ވެޓެރަންސް ލީގުގެ ބޮޑު ފުރުސަތާ އެކު ޒުވާން ދެ ރެފްރީ، އަލްޔަން އާއި އަފްލަހު ތާރީހުގެ ތެރެއަށް

އަލްޔަން އާއި އަފްލަހު: ވެޓެރަންސް ލީގުން ބޮޑު ފުރުސަތެއް ލިބުނު ޒުވާން ދެ ރެފްރީން.

އަލްޔަން އާއި އަފްލަހު: ވެޓެރަންސް ލީގުން ބޮޑު ފުރުސަތެއް ލިބުނު ޒުވާން ދެ ރެފްރީން.

މީގެ 12 ވަރަކަށް އަހަރު ކުރިން އެފްއޭއެމުން އެންމެ ފުރަތަމަ ފަށައި، ފަހުން އެކި ފަރާތްތަކާ ގުޅިގެން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ ވެޓެރަންސް މުބާރާތަކީ އާންމު ގޮތެއްގައި ކުރީގެ މަޝްހޫރު ކުޅުންތެރިން ކުޅެލައި، ގުޅުން ބަދަހިކޮށްލަން ފުރުސަތު ފަހިވެފައި އޮންނަ މުބާރާތެކެވެ.

އެކަމަކު، ދާދިފަހުން މި އަހަރުގެ ވެޓެރަންސް މުބާރާތް، އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ވަނީ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖޫނިއާ ދެ ރެފްރީން ދެ މެޗުގައި މެޗު އޮފިޝަލްކަން ކޮށްފަ އެވެ. މިއީ ކުޅިވަރުގެ މުސްތަގުބަލަށް ބަލާއިރު، ފައިދާކުރާނެ ކަމެކެވެ.

އުމުރުން 14 އަހަރުގެ އަހުމަދު އަލްޔަން އަނީލް އާއި އުމުރުން 12 އަހަރުގެ އަލީ އަފްލަހު އަނީލް ވަނީ ހޯމަ ދުވަހު ހުޅުމާލެ ވެޓެރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ކުޅުނު މެޗާއި ބުދަ ދުވަހު، މޯލްޑިވްސް ސޮކަ މޭޓްސް އާއި ކްލަބް އީގަލްސް ވެޓެރަންސް ކުޅުނު މެޗުގައި ރޮނގު ބަަލަހައްޓައިފަ އެވެ. މިއީ މި ލެވަލްގެ ރަސްމީ މުބާރާތެއްގެ މެޗެއްގައި ޖޫނިއާ ރެފްރީން އޮފިޝަލްކަން ކުރި ފުރަތަމަ ފަހަރެވެ.

ވެޓެރަންސް މުބާރާތުގެ މެޗެއްގެ ތެރެއިން އަފްލަހު ރޮނގު ބަލަހައްޓަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެޓެރަންސް މުބާރާތް ކަަހަލަ ދުވަސްވީ ކުޅުންތެރިންނަށް ކުޅެލަން ލިބޭ މުބާރާތުން ޒުވާން ރެފްރީންނަށް މުހިންމު ފުރުސަތެއް ފަހިވީ އެވެ.

އަލްޔަން އާއި އަފްލަހު އަކީ ރާއްޖޭގެ ރެފްރީ އިންސްޓްރަކްޓަރު، މުހައްމަދު އަނީލްގެ ދަރިންނެވެ. މިއީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ރެފްރީކަން ކުރުމުގެ ޝައުގުވެރިކަން އުފެދިގެން އަލްޔަން އާއި އަފްލަހު، ރެފްރީސް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީސް (ރެފްރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް)އާ އެކު ފެށި ދަތުރެކެވެ.

އަލްޔަން އާއި އަފްލަހުގެ ބައްޕަ އަނީލް "އަދަދު" އަށް ބުނީ އެ ދެ ކުދިންގެ އިންޓަރެސްޓް މި ކަމަށް ހުންނާތީވެ، ޓްރެއިނިން އަށް ގެންގޮސް އެއްޗެހި ބުނެދޭ ކަމަށެވެ. އަދި ވެޓެރަންސް މުބާރާތުން މި ލިބުނު ފުރުސަތާ އެކު ކުރިއަށް ދިއުމުގެ އުންމީދު އާ ވާނެ ކަމަށެވެ.

"މި ފަދަ ފުރުސަތުތައް ލިބުން މުހިންމު ކަމަށް އަސްލު ދެކެނީ،" އަނީލް ބުންޏެވެ.

މި ރެފްރީން އަންނަނީ ޖޫނިއާ އެކި މުބާރާތްތަކުގައި ރެފްރީކަން ކުރަން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަމުންނެވެ. އެ ގޮތުން މީގެ ކުރިން ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި ކްލަބްތަކުގެ ޖޫނިއާ ޓީމު ކުޅެފައިވާ މެޗުތަކުގައި ވެސް ރެފްރީކަން ކޮށްފައިވެ އެވެ.

އަލްޔަން އާއި އަފްލަހު ތައުލީމު ހާސީލްކުރަމުން އަންނަނީ ތާޖުއްދީން ސްކޫލްގެ ގްރޭޑް 7 އާއި 9 ގަ އެވެ.

އިއްޔެ ސޮކަ މޭޓްސް އާއި ކްލަބް އީގަލްސް ވެޓެރަންސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރެފްރީން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ރެފްރީސް އެސޯސިއޭޝަންގެ ފައުންޑަރު އަދި ރެފްރީ، އިސްމާއިލް އިޒްހާން ބުނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން އެންމެ ފުރަތަމަ ޖޫނިއާ ރެފްރީން ޑިވެލޮޕްކުރުމުގެ މަސައްކަތް ފެށިއިރު، 70 އަށް ވުރެ ގިނަ ކުދިން ތިބި ކަމަށެވެ.

މި ވަގުތު ވެސް ރެފްރީކަން އުނގެނެމުން އަންނަ ޖޫނިއާ 40 ރެފްރީން ތިބިކަން ފާހަގަކޮށް، އިޒްހާން ބުނީ މިއީ މުސްތަގުބަލަށް ކުރެވޭ މަސައްކަތަކަށް ވާތީ ވީ އެންމެ ރަނގަޅަށް މިކަން ކުރުމުގެ ވިސްނުމުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެެވެ.

ރެފްރީން ތަމްރީނު ކުރުމުގެ މަސައްކަތުގައި އިޒްހާންގެ އިތުރުން ދެން އިސްކޮށް ބައިވެރިވަނީ އަނީލްގެ އިތުރުން ތަޖުރިބާކާރު ރެފްރީ އަހުމަދު އަމީޒް އެވެ.

ވެޓެރަންސް މުބާރާތުގައި، އަލްޔަން އާއި އަފްލަހު ލައިންސްމަނަކަށް ހުރި ދެ މެޗުގައި މެޗު ރެފްރީ އަކީ އަމީޒް އެވެ. އަދި ބަދަލު ރެފްރީ އަކަށް ހުރީ އިޒްހާން އެވެ. އެއް ހާފު އަމީޒް ރެފްރީކަން ކުރުމަށް ފަހު އަނެއް ހާފުގައި ރެފްރީގެ ޒިންމާއާ ހަވާލުވަނީ އިޒުހާން އެވެ.

އިއްޔެގެ މެޗުގެ ތެރެއިން އަލްޔަން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސީނިއާ ލެވަލްގެ މެޗެއްގައި ފުރަތަމަ ފަަހަރަށް އިންސާފުކުރަން ނުކުމެ، މިހާތަނަށް ފެނުނު ދެ މެޗުގައި އަލްޔަްން އާއި އަފްލަހުގެ ފަރާތުން ފެނުނީ އުންމީދީ މަސައްކަތެކެވެ. ރަސްމީ މެޗެއްގެ ޕްރެޝަރުގައި ވެސް ލައިން ބެލެހެއްޓުމުގައި ރަނގަޅު ނިންމުންތައް ނިންމި އެެވެ. ރެފްރީކަން އުނގެނުމަށް ކުރަމުން އައި މަސައްކަތުގައި މި ލިބުނު ތަޖުރިބާ އިން އިތުރުވީ މުހިންމު ބައެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ނަން މަޝްހޫރު ލެޖެންޑުންގެ ކުރިމަތީގައި މަސައްކަތް ކޮށްލަން ފުރުސަތު ލިބުމުން ހުރީ އުފަލުންނެވެ.

އެ ފުރުސަތުގެ ބޭނުންހިފައި ކުރިއަށް އޮތްތަނުގައި ވެސް މި ގޮތަށް ލިބޭ ޗާންސްތަކުގައި މަސައްކަތްކޮށް ރަނގަޅަށް ކުރިއަށް ދިއުމަށް އަލްޔަން އާއި އަފްލަހުގެ އިތުރުން ދެން ތިބި، ޖޫނިއާ ރެފްރީން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.

ރެފްރީސް އެސޯސިއޭޝަނުގެ އެދުމަކީ ރެފްރީކަން ކުރުމުގެ ޝައުގުވެެރިކަން ހުރި ކުދިން އެ ދާއިރާ އިން ކުރިއަށްދިއުމަށް އެ ޖަމިއްޔާއާ ގުޅިގެން ކުރިއަށް ދިއުމެވެ.

އެފްއޭއެމާ ގުޅިގެން ވެޓެރަންސް މުބާރާތް އިންތިޒާމްކުރުމުގެ ޒިންމާއާ ހަވާލުވެހުރި، ކްލަބް އިވެންޓްސް އިން ބުނީ މި މުބާރާތުގެ ތެރެއިން މި ފަދަ ފުރުސަތެއް ފަހިވެގެންދިއުމަކީ ކުޅިވަރުގެ މުސްތަގުބަލަށް ވެސް މީގެ ސަބަބުން ފައިދާކުރާނެ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި، މި ގޮތަށް ބޭއްވޭ އެހެން މުބާރާތްތަކުން ވެސް ދެވުނު ވަރަކުން މި ފަދަ ފުރުސަތުތައް ފަހިކޮށްދިނުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox