅޯތައް ހުރީ ބިނދެފައި-- ފޮޓޯ: ދަނޑުވެރިން

ދަރަނބޫދޫ ފަޅޯ ދަނޑެއްގެ ބައެއް ގަސްތައް ކޮށާލާފައި ހުރިއިރު ނުކަނޑާ ހުރި ގަސްތަކުގައި ހުރި ފަޅޯތައް ހުރީ ބިނދެފައި-- ފޮޓޯ: ދަނޑުވެރިން

އެ ރަށުން ވާހަކަ ދައްކާލި ބައެއް ދަނޑުވެރިން ބުނީ ފަޅޯ ދަނޑެއް ހެދި ގަހުން މޭވާ ލިބެން އަށް މަސް ދުވަސް ނަގާ ކަމަށެވެ. ރަށުގައި ކާންބޯން ކުރާ މަސައްކަތަކީ މިއީ ކަމަށް ވާއިރު، ދަނޑުވެރިން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ.

އެތައް މަހެއް ހޭދަކޮށް އެތައް ދުވަހަކުން ދާ އަޮހޮރުވައިގެން ކުރާ ބުރަ މަސައްކަތުން ހައްދާ ދަނޑުތައް ސުންނާފަތި ކުރަމުންދާތީ އެ ރަށު ދަނޑުވެރިން ތިބީ މާޔޫސްވެ ހަދާނެ ގޮތް ހުސްވެފަ އެވެ.

"ކެމެރާއެއް ލާފަ މިއީ ކާކު ކުރާ ކަމެއްކަން ކެމެރާއިން ފެނުނަސް އެ ސާބިތެއް ނުވޭ ގާނޫނުގަ އޮންނަ ގޮތުން. އެހެންވީމަ އެކަން ކުރިޔަސް ނެތް މިކަމަށް ހައްލެއް. ދަނޑުވެރިކަން ކުރާ މީހުންނަށްވެސް މިއީ ބޮޑު ބިރެއް. ވަރަށް މާޔޫސްވެފަ މި ތިބީ، ދެން ކޮށާލާނީ އަޅުގަނޑުގެ ދަނޑު ކަމަށްވެސް ވެދާނެ،" ދަނޑުވެރިޔަކު ބުންޏެވެ.

އެ ރަށުގެ ދަނޑުތަކަށް ގެއްލުންދޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް މައްސަލަ ބެލުމަށް އެ ރަށަށް ފުލުހުންވެސް ވަނީ ގޮސްފަ އެވެ.

މިއީ މަދުން ނަމަވެސް، ރާއްޖޭގައި ދަނޑުވެރިކަން ކުރާ ރަށްރަށުގައި ކުރަމުން އަންނަ ނޭދެވޭ އަމަލެކެވެ. އެގޮތުން ކަރާ ވެޔޮތައް ކޮށާލުމާއި ޗިޗަންޑާ އާއި ފާގަ ފަދަ ތަރުކާރީ ގިނަ އަދަދަކަށް އަޅާފައިވަނިކޮށް ތަކެއްޗާ އެކު، ވެޔޮ ކޮށާލައި ބޮޑެތި ފަޅޯދަނޑުތައްވެސް ކޮށާ ބިމާހަމަކޮށްފައި ވެސް ބައެއް ރަށްރަށުގައި އެބަ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox