މާރާމާރީތަކާ ގުޅިގެން ގެޔެއް ބަލާފާސްކުރަނިކޮށް ފުލުހަކަށް ހަމަލާދީފި

އެސްއޯ ފުލުހުންތަކެއް މާލޭ މަގުމަތީގައި ފޯރިމަރަނީ: މި ހާދިސާގައި އަނިޔާވި ފުލުސް މީހާއާ ގުޅޭ މައުލޫމާތެއް ވެސް ފުލުހުން ހިއްސާނުކުރޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެސްއޯ ފުލުހުންތަކެއް މާލޭ މަގުމަތީގައި ފޯރިމަރަނީ: މި ހާދިސާގައި އަނިޔާވި ފުލުސް މީހާއާ ގުޅޭ މައުލޫމާތެއް ވެސް ފުލުހުން ހިއްސާނުކުރޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިފަހުން މާލޭގައި ހިނގި ގޭންގު މާރާމާރީތަކާ ގުޅިގެން ފުލުހުން ގެޔެއް ބަލާފާސްކުރަމުން ދަނިކޮށް އެ ގޭތެރެއިން ފުލުހަކަށް ހަމަލާދިން މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހަކަށް ހަމަލާ ދިނީ ހުޅުމާލޭ ގެޔެއް ބަލާފާސްކުރަމުން ދަނިކޮށެވެ. ބައެއް މަސްދަރުތަކުން އެއީ ހުޅުމާލޭ ހިޔާ ފްލެޓެއްގެ ތެރޭގައި ހިނގި ކަމެއް ކަމަށް ބުނި ނަމަވެސް ފުލުހުން މީޑިއާ އޮފިޝަލް އެކަން ޔަގީންކޮށްނުދެ އެވެ.

މި ހާދިސާއާ ގުޅިގެން އޭނާ ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމުގެ އިތުރުން މިވަގުތަށް އެހެން މައުލޫމާތެއް ދެވެން ނެތް ކަމަށެވެ. އެ ފުލުހަށް ހަމަލާދިނީ ކޯރާޑިއަކުން ކަމުގެ އަޑުފެތުރެމުންދާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން ވެސް ދެއްވީ ހަމަ މި ޖަވާބެވެ.

ސިލްސިލާ މާރާމާރީތަކެއް ފެށުނީ، މާލޭގައި މިފަހުގެ އަހަރުތަކުގައި އެފަދަ މާރަމާރީތައް ހިނގުން މުޅީންހެން ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ. އީދު ދުވަހާއި އެއާ ގުޅިގެން ފަހުން ހިނގި މާރާމާރީތަކާއެކު ފުލުހުން ދަނީ މިހާރު ޕެޓްރޯލްކުރުން އިތުރުކޮށް، މަގުމަތީ ޗެކްޕޮއިންޓްތަކާއި ރެންޑަމް ބަލާފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.

ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ވެސް މި މާރާމާރީތަކާ ގުޅޭ ބަޔަކު ފުލުހުން ވަނީ ހުޅުމާލެ 37 ނަމްބަރު ފްލެޓުން ބަޔަކު ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ. މިހާތަނަށް ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މައްސަލަތަކުގައި ހަތް މީހަކު ވަނީ ބަންދުކޮށްފަ އެވެ.

އޭގެ ތެރެއިން މިހާތަަނަށް ވަނަވަރު ހާމަކުރީ އެކެއްގެ އެވެ. އެއީ އުމުރުން 18 އަހަރުގެ ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާން އެވެ. ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ އަމުރުން އެނގޭ ގޮތުގައި މީނާއަކީ ވަޅިން ހަމަލާދިން މީހާ އިން ސައިކަލު ދުއްވާފައި ދިޔަ މީހާ އެވެ. އޭނާއާ އެކު ހައްޔަރުކުރި ކުޑަކުއްޖެއްގެ ބަންދަށް ޖުވެނައިލް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

މާރާމާރީ ހިންގަން އުޅުނުކަމަށް ޝައްކުކުރެވޭ އިތުރު ހަތަރު މީހަކު ވެސް ކްރިމިނަލް ކޯޓުން ވަނީ ބަންދުކުރަން އަމުރުކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހަކު ބަންދުކުރީ 15 ދުވަހަށެވެ. އަނެއް ދެ މީހުން ބަންދުކުރީ 10 ދުވަހަށެވެ. މި އެންމެންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެ އެވެ.

މި މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކުރި ނަމަވެސް ފުލުހުން ދަނީ މާރާމާރީތަކާ ގުޅޭ އިތުރު މީހުން ހޯދަމުންނެވެ. އޭގެ ތެރެއިން ހަތް މީހަކު ހޯދަން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

މިހާތަނަށް ކޯޓުން ބަންދުކުރަން އަމުރުކުރި މީހުންގެ ތެރޭގައި މި މީހުން ނުހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox