ހުލާސާކޮށް އިއްޔެ: އުސޫލާ ހިލާފަށް 25 މިލިއަން ރުފިޔާގެ މަޝްރޫއު ސިފްކޯއާ ހަވާލުކުރި މައްސަލައެއް

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯ ފްލެޓުތައް. އެ ކުންފުންޏަށް އުސޫލާ ހިލާފަށް މަޝްރޫއުތަކެއް ހަވާލުކުރިކަން އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދުހ

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯ ފްލެޓުތައް. އެ ކުންފުންޏަށް އުސޫލާ ހިލާފަށް މަޝްރޫއުތަކެއް ހަވާލުކުރިކަން އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދުހ

ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް އެމްއެންޑީއެފްގެ މަޝްރޫއުތަކެއް މާލީ އަދި ފަންނީ ގާބިލުކަން ނުބަލައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކާ)އާ ހަވާލުކުރި މައްސަލައެއް އޮޑިޓު އޮފީހުން ފާހަގަކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

އެމްއެންޑީއެފްގެ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހިދުމަތް ނުވަތަ ތަކެތި ހޯދާއިރު، ޕްރޮކިޔުމަންޓްގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ، އެ މަސައްކަތެއް ހަވާލުކުރާ ފަރާތުގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރަންޖެހޭނެ ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، 2020 ވަނަ އަހަރުގެ ތެރޭގައި ނިންމަން އެމްއެންޑީއެފްއިން ސިފްކޯއާ ހަވާލުކުރި ބައެއް މަސައްކަތްތަކަށް އެޑްވާންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައިވާއިރު، މި މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ.

އެގޮތުން، 2020ގައި ނިންމާ ގޮތަށް ސިފްކޯއާ ހަވާލުކުރި ޖުމްލަ 25 މިލިއަން ރުފިޔާގެ ތަފާތު ތިން މަޝްރޫއުއެއް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އުސޫލާ ހިލާފަށް ސިފްކޯއާ ހަވާލުކުރި މަސައްކަތްތައް

  • އެމްއެންޑީއެފްގެ ނުވަ ބުރީގެ އިމާރާތަށް ފަރްނީޗަރު ސަޕްލައި ކުރުން - 1.59 މިލިއަން
  • ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު (ފޭސް 1)ގެ މަސައްކަތް - 16.49 މިލިއަން
  • އެމްއެންޑީއެފްގެ ހުޅުލެ ޕޯސްޓް ރީލޮކޭޓް ކުރުމުގެ މަސައްކަތް - 6.9 މިލިއަން

މީގެ ތެރެއިން އެމްއެންޑީއެފްގެ އިމާރާތަށް ފަރުނީޗަރު ސަޕްލައި ކުރުމުގެ މަސައްކަތުގެ އަގު އެކީގައި އެޑްވާންސްކޮށް ދީފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މިގޮތަށް މަސައްކަތްތައް ލަސްވެފައިވަނީ މަސައްކަތްތައް ހަވާލު ކުރުމުގައި، ހަވާލު ކުރާ ކުންފުނީގެ އޮޕަރޭޝަނަލް ކެޕޭސިޓީ ރަނގަޅަށް ބަލާފައިނުވާތީ ކަމަށް ބެލެވެ އެވެ،" އޮޑިޓު އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ދައުލަތުގެ ބަޖެޓުން ކުރާ ހޭދައަކީ މަސައްކަތްތައް ނިންމާ މިންވަރަކުން ހެދޭ "ޕްރޮގެރެސިވް ޕޭމަންޓް" ތަކަކަށް ނުހެދޭނަމަ، މަސައްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރުން ދޭ އަހަމިއްޔަތުކަން ކުޑަވެ، މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމަށް މަގުފަހިވާނެކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެފަދަ މަސައްކަތް ހަވާލުކުރާ ފަރާތަކީ އެ މަސައްކަތް ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ފަރާތެއްތޯ ބެލުމަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.

އަދި، މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު ހަމަވުމުގެ ކުރިން ލިޔެކިޔުމުން އެކަން ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ނުކުރޭ

އެމްއެންޑީއެފްގެ 2020ގެ އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދަން، ޖުމްލަ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ލިޔުމުން ހަނދާކޮށްދޭންޖެހޭނޭ ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި، އިތުރުކުރެވުނު މުއްދަތުގައިވެސް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަވާނެ ކަމަށް އެ ގަވައިދުން ލާޒިމުކުރާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

ނަމަވެސް، އެމްއެންޑީއެފުން މާލިއްޔަތު ގަވައިދާ އެއް ގޮތަށް އެ އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދަން އަމަލުކޮށްފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެގޮތުން، 2019ވަނަ އަހަރުގެ ނިޔަލަށް އެމްއެންޑީއެފަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި 4.52 މިލިއަން ރުފިޔާ މާލީ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އެ ފައިސާ ހޯދަން މާލިއްޔަތު ގަވައިދުގައި ބުނާ ފިޔަވަޅުތައް އަޅާފައިނުވާ ކަމަށް އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައަކީ އޭގެ ކުރީ އަހަރުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ މައްސަލައަކަށްވާއިރު، މާލިއްޔަތު ގަވައިދާ އެއް ގޮތަށް އެ ފައިސާ އަނބުރާ ހޯދަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓު އޮފީހުން ވަނީ އަންގައިފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކުރެވޭ ގޮތަށް އެކުލަވާލާފައިވާ ޖަމިއްޔާތަކުގެ އާ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ އިއްޔެ އެވެ.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ނުވަތަ ރައުސުލްމާލު ދައުލަތުގެ ބަޖެޓުން ދިނުމުގައި ހަރުދަނާ އުސޫލެއް ނެތް ކަމަށާއި، ފާއިތުވި ދެ އަހަރު ދައުލަތުން އެކަމަށް ކުރި ހޭދައިގެ ހިސާބުތައް ދިމާނުވާ ކަމަށް ރިޕޯޓުކުރީ އިއްޔެ އެވެ.
  • މާލޭގައި މިދިޔަ ހޯމަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުން ދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މާލޭގެ ގެތަކުގެ ފުރާޅުތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ:

މާލޭގެ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ގޭގޭ ފުރާޅުތައް ރެންޓަށް (ކުއްޔަށް) ހިފާނީ. އެއަށްފަހު ފުރާޅުތަކުގައި އަވިން ކަރަންޓު އުފައްދަން ސޯލާ ޕެނަލްތައް ޖަހައިގެން، ދޭ ރެންޓަކީ އެ ގެޔެއްގެ ބިލުން ޑިސްކައުންޓް ކުރެވޭ އެއްޗަކަށް ހަދަން،

ދުވަހުގެ ފޮޓޯ

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގައި ރާއްޖެ އަދި ޕާކިސްތާނު ބައްދަލުކުރި މެޗުގައި ރާއްޖޭގެ ދީމާ ހަމަލާއެއް ފޮނުވާލަނީ. ޕާކިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ރާއްޖެއިން ކާމިޔާބުކުރި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގައި ރާއްޖެ އަދި ޕާކިސްތާނު ބައްދަލުކުރި މެޗުގައި ރާއްޖޭގެ ދީމާ ހަމަލާއެއް ފޮނުވާލަނީ. ޕާކިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ރާއްޖެއިން ކާމިޔާބުކުރި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގައި ރާއްޖެ އަދި ޕާކިސްތާނު ބައްދަލުކުރި މެޗުގައި ރާއްޖޭގެ ދީމާ ހަމަލާއެއް ފޮނުވާލަނީ. ޕާކިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ރާއްޖެއިން ކާމިޔާބުކުރި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޕްރޮކިއުމަންޓް ޕްރޮސީޖާސް އެންޑް ގައިޑްލައިންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް"

މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިދުމަތް ހޯދުމަށާއި ތަކެތި ގަތުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި ގޮތްތައް ބަޔާންކޮށް ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިނެކެވެ. ބިޑަށް ހުޅުވާލުމާއި، ބިޑު ހުށަހެޅުމާއި، ބިޑު އެވޯޑު ކުރުމާއި، ކޮންޓްރެކްޓު ތައްޔާރުކުރުމާއި، ކޮންޓްރެކްޓް އެވޯޑުކުރުމުގެ އިތުރުން އެހެނިހެން މުހިންމު ބައިތައް ވެސް މި ގައިޑްލައިންގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox