ހުލާސާކޮށް އިއްޔެ: އޮޕަރޭޓިން ލައިސެންސް ހަމަވެފައި އޮތް އާވީ ރިސޯޓު 156 މިލިއަނަށް ވިއްކާލުން

ދ. ދޫރެސްގައި ހިންގާ އާވީ ނޭޗާސް ޕެރެޑައިސް: މި ރިސޯޓަކީ ދ. އަތޮޅުގައި ދަތުރުފަތުރުގެ ހިދުމަތްދޭން ކްރޮސް-ސަބްސިޑީއަށް ދޫކުރި ރަށެއް. -- ފޮޓޯ: ޓްރެވަލަ ބައި ޔުނީކް

ދ. ދޫރެސްގައި ހިންގާ އާވީ ނޭޗާސް ޕެރެޑައިސް: މި ރިސޯޓަކީ ދ. އަތޮޅުގައި ދަތުރުފަތުރުގެ ހިދުމަތްދޭން ކްރޮސް-ސަބްސިޑީއަށް ދޫކުރި ރަށެއް. -- ފޮޓޯ: ޓްރެވަލަ ބައި ޔުނީކް

ބޭންކް އޮފް ސިލޯނުން ނެގި ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ދ. އަތޮޅު ދޫރެހުގައި ހިންގަމުންދާ "އާވީ ނޭޗާސް ޕެރެޑައިސް" ރިސޯޓު 10.1 މިލިއަން ޑޮލަރު (156 މިލިއަން ރުފިޔާ) އަށް ވިއްކާލައިފިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދޫރެހަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މ.، ފ. އަދި ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދޭން ވާމިލިއަން އިންޓަނޭޝަނަލް ކުންފުންޏަށް ކްރޮސް-ސަބްސިޑީއަށް ދިން ރަށެކެވެ. ރިސޯޓު ރަހުނުކުރި ލޯނަކީ 33 ވިލާ ހުންނަ މި ރަށް ތަރައްގީކުރަން ނެގި ލޯނެކެވެ.

އެއީ ވާމިލިއަން އިންޓަނޭޝަނަލް އާއި ރިސޯޓު ހިންގަމުން އައި ދޫރެސް ރިޓްރީޓާއި، މި ދެ ކުންފުނީގެ މައި ހިއްސާދާރު ކަމުގައިވާ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ޝާހީންގެ ނަންމަތީގައި ނަގާފައިވާ ލޯނެކެވެ.

މި ލޯނާ ގުޅޭ މައްސަލަ ނިންމި ގޮތުގެ ގަޒިއްޔާ ސިވިލް ކޯޓުގެ ވެބްސައިޓުން ފެންނަން ނެތުމުން، އެއީ ކިހާ އަދަދެއްގެ ލޯނެއް ކަމާއި، ލޯނުގެ ބާކީ ނުދައްކާ އޮތީ ކިހާވަރެއް ކަމެއް ނޭނގެ އެވެ.

ފެންނަން ހުރި ކޯޓު ލިޔެކިޔުންތަކުން އިނގޭ ގޮތުގައި، މިދިޔަ އަހަރު ފެބްރުއަރީ 1 އިން ފެށިގެން މި ރިސޯޓު ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް ސިލޯނަށް ވަނީ ދީފަ އެވެ. އެކަމަކު އެ މުއްދަތު ހަމަވީއިރުވެސް އެ ރަށް ވިއްކާ ނުލެވޭތީ، ސިވިލް ކޯޓުން އިތުރު އަހަރު ދުވަހުގެ މުއްދަތެއް ދިނީ މިދިޔަ މާޗު 31 ގަ އެވެ.

ބޭންކުން ދޫރެސް ވިއްކާލަން ޖެހި ރިޒާވް އަގަކީ، ހަތް މިލިއަން ޑޮލަރެވެ.

މި ރިސޯޓު ވިއްކާލީ އެންމެ މަތިން ބިޑު ހުށަހެޅި ޔަޝް އެގްޒޯޓިކް އައިލެންޑް ކިޔާ ކުންފުންޏަކަށެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުނީގެ ހިއްސާދާރުންނަކީ ޑުބާއީގެ ޕީއެންވީ އިންޓަނޭޝަނަލް ޖެނެރަލް ޓްރޭޑިން އަދި ގްރީން ފޯކަސް މާކެޓިން އެވެ.

ޔަޝް އެގްޒޯޓިކުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނަންތަކުގެ ތެރޭގައި "ޔަޝް ނޭޗާ ރިސޯޓް" ހިމެނެ އެވެ. އެހެންވެ ބެލެވެނީ އެ ކުންފުނިން ދޫރެހުގައި ރިސޯޓު ހިންގާނީ މި ނަމުގައި ކަމަށެވެ.

ވިއްކާލިއިރު އޮޕަރޭޓިން ލައިސެެެންސް ނެތް، ދައްކަން ޖެހޭ ޓެކްސް ފައިސާ

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި "އާވީ ނޭޗާސް ޕެރެޑައިސް" ވިއްކާލިއިރު އެ ރިސޯޓު އޮޕަރޭޓުކުރަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު ހަމަވެއްޖެ އެވެ. އެ ހުއްދައިގެ މުއްދަތު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ރިސޯޓުގެ ހުއްދަ އާނުކޮށްދިނީ ދައުލަތަށް ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ނުދައްކާ އޮތުމާ ގުޅިގެންނެވެ. މިގޮތުން ދޫރެސް ރިޓްރީޓުން ތަކުރާރުކޮށް އެދުމުން ވެސް ޓޫރިޒަމް މިނިސްޓްރީން އޮޕަރޭޓިން ލައިސެެންސެއް ވެސް ވަގުތީ ހުއްދައެއް ވެސް ނުދިނެވެ.

މި ރަށާ ގުޅިގެެެން ރައްޔިތުންގެ މަޖިލިހުގެ އިގުތިސޯދީ ކޮމިޓީއަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާ ހަވާލާދީ، ކޮމިޓީއާ ހިއްސާކޮށްފައިވާ ގޮތުގައި އޭގެ ތެރޭގައި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ހިމެނެ އެވެ.

އެކަމަކު ނުދައްކާ ވަނީ ކިހާ ވަރެއް ކަމެއް ސާފެއް ނުވި އެވެ. މީރާއިން ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކުރި މައުލޫމާތު ތެރެއިން މިނިސްޓްރީން ކޮމިޓީއަށް ފޮނުވި މައުލޫމާތުގައި ފައިސާގެ އަދަދެއް ނެތެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ އަންހެން ކެޑޭޓް ސިންގަލްސް ކެޓަގަރީގެ ފައިނަލުގައި އިންޑިއާގެ ޖެނިފާ އަތުން 3-2 ސެޓުން ބަލިވެ ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދީ އިއްޔެ އެވެ.
  • ފްލެޓު ލިބިފައިވާ ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރީ އިއްޔެ އެވެ.
  • ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާގެ މައްޗަށް ގަސްދު މަރުގެ ކުށް ސާބިތުކޮށްފައިވަނީ ރަނގަޅަށް ކަމާއި އެ ކުށް ކުރުމުގެ ގަސްދު އޭނާގެ އޮތް ކަމަށް ދައުލަތް ތަމްސީލް ކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ޕީޖީ ގްރޫޕާއި އެ ޕާޓީގެ ސަރުކާރާ ދުރުވެ ހިޔާލު ތަފާތުވުންތައް އުފެދުނު ސަބަބާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ:

ހަގީގަތުގައި ސަރުކާރާއި ޕާޓީ އާއި މަޖިލީހާއި ދުރުވުމުގެ މައިގަނޑު އެއް ސަބަބު ކަމަށް އަޅުގަނޑު ދެކުނީ މީގެ ކުރީގައި ހުންނެވި ޕީޖީ ލީޑަރު ބްރިޖު ކުރަން ވާ ތަނުގައި ނަފްރަތު އުފެއްދެވީމަ،

ދުވަހުގެ ފޮޓޯ

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ އަންހެން ކެޑޭޓް ސިންގަލްސްގެ ސެމީ ފައިނަލުން މޮޅުވުމަށް ފަހު ރާއްޖޭގެ ދީމާ އޭނާގެ ބައްޕައާ އެކު. ފަނަރަ އަހަރުން ދަށަށް ހާއްސަ ކެޑޭޓް ކެޓަަގަރީގެ ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދީމާ ބަލިވީ ތިން ސެޓު ދެ ސެޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ އަންހެން ކެޑޭޓް ސިންގަލްސްގެ ސެމީ ފައިނަލުން މޮޅުވުމަށް ފަހު ރާއްޖޭގެ ދީމާ އޭނާގެ ބައްޕައާ އެކު. ފަނަރަ އަހަރުން ދަށަށް ހާއްސަ ކެޑޭޓް ކެޓަަގަރީގެ ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދީމާ ބަލިވީ ތިން ސެޓު ދެ ސެޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ އަންހެން ކެޑޭޓް ސިންގަލްސްގެ ސެމީ ފައިނަލުން މޮޅުވުމަށް ފަހު ރާއްޖޭގެ ދީމާ އޭނާގެ ބައްޕައާ އެކު. ފަނަރަ އަހަރުން ދަށަށް ހާއްސަ ކެޑޭޓް ކެޓަަގަރީގެ ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދީމާ ބަލިވީ ތިން ސެޓު ދެ ސެޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ސްޓަޑީ އޮން ޑޮމެސްޓިކް ޓޫރިޒަމް އިން ދަ މޯލްޑިވްސް"

މިއީ ދިވެހި ރައްޔިތުން ރާއްޖޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ދަތުރުކުރާ މިންވަރު ދެނެގަތުމަށް 2016 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ދިރާސާއެކެވެ. މިއީ ރާއްޖޭގައި މި މައުލޫމާތުތައް ހޯދުމަށް ކުރި ފުރަތަމަ ދިރާސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox