ޝައުނާ، ފައްޔާޒަށް ތާއިދުކުރެއްވުމުން ނަޝީދު ނުރުހިއްޖެ

މިނިސްޓަރު ޝައުނާ, ރައީސް ސޯލިހު އަދި ނަޝީދާއެކު: ޝައުނާއަށް ނަޝީދު ވަނީ ފާޑުވިދާޅުވެފައި

މިނިސްޓަރު ޝައުނާ, ރައީސް ސޯލިހު އަދި ނަޝީދާއެކު: ޝައުނާއަށް ނަޝީދު ވަނީ ފާޑުވިދާޅުވެފައި

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރައްވާކަން އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ހާމަ ކުރެއްވުމުން, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުންވެއްޖެ އެވެ.

ފައްޔާޒުގެ ކެމްޕެއިން ޓީމުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ޝައުނާ ވަނީ އެމްޑީޕީން ރައްޔިތުންނަށްވީ ވައުދުތަކާއި ރައްޔިތުންނަށް ފަހިކޮށްދިން ކަންކަން ހިއްސާކުރައްވާފަ އެވެ. އަދި, ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ގިނަ ކަންކަން ކުރަން އެބަ ހުރި ކަމާއި, އެކަންކަން ކުރުމަށް ޗެއާޕާސަން ކަމަށް ފައްޔާޒު އިންތިހާބު ކުރުން މުހިންމު ކަމަށް ޝައުނާ ވިދާޅުވި އެވެ.

Advertisement

ވީޑިއޯ ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭ ނަޝީދު ޓްވީޓް ކުރައްވައި, އެދިވަޑައިގެންނެވީ މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށެވެ.

"އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެ," ނަޝީދު ވިދާޅުވި އެވެ.

ޝައުނާއަކީ މީގެކުރިން ނަޝީދާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޝައުނާއަށް މިނިސްޓަރުކަން މިދިޔަ އަހަރު ލިބުނު ދުވަހު ވެސް ނަޝީދު ވަނީ އޭނާއަށް ހާއްސަ މަރުހަބާއެއް ވިދާޅުވެފަ އެވެ. ޝައުނާއަކީ އިމްތިޔާޒުގެ ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅުއްވާ އީވާ އަބްދުاللهގެ ވެސް ގާތް ބޭފުޅެކެވެ. މީގެކުރިން އެ ދެ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ވަނީ ފައްޔާޒުގެ ފަޅި އިހްތިޔާރު ކުރައްވާފަ އެވެ.

ސަރުކާރުގެ ގިނަ މިނިސްޓަރުންގެ ތާއިދު އޮތީ ފައްޔާޒަށެވެ. އެގޮތުން, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެ, ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ފައްޔާޒަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު, ފައްޔާޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވަ އެވެ.

ފައްޔާޒަށް ތާއިދުކުރައްވާކަން މިނިސްޓަރު ނަސީމް ހާމަކުރެއްވި ދުވަހު, ނަޝީދު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމް ކުރި ނާރާކަން ފާހަގަކުރައްވައި އެކަމުގައި ސަރުކާރަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ.

ފައްޔާޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއިދު އޮތްއިރު, އިމްތިޔާޒުގެ ކެމްޕެއިން ކުރިއަށް ގެންދަވަނީ ރައީސް ނަޝީދުގެ ތާއިދާއި އެހީތެރިކަމާއެކު އެވެ.

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވެސް އެމްޑީޕީގެ ތެރޭ އޮތީ ހިޔާލު ތަފާތުވުމެވެ. އެގޮތުން, ނަޝީދު ބޭނުން ވަނީ ރިޔާސީ އިންތިހާބު ނުބާއްވައި, ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާށެވެ. އެގޮތަށް ނުވެއްޖެނަމަ, ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ ގޮތް ހެދުމަށް ވެސް ނަޝީދު ބޭނުންވެ އެވެ.

ރިޔާސީ އިންތިހާބު ބާއްވާނަމަ, އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިނުވީ ނަމަވެސް, އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކަމަށް ކެމްޕެއިން ކުރައްވަމުންނެވެ.

އެގޮތުން, ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވެފައިވަނީ ޗެއާޕާސަންގެ އިންތިހާބަށް ނުކުންނަވާ ކުރައްވާ މަސައްކަތަކީ ވެސް ރައީސަށް ދެވަނަ ދައުރެއް ޔަގީން ކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. މި އަހަރަށް އެމްޑީޕީގެ ކޮންގްރެސް ތާވަލުކޮށްފައިވާއިރު, ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހެޅުމާމެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގަ އެވެ.

ދެވަނަ 'އުކުޅަސް ކޮންގްރެސް'ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އަލަށް އިންތިހާބު ކުރާ ޗެއާޕާސަނަށެވެ. އެމްޑީޕީގެ މި އިންތިހާބު މިހާ ވާދަވެރި, ބޭނުންތެރިވެފައިވަނީ ވެސް މި ސަބަބަށްޓަކަ އެވެ. އިންތިހާބު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox