ހުލާސާކޮށް އިއްޔެ: ފައްޔާޒަށް ތާއީދުކުރުމުން ނަޝީދުގެ ނުރުހުން ޝައުނާއަށް

މިނިސްޓަރު ޝައުނާ, ރައީސް ސޯލިހު އަދި ރައީސް ނަޝީދާއެކު: ޝައުނާއަށް ނަޝީދު ވަނީ ފާޑުވިދާޅުވެފައި

މިނިސްޓަރު ޝައުނާ, ރައީސް ސޯލިހު އަދި ރައީސް ނަޝީދާއެކު: ޝައުނާއަށް ނަޝީދު ވަނީ ފާޑުވިދާޅުވެފައި

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރައްވާކަން އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ހާމަ ކުރެއްވުމުން, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރެއްވީ އިއްޔެ އެވެ.

ފައްޔާޒުގެ ކެމްޕެއިން ޓީމުން އިއްޔެ އާންމުކުރި ވީޑިއޯއެއްގައި ޝައުނާ ވަނީ އެމްޑީޕީން ރައްޔިތުންނަށްވީ ވައުދުތަކާއި ރައްޔިތުންނަށް ފަހިކޮށްދިން ކަންކަން ހިއްސާކުރައްވާފަ އެވެ.

އަދި, ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ގިނަ ކަންކަން ކުރަން އެބަ ހުރި ކަމާއި, އެކަންކަން ކުރުމަށް ޗެއާޕާސަން ކަމަށް ފައްޔާޒު އިންތިހާބު ކުރުން މުހިންމު ކަމަށް ޝައުނާ ވިދާޅުވި އެވެ.

ވީޑިއޯ ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭ ނަޝީދު ޓްވީޓް ކުރައްވައި, އެދިވަޑައިގެންނެވީ މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށެވެ.

"އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެ," ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ޝައުނާއަކީ މީގެކުރިން ނަޝީދާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޝައުނާއަށް މިނިސްޓަރުކަން މިދިޔަ އަހަރު ލިބުނު ދުވަހު ވެސް ނަޝީދު ވަނީ އޭނާއަށް ހާއްސަ މަރުހަބާއެއް ވިދާޅުވެފަ އެވެ.

ޝައުނާއަކީ އިމްތިޔާޒުގެ ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅުއްވާ އީވާ އަބްދުاللهގެ ވެސް ގާތް ބޭފުޅެކެވެ. މީގެކުރިން އެ ދެ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ވަނީ ފައްޔާޒުގެ ފަޅި އިހްތިޔާރު ކުރައްވާފަ އެވެ.

ސަރުކާރުގެ ގިނަ މިނިސްޓަރުންގެ ތާއިދު އޮތީ ފައްޔާޒަށެވެ. އެގޮތުން, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެ, ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ފައްޔާޒަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު, ފައްޔާޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވަ އެވެ. އޭގެ އިތުރުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ތާއީދު ވެސް އޮތީ ފައްޔާޒަށެވެ.

ފައްޔާޒަށް ތާއިދުކުރައްވާކަން މިނިސްޓަރު ނަސީމް ހާމަކުރެއްވި ދުވަހު, ނަޝީދު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމް ކުރި ނާރާކަން ފާހަގަކުރައްވައި އެކަމުގައި ސަރުކާރަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ.

އެމްޑީޕީގެ ކުރިމަގަށް މުހިންމު އިންތިހާބެއް

ފައްޔާޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއިދު އޮތްއިރު, އިމްތިޔާޒުގެ ކެމްޕެއިން ކުރިއަށް ގެންދަވަނީ ރައީސް ނަޝީދުގެ ތާއިދާއި އެހީތެރިކަމާއެކު އެވެ.

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވެސް އެމްޑީޕީގެ ތެރޭ އޮތީ ހިޔާލު ތަފާތުވުމެވެ. އެގޮތުން, ނަޝީދު ބޭނުން ވަނީ ރިޔާސީ އިންތިހާބު ނުބާއްވައި, ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާށެވެ. އެގޮތަށް ނުވެއްޖެނަމަ, ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ ގޮތް ހެދުމަށް ވެސް ނަޝީދު ބޭނުންވެ އެވެ.

ރިޔާސީ އިންތިހާބު ބާއްވާނަމަ, އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިނުވީ ނަމަވެސް, އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކަމަށް ކެމްޕެއިން ކުރައްވަމުންނެވެ.

އެގޮތުން, ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވެފައިވަނީ ޗެއާޕާސަންގެ އިންތިހާބަށް ނުކުންނަވާ ކުރައްވާ މަސައްކަތަކީ ވެސް ރައީސަށް ދެވަނަ ދައުރެއް ޔަގީން ކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. މި އަހަރަށް އެމްޑީޕީގެ ކޮންގްރެސް ތާވަލުކޮށްފައިވާއިރު, ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހެޅުމާމެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގަ އެވެ.

ދެވަނަ 'އުކުޅަސް ކޮންގްރެސް'ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އަލަށް އިންތިހާބު ކުރާ ޗެއާޕާސަނަށެވެ. އެމްޑީޕީގެ މި އިންތިހާބު މިހާ ވާދަވެރި, ބޭނުންތެރިވެފައިވަނީ ވެސް މި ސަބަބަށްޓަކަ އެވެ. އިންތިހާބު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ފަސްހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ރާއްޖޭގެ ސްކޫލުތަކުގައި މި އަހަރުގެ ޖީސީއީ އޯލެެވެލް އިމްތިހާނުތައް ފެށީ އިއްޔެ އެވެ.
  • ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، މުސާރަތައް ބޮޑުކުރުމުގެ ފަންނީ މަޝްވަރާތަައް ނެޝަނަލް ޕޭ ކޮމިޝަނުން ނިންމާލާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައި ފުރަތަމަ ފަހަރަށް ޓްވީޓު ކުރެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި ޖަމިއްޔާ ޖަމާއަތްތަކުގެ ބޮޑު ދައުރެއް އޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހާމަކުރައްވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް "އަދަދު" އަށް ވިދާޅުވީ:

"އެންޖީއޯ އިން ފާޑުވެސް ކިޔާނެ. އެހެން ނަމަވެސް މައިގަނޑު ކަމަކަށް ވާން ވީ ސަރުކާރަށް އެޑްވައިސް ކުރުން. އެންޖީއޯތަކުން ކުރާ ދިރާސާތައް ސަރުކާރާއި ހިއްސާކޮށް އޭގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ޕޮލިސީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހެނީ،"

ދުވަހުގެ ފޮޓޯ

ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓުތައް ކައިރީގައި ތަކެތި ވިއްކަން ގާއިމުކޮށްފައިވާ ސްޓޯލެއް. ހުއްދަ ނުހޯދައި މި ސަރަހައްދުގައި ވިޔަފާރިކުރާތީ އެޗްޑީސިން ވަނީ އިންޒާރު ދީފައި. ނަމަވެސް، އަދިވެސް މިފަދަ ސްޓޯލުތައް އަންނަނީ ހިންގަމުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓުތައް ކައިރީގައި ތަކެތި ވިއްކަން ގާއިމުކޮށްފައިވާ ސްޓޯލެއް. ހުއްދަ ނުހޯދައި މި ސަރަހައްދުގައި ވިޔަފާރިކުރާތީ އެޗްޑީސިން ވަނީ އިންޒާރު ދީފައި. ނަމަވެސް، އަދިވެސް މިފަދަ ސްޓޯލުތައް އަންނަނީ ހިންގަމުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓުތައް ކައިރީގައި ތަކެތި ވިއްކަން ގާއިމުކޮށްފައިވާ ސްޓޯލެއް. ހުއްދަ ނުހޯދައި މި ސަރަހައްދުގައި ވިޔަފާރިކުރާތީ އެޗްޑީސިން ވަނީ އިންޒާރު ދީފައި. ނަމަވެސް، އަދިވެސް މިފަދަ ސްޓޯލުތައް އަންނަނީ ހިންގަމުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox