ހުޅުމާލެ ވެޓެރަންސް ކުލަބުން އެފްއޭއެމް ވެޓެރަންސް ލީގު ޗެމްޕިއަންކަން ހޯދައިފި

Apr 30, 2022, 3:04 PM
ޗެމްޕިއަންކަން ހޯދި ހުޅުމާލެ ވެޓެރަންސް ކްލަބްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޗެމްޕިއަންކަން ހޯދި ހުޅުމާލެ ވެޓެރަންސް ކްލަބްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފައިނަލުގައި މިއަދު ހަވީރު މޯލްޑިވްސް ސޮކަ މޭޓްސް 1-0 އިން ބަލިކޮށް، ހުޅުމާލެ ވެޓްރަންސް ކުލަބުން މެޗަކުން ބަލިނުވެ އެފްއޭއެމް ވެޓްރަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ވެޓްރަންސް ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހުޅުމާލެ ވެޓްރަންސް ހޯދީ މޮޅަށް ކުޅެގެންނެވެ. . ފައިނަލާ ހަމައަށް އެ ޓީމު ލީގު ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކުރި އެވެ. ދެ މެޗުން ވީ އެއްވަރެވެ.

ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ހުޅުމާލެ ވެޓެރަންސް އާއި ސޮކަ މޭޓްްސް ބައްދަލުކުރި ފައިނަލް މެޗު ފެށީވެސް ވަރަށް ފޯރިގަދަ ކޮށެވެ. މިގޮތުން ފުރަތަމަ ހާފުގައި ގިނަ ފައުލްތަކެއް ފެނިގެންދިޔައިރު، ގިނަ ކާޑުތަކެއް ވެސް ފެނުނެވެ. މިހާފުގައި ގޯލް ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ހުޅުމާލެ ވެޓެރަންސް އަށެވެ.

ފައިނަލް މެޗު ފެށުމުގެ ކުރިން ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު (ކ) ހުޅުމާލެ ވެޓެރަންސް ކުޅުންތެރިންނާ ސަލާމްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެ ގޮތުން މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އަރިމަތިން ކުޅުނު މުހައްމަދު ޒިޔާދަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެދުތެރެއަށް ފުރަތަމަ ހާފުގައި ކުޅުނު އިސްމާއިލް މުހައްމަދު (އިއްސެ) ދިން ޕާހަކުން ޒިޔާދު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ އެވެ. އޭގެ ފަހުން ހަމަ އެ ހިސާބުން އަބްދުﷲ ސުޖާއު (ސުޖާ) އަށް ދިން ބޯޅައިގެ ބޭނުމެއްވެސް ސުޖާއު އަށް ނުކުރެވުނެވެ.

މުހިންމު ފޯވާޑް އަލީ ޝަމީމް (ކޮޔަރު އައްޔަ) އަނިޔާގައި ހުރުމުން ފައިނަލް މެޗަށް އެ ޓީމާއި ގުޅުނު ފޯވާޑް އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓެ) އަށް ވެސް މި ހާފުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އަހުމަދު ނާޒް (އާކޭ) ދިން ޕާހަކުން މަޖިއްޓެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ސޮކަ މޭޓްސް އަށް ގޯލެއް ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އަހުމަދު މަމްދޫހު (ފެނާންޑޯ) އަށެވެ. އަރިމައްޗަށް ކުޅުނު އަލީ ނާސިފް ނަގައިދިން ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ކޮންޓްރޯލް ކުރުމަށްފަހު ފެނާންޑޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ކީޕަރު މުހައްމަދު ޝިނާން (ނާނި) އާ ދިމާލަށެވެ.

މި ހާފު ނިމުމުގެ ކުރިން ސުޖާއު އަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. މި ފަހަރު ފޮނުވާލި ބޯލަ ކީބަރު ހުސައިން ހަބީބު (ހަބީ) ދިފާއުކުރި އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެ ވަނަ ހާފުގައި ދެ ޓީމުގެ ކުޅުންތެރިން ވެސް ފެނުނީ ވަރުބަލިކޮށެވެ. މި ހާފުގައި އުފެއްދި ހަމަލާތަކުގެ އަދަދު ވެސް މަދެވެ. ފުރަތަމަ ހާފެކޭ އެއް ގޮތަށް މިހާފުގައި ވެސް ރަނގަޅު ފުރުސަތުތައް ހޯދީ ހުޅުމާލެ ވެޓްރަންސް އިންނެވެ.

ސޮކަ މޭޓްސްގެ އައްލޯ (ވ) ހުޅުމާލެ ޓީމުގެ ޝާހިދު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެ ގޮތުން ފޯވާޑަށް ކުޅުނު މަޖިއްޓެ އާއި ސުޖާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭގެ ފަހުން އެ ޓީމަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ މުހައްމަދު ޖަމީލް (ޖަމްބެ) ފޮނުވާލުމުން ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

މެޗުން މޮޅުވި ގޯލު ހުޅުމާލެ އަށް މެޗުގެ 48 ވަނަ މިނެޓުގަ ޖަހައިދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިއްސޭ އެވެ. އަހުމަދު ޝާހިދު ނަގައިދިން ހުރަހުން ސުޖާއު ބޮލުން ޖައްސާލި ބޯޅަ އިިއްސޭ ގޯލަށް ވައްދާލީ ގޯލު ރޮނގުމަތީގައި ހުރެފަ އެވެ. މި ގޯލަށް ފަހު ސޮކަ މޭޓްސް އިން ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް ގޯލެއް ޖެހޭ ވަރުގެ ހުސް ފުރުސަތެއް ތަނަވަސް ނުކުރެވުނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ހުޅުމާލެ ވެޓްރަންސް ކުލަބުގެ ކެޕްޓަން އިއްސޭ އެވެ. އޭނާ މުބާރާތުގައި އަށް ގޯލު ޖެހި އެވެ.

އެންމެ މޮޅު ގޯލު ކީޕަރަކަށް ހުޅުމާލެ ޓީމްގެ ކީޕަރު ނާނީ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ ކޯޗު އަހުމަދު ނިޔާޒު (ނިޔާ) އެވެ. ނިޔާ ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓް ކުޅުންތެރިއެއްގެ ގޮތުގައި ހުރެ، ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. ނާނީ އަކީ އެންމެ ފަހުން 2019 ވަނަ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި މުބާރާތް ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ އިއްސޭ (ވ) އަށް އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ޓްރޮފީ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ލީގު ބުރުން ތިންވަނަ ހޯދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. ދަ ގްރާންޑޭ އިން ފުރަތަމަ ފަހަރަށް ވެޓެރަންސް މުބާރާތެއްގައި ކުޅުނުއިރު، އެ ޓީމުގައި ތިބީ މާފުށްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ދަ ގްރާންޑޭ އިން ރަށުގައި ތިބެފައި އަންނަނީ ސީދާ މެޗަށެވެ.

މި މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މެދުކެނޑުމަކަށްފަހު އަލުން މި މުބާރާތް ބާއްވުމުގައި ޕާޓްނަރުގެ ގޮތުގައި ބައިވެރިވި ހުރިހާ ފަަރާތްތަކަށްވަނީ ހަނދާނީ ފިލައެއް ދީފަ އެވެ. އެފްއޭއެމުން މި ފަހަރުގެ މުބާރާތް ކްލަބް އިވެންޓްސްއާ ގުޅިގެން ކުރިއަށްގެދިޔައިރު، މުބާރާތުގެ އެހެން ޕާޓްނަރުން ވެސް ހިމެނެ އެވެ. އެ ގޮތުން އެހެން ޕާޓްނަރުންގެ ގޮތުގައި ތިބީ ދިރާގު، އެއްކާފް، ސްޕޯޓްސް އަދި އަދަދު ނޫހެވެ.

ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ. އަރިހުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox