އިޒްރޭލް ސިފައިން ފަލަސްތީނު މީހެއްގެ ގެ ބިމާ ހަމަ ކުރުމުން ހަމަނުޖެހުން

އިޒްރޭލް ސިފައިން ބިމާ ހަމަ ކުރީ އުމަރް ޖަރާދަތް ނަމަކަށް ކިޔާ މީހެއްގެ ގެ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލް ސިފައިން ބިމާ ހަމަ ކުރީ އުމަރް ޖަރާދަތް ނަމަކަށް ކިޔާ މީހެއްގެ ގެ. -- ފޮޓޯ: އޭއެފްޕީ

ސިރާތުލް ހާރިސިއްޔާ، ފަލަސްތީން (މޭ 7) - މިދިޔަ އަހަރު ޔަހޫދީއަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނު މީހެއްގެ ގެ، އިޒްރޭލް ސިފައިން ބިމާ ހަމަކޮށްލުމުން ހަމަނުޖެހުން އުފެދިއްޖެ އެވެ.

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގެ ޖެނިން އަވަށް ކައިރީގައި އޮންނަ ސިރާތުލް ހާރިސިއްޔާ ސަރަހައްދުގައި ހުންނަ އުމަރް ޖަރާދަތުގެ ގެ ބިމާ ހަމަކޮށްލީ ގޮވާ ތަކެތި ހަރުކޮށްގެންނެވެ.

އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރިއަށް ގެންދިޔަ ވަގުތު ފަލަސްތީން މީހުން ފުލުހުންނަށް ހަމަލާ ދިން ކަމަށާއި ގަލާއި އަލިފާން ބޮން އުކި ކަމަށެވެ. ރައްދުގައި އިޒްރޭލް ސިފައިން ބަޑި ޖެހި އެވެ.

އޭއެފްޕީއިން ބުނީ ހަމަނުޖެހުމުގައި ފަލަސްތީނުގެ ދެ މީހުންނަށް އަނިޔާވި ކަމަށެވެ. މި ހަމަނުޖެހުން ހިނގާފައި މި ވަނީ އިޒްރޭލާއި ހުޅަނގު އައްސޭރީގެ މަޝްރަހު ހޫނުވެފައި ވަނިކޮށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ތެލް އަވީވްގައި ފަލަސްތީނުގެ ބަޔަކު ކޯރާޑިއަކުން ހަމަލާދީ އިޒްރޭލުގެ ތިން މީހުން މަރާލި އެވެ. ހަމަލާގެ ތުހުމަތުވާ ފަލަސްތީނު ދެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފާއިތުވި މަހު އިޒްރޭލް ފުލުހުންނާއި ފަލަސްތީނުގެ އާއްމުންނާ ދެމެދު ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައި ވެސް ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެ އެވެ.

ޖަރާދަތް އާއި އޭނާގެ އާއިލާގެ ދެ މެމްބަރުންނަށް އިޒްރޭލުން ތުހުމަތު ކުރަނީ އުމުރުން 25 އަހަރުގެ ޔަހޫދީ ދަރިވަރު ޔެހޫދާ ޑިމެންޓްމަން އަށް ޑިސެމްބަރު 25، 2021 ގައި ހަމަލާދީ މަރާލި ކަމަށެވެ.

މީގެ ކުރިން ވެސް އިޒްރޭލުން ވަނީ ސިލާތުލް ހާރިސިއްޔާގައި ހުންނަ ޖަރާދަތު އާއިލާގެ އިތުރު ތިން ގެ ބިމާ ހަމަކޮށްފަ އެވެ. ފެބްރުއަރީ އަދި މާޗް މަހު އެކަން ހިންގުމުން ވެސް ހަމަނުޖެހުން ހިނގި އެވެ. އޭރުގެ ހަމަނުޖެހުންތަކުގައި ސިފައިން ބަޑި ޖެހުމުން ފަލަސްތީނުގެ ކުއްޖަކު މަރުވި އެވެ.

ޔަހޫދީންނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނު މީހުންގެ ގެތައް ބިމާ ހަމަ ކުރުމަކީ އިޒްރޭލުން ގަވާއިދުން ކުރާ ކަމެކެވެ. އެއީ ހައްގުތަކާ ހިލާފު އަމަލެއް ކަމަށް ބުނެ އިޒްރޭލަށް ބޮޑެތި ފާޑުކިޔުން އަމާޒުވެ އެވެ. ނަމަވެސް އިޒްރޭލުން ބުނަނީ އެއީ ހަމަލާތައް ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox