އިންތިހާބުތަކާ ދިމާކޮށް ދަރަނބޫދޫ ދަނޑުތައް ބިމާހަމަކުރަނީ

ދަރަނބޫދޫގެ ދަނޑުތަކަށް ގެއްލުންދީފައި: މިއީ މި ރަށުގައި މިހާރު އާންމުން އަންނަ ކަމެއް ކަމަށް އެ ރަށު މީހުން ބުނޭ--- ފޮޓޯ: ދަރަނބޫދޫ ދަނޑުވެރިއެއް

ދަރަނބޫދޫގެ ދަނޑުތަކަށް ގެއްލުންދީފައި: މިއީ މި ރަށުގައި މިހާރު އާންމުން އަންނަ ކަމެއް ކަމަށް އެ ރަށު މީހުން ބުނޭ--- ފޮޓޯ: ދަރަނބޫދޫ ދަނޑުވެރިއެއް

ހަސަތޭކައެއްހާ މީހުން އުޅޭ ފ. ދަރަނބޫދޫގައި މީގެ ހަތަރު މަސް ކުރިން ހައްދަންފެށި ދަނޑުތަކުން ރޯދައަށް ކެނޑުމަށްފަހު މޭވާތައް ދޮންވި މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު އިއްޔެ ބަޔަކު ކުރި ކަމަކުން އެތައް ދުވަހެއްގެ ބުރަ މަސައްކަތުގެ ފޮނި މޭވާ ގެއްލި ދިޔައީ އެވެ. އެ ދަނޑުގައި ހުރި ބައެއް ގަސްތައް ވަޅިން ކޮށާފައި ހުރި އިރު ކަރަލާއި މެލަންތައް ހުރީ ކުދިކޮށް ކޮށައި ދަނޑުތަކަށް އަޅައިލައިފަ އެވެ. ކިއުކަމްބާ ވެޔޮތައް ހުރީ ބިމާ ހަމައިން ބުރިކޮށްފަ އެވެ.

މި އަހަރު މާޗް މަހުން ފެށިގެން މޭވާ ލިބެމުން އަންނަ އެ ދަނޑުތަކުން މަހެއްގެ މައްޗަށް އެތައް ހާސް ރުފިޔާއެއް ލިބޭއިރު، ކޮށައިލި ތަކެތި ސަލާމަތުން ލިބުނު ނަމަ 5000ރ. ގެ އަދަދެއްގެ އާމްދަނީ ލިބުނީސް ކަމަށް ދަނޑުވެރިޔަކު ބުންޏެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް ފ. ދަރަނބޫދޫގެ ދަނޑުތައް ކޮށާ މައްސަލަ ބޮޑުވެއްޖެ އެވެ.

Advertisement

ދަރަނބޫދުއަކީ ސިޔާސީ ގޮތުން މާ ހަރަކާތްތެރި ބަޔަކު އުޅޭ ރަށަކަށް ނުވިޔަސް މިހާރު ސިޔާސީ ހަމަނުޖެހުންތައް މިހާރު އޮތީ އާންމު ދިރިއުޅުމަށްވެސް ދަތިވާ ވަރަކަށެވެ. ރައްޔިތުން ކާންބޯން ކުރާ މަސައްކަތަށްވެސް ހުރަސް އަޅަނީ އެވެ. ސިޔާސީ ހިޔާލުތަފާތުވުންތަކުން ގޮސް މީހުންގެ ތަކެއްޗަށް ގެއްލުންދޭ ހިސާބަށް ދިޔައީ އެވެ. އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނިގޮތުގައި ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް އެ ރަށުގެ ދަނޑުތަކަށާއި އާންމުންގެ ތަކެއްޗަށް ގެއްލުން ދިނުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.

"ބޮޑަށް އެކަހަލަ ކަންކަން ހިނގާފަ ހުރީ ކޮންމެވެސް ވޯޓަކާ ގުޅިގެން. އަޅުގަނޑުމެންނަށް ވަރަށް ދަތި ކުރީ ކޮންމެ ވޯޓެއްގަވެސް،" ދަރަނބޫދޫން ވާހަކަ ދެއްކި ދަނޑުވެރިއަކު ބުންޏެވެ.

ދަރަނބޫދޫ ދަނޑެއްްގެ ކިޔުކަމްބާ ދަނޑެއް ކޮށާލާފައި-- ފޮޓޯ: ދަނޑުވެރިއެއް
ދަރަނބޫދޫ ދަނޑެއްްގެ ކިޔުކަމްބާ ދަނޑެއް ކޮށާލާފައި-- ފޮޓޯ: ދަނޑުވެރިއެއް

ދަރަނބޫދޫ ދަނޑެއްްގެ ކިޔުކަމްބާ ދަނޑެއް ކޮށާލާފައި-- ފޮޓޯ: ދަނޑުވެރިއެއް

އެ ރަށުގެ ބައެއް ދަނޑުވަރިންނަށް މިއަދު ހެނދުނު ފެނުނު ހިތްދަތި މަންޒަރަކީ ވެސް އެފަދަ ކަމެކެވެ. އެންމެ ދަނޑެއް ދެ ދަނޑެއް ނޫނެވެ. ހައްދާފައި ހުރި ހުރިހާ މޭވާ އާއި ތަރުކާރީ ދަނޑުތަކެއް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފަ އެވެ.

ކަރާ ދަނޑުތަކާއި މެލަން ދަނޑުތަކާށއި ފަޅޯ ދަނޑުތަކުގައިވާ މޭވާތަކާ އެކު ވެޔޮތައް ވެސް ހުރީ ކޮށައި ކުދިކޮށްފަ އެވެ.

މީގެ 18 އަހަރު ކުރިންފެށިގެން ދަނޑުވެރިކަން ކުރަމުން އަންނަ އެ ރަށުގެ ދަނޑުވެރިޔަކު "އަދަދު" އަށް ބުނީ އެކަހަކަލަ ގެއްލުންތައް ދެނީ ހާއްސަކޮށް އިންތިހާބުތަކާ ދިމާކޮށް ކަމަށާއި އެކަމަކުޔ އެއީ ކޮން ބަޔަކު ކުރާ ކަމެއްކަން އަދި ނޭނގޭ ކަމަށެވެ.

ދަރަނބޫދޫ ކަރާ ދަނޑެއްްގައި އަޅާފައިވާ ކަރާތައް ކޮށާލާފައި -- ފޮޓޯ: ދަނޑުވެރިއެއް
ދަރަނބޫދޫ ކަރާ ދަނޑެއްްގައި އަޅާފައިވާ ކަރާތައް ކޮށާލާފައި -- ފޮޓޯ: ދަނޑުވެރިއެއް

ދަރަނބޫދޫ ކަރާ ދަނޑެއްްގައި އަޅާފައިވާ ކަރާތައް ކޮށާލާފައި -- ފޮޓޯ: ދަނޑުވެރިއެއް

ދަރަނބޫދޫގައި އާންމު ވެފައި ވަނީ ދަނޑުތައް ކޮށާލާ މައްސަލަ އެކަންޏެއް ނޫނެވެ. އާންމުންގެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ދިނުންވެސް އިންތިހާ އެވެ.

"ކުރީ ދުވަހަކު ގެ އެއްގެ ކެޔޮފީންޏެއްވެސް އަލިފާން ރޯކޮށް އަންދާފައިފި. އޭގަ ގާތްގަނޑަކަށް އަށް ވަރަކށް ގަނޑު ކެޔޮ އޮތް. ބޮޑަށް ހީވަނީ ސިޔާސީ ކަމެއްހެން އެއީވެސް،" އެ ރަށުން ވާހަކަ ދައްކާލި މީހަކު ބުންޏެވެ.

ދަރަނބޫދޫ ފަޅޯ ދަނޑެއްް ކޮށާލާފައި-- ފޮޓޯ: ދަނޑުވެރިއެއް
ދަރަނބޫދޫ ފަޅޯ ދަނޑެއްް ކޮށާލާފައި-- ފޮޓޯ: ދަނޑުވެރިއެއް

ދަރަނބޫދޫ ފަޅޯ ދަނޑެއްް ކޮށާލާފައި-- ފޮޓޯ: ދަނޑުވެރިއެއް

އެ ރަށުގެ އެހެން މީހަކު ބުނީ ރަށުގައި ހިތްހަމަ ޖައްސާލުމަށް ގޮސް އިށީނދެ ތިބުމަށް ހަދާފައިވާ އުނދޯލި، ޖޯލިފަދަ ތަކެތި ކޮށާލުމާއި އެ ތަކެތި އެކި ތަންތަނަށް އެއްލާލުންފަދް ކަންކަން ކުރާ ކަމަށެވެ.

"މި ރަށުގަ މިހާރު އާންމު ކަމެއް އެއީ. ދޭތެރެ ދޭތެރެއިން މިހާރު އެކަލަހަ ކަންކަން އެބަ ހިނގާ. ކޮން ބަޔަކު ކިހިނެތް ވެގެން ކުރާ ކަމެއް ކަމެއްވެސް ނޭނގޭ، އެ މައްސަލަ ފުލުހަށްވެސް ވާނީ ހުށަހަޅާފައި،" ކައުންސިލްގެ މެންބަރު ޖުވޭރިޔާ މުހައްމަދު ވިދާޅުވި އެވެ.

ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ދަރަބޫދޫ ގެ ދެ ދަނޑަކަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށައި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއީ މަދުން ނަމަވެސް، ރާއްޖޭގައި ދަނޑުވެރިކަން ކުރާ ރަށްރަށުގައި ކުރަމުން އަންނަ ނޭދެވޭ އަމަލެކެވެ. އެގޮތުން ކަރާ ވެޔޮތައް ކޮށާލުމާއި ޗިޗަންޑާ އާއި ފާގަ ފަދަ ތަރުކާރީ ގިނަ އަދަދަކަށް އަޅާފައިވަނިކޮށް ތަކެއްޗާ އެކު، ވެޔޮ ކޮށާލައި ބޮޑެތި ފަޅޯދަނޑުތައްވެސް ކޮށާ ބިމާހަމަކޮށްފައި ވެސް ބައެއް ރަށްރަށުގައި އެބަ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox