ރަށު ނޯޓު: މ. ވޭވަށް

ރަށު ނޯޓު: މ. ވޭވަށް

ވާރޭފެން ރައްކާކުރާނޭ ތާނގީތައް ލިބުމުގެ ކުރިން ގިނަ ރަށްރަށުގައި ބޯން ބޭނުންކުރަނީ މިސްކިތު ވަޅުން ގެންދާ ފެނެވެ. ކޮންމެ ގެއެއްގައި ވަޅެއް ހުއްޓަސް ބުއިމަށް ކަމުދަނީ މިސްކިތު ވަޅުން ގެންދާ ފެނެވެ. ކޮންމެވެސް ސަބަބަކާހެދި، މިސްކިތާ އެންމެ ކައިރީގައި ހުންނަ ގޭގެ ވަޅުގެ ފެނުގައިވެސް މިސްކިތު ވަޅުގެ ފެނުގައި ލާ ރަހައެއް ނުލަ އެވެ. އެއް ރަށެއްގެ އެއް ފެން ފަށަލަ އެވެ. ރަހަ ތަފާތުވާން މި ދިމާވަނީ ކޮން ސަބަބެއްކަން އެއީ ނޭނގި އޮތް ކަމެކެވެ. ވޭވަށު އާސާރީ ހުކުރު މިސްކިތުގައި ހުންނަ ބޯފެން ވަޅަކީ ފެން މީރު ވަޅެއް ކަމަށް މަޝްހޫރު ވަޅެކެވެ.

ގާތްގަނޑަކަށް 450 އަހަރު ވެފައިވާކަމަށް ބުނެވޭ މި ހުކުރު މިސްކިތަކީ 'ޖޯޖޯބެ އާއި އޭނާގެ ފަސް ދަރިން މާލެ ގޮސް ރަދުންނަށް ދަންނަވައިގެން ގެނައި މިސްކިތެއް' ކަމަށް އިސްލާމިކް މިނިސްޓްރީގެ އާސާރީ މިސްކިތްތަކުގެ މައުލޫމާތު ޝީޓުގައި ލިޔެފައި ވެ އެވެ. މި ޖޯޖޯބެ އަކީ ކާކުކަން އެނގޭނޭ ތަފްސީލެއް ލިބޭކަށް ނެތެވެ. މި މިސްކިތުގައި ދެ ފެންވަޅު ހުރެ އެވެ. އެއްވަޅު ހާއްސަ ކުރެވިފައިވަނީ ވުޟޫ ކުރުމަށެވެ. އަނެއް ވަޅަކީ ރަށު ރައްޔިތުން ބޯފެން ގެންދާ ވަޅެވެ. ސުނާމީ ކާރިސާގައި ވޭވަށުގެ ހުރިހައި ވަޅެއްގެ ފެން ލޮނުވިއިރު ހުކުރުމިސްކިތު ބޯފެންވަޅު ފެނުގެ ކުލައަކަށް ރަހައަކަށް ބަދަލެއް ނާދެ އެވެ. ވަޅަށް ގެއްލުމެއްވެސް ނުލިބެ އެވެ.

މުލަކަތޮޅު ވޭވަށަކީ ބޮޑުމިނުގައި 41.7 ހެކްޓަރު ހުރި ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ކޭ-3 އެވެ.

މިއީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީއެއް އޮތް އެއް ރަށެވެ. ރަށުގައި ހުކުރު ހަމަވާން ފެށީ 1980 ގެ ތެރޭގަ އެވެ. 1985 ވަނަ އަހަރު ރަށުގެ އާބާދީގައި ތިބީ 72 އަންހެނުންނާއި 79 ފިރިހެނުންނާއެކު ޖުމުލަ 151 މީހުންނެވެ. އޭގެ 32 އަހަރު ފަހުން، 2017 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު ވޭވަށުގައި ތިބީ 132 އަންހެނުންނާއި 184 ފިރިހެނުންނާއެކު ޖުމުލަ 316 މީހުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު މިހާރުގެ އާބާދީއަކީ 149 އަންހެނުންނާއި 199 ފިރިހެނުންނާއެކު ޖުމްލަ 348 މީހުންނެވެ. އެހެންނަމަވެސް ރަށުގައި 230 އަކަށް މީހުންނެވެ.

މަސްވެރިކަމާއި ކިއްސަރުވަޑާމަކީ މިރަށުގެ މައިގަނޑު އިގްތިސާދީ މަސައްކަތެވެ. މަހަށް ދުއްވާ ދެ އުޅަނދެއް މިރަށުގައި ގެންގުޅޭއިރު އެ އުޅަނދުތަކުން ގެންނަ މަސް ގަނެ، ކައްކައި ހިއްކައި މަސް ޕްރޮސެސް ކުރުމާއި، ރިހާކުރު ހެދުމުގެ މަސައްކަތް މިރަށުގައި ފުޅާ ދާއިރާއެއްގައި ކުރެ އެވެ. އެ މަސައްކަތްތައް ހިންގަނީ އެކަމަށް ހާއްސަކޮށްފައިވާ އިގްތިސާދީ ސަރަހައްދުގަ އެވެ. މި ރަށަކީ މުޅި ރާއްޖެއަށް މަޝްހޫރު ވަޑިން ތިބި ރަށެކެވެ. ރަށު އޮޑިވެރިންގެ ދޯނިތަކުގެ އިތުރުން އެހެން ރަށްރަށުންވެސް މިރަށުގެ ވަޑިންނާ މަސައްކަތް ހަވާލުކުރެ އެވެ. ހަމައެކަނި މަސްއުޅަނދުތަކެއް ނޫނެވެ. ލޯންޗާއި ޑިންގީ ފަދަ ތަފާތު ބާވަތްބާވަތުގެ އުޅަނދުތައް މިރަށުގައި ބަނދެ އެވެ. ރަށަށް އާމްދަނީ ވަންނަ އަނެއް މަގަކީ ވަޒީފާތަކެވެ. ސަރުކާރުގެ ވަޒީފާތަކުގައި ބައެއް މީހުން އުޅޭއިރު، ރަށުން ބޭރުގައި، ޕްރައިވެޓް ސެކްޓަރގެ ވަޒީފާތަކުގައިވެސް މިރަށުގެ ޒުވާނުން މަސައްކަތް ކުރެ އެވެ.

ވޭވާށު މަގެއްގެ މަގީގައި މަސް އަވީލާފައިވާ މަންޒަރު ޓޫރިސްޓަކު ބަލަނީ
ވޭވާށު މަގެއްގެ މަގީގައި މަސް އަވީލާފައިވާ މަންޒަރު ޓޫރިސްޓަކު ބަލަނީ

ވޭވާށު މަގެއްގެ މަގީގައި މަސް އަވީލާފައިވާ މަންޒަރު ޓޫރިސްޓަކު ބަލަނީ

އާންމު ވިޔަފާރިކުރާ ހަތަރު ފިހާރައެއް މިރަށުގައި ހުރެ އެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ދެ ތަނެއް ހުރިއިރު، މިވަގުތު ރަށުގައި ހުރީ އެންމެ ގެސްޓްހައުސްއެކެވެ.

މިވަގުތު ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ރަށު ކައުންސިލުން ފާހަގަކުރީ ލޭންޑްޔޫސް ޕްލޭން ނުހެދި ލަސްވަމުންދާކަމެވެ. އޭގެ ސަބަބުން ރަށުގައި ލޯކަލް ޓޫރިޒަމް ތައާރަފްކުރުމަށް ކައުންސިލުން ރާވާފައިވާ ރޭވުން ތަންފީޒުކުރުން ލަސްވުމަކީ ރަށަށް ލިބިގެންދާ އިގްތިސާދީ ގެއްލުމެއްގެ ގޮތުގައި ރަށު ކައުންސިލުން ފާހަގަކުރި އެވެ.

ރަށުގައި މިވަގުތު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އައުޓްޑޯ ޖިމްގެ މަސައްކަތާއި ރަށު ކޯޓު އިމާރާތްކުރުމުގެ މަސައްކަތާއި، ގައުމީ ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ވޭވަށް ހިމެނުމުގެ މަސައްކަތްވެސް ކުރިއަށް އެބަ ދެ އެވެ.

ރަށު ސްކޫލުގައި ތައުލީމު ހާސިލުކުރަނީ 36 ދަރިވަރުންނެވެ. ޕްރީސްކޫލެއް ހިންގާއިރު އެ ސްކޫލުގައި 11 ދަރިވަރުން ތައުލީމު ހާސިލު ކުރެ އެވެ. ރަށު މަދަރުސާގައި މުވައްޒަފުންގެ ގޮތުގައި ޕްރިންސިޕަލަކާއި 2 ފިރިހެން ޓީޗަރުންނާއި 6 އަންހެން ޓީޗަރުން ތިބެ އެވެ. ކިޔަވައިދެނީ ގްރޭޑް 6 ގެ ފެންވަރަށެވެ.

ރަށުގައި ސިއްހީ މަރުކަޒެއް ހުރެ އެވެ. އެތަނުގައި ޑޮކްޓަރަކާއި 2 ނަރުހުންނާއި އިތުރު 6 މުވައްޒަފުން ތިބެ އެވެ. ސިއްހީ މަރުކަޒުން ލިބޭނީ އާންމު ބަލިތަކުގެ ކުދިކުދި ފަރުވާ އެވެ. ޑޮކްޓަރު ލިޔެދޭ ބޭސް މިރަށުގައި ހުންނަ އެސްޓީއޯ ބޭސް ފިހާރައިން ލިބޭނެ އެވެ.

ވޭވަށަކީ އިހަށް ސަގާފީ ކުޅިވަރުތަކަށް މަޝްހޫރު ރަށެކެވެ. މަންގަލަން ދަނޑި ޖެހުން ،ދަފިނެގުން،ތާރަ ޖެހުން، ބޮޑުބެރު ޖެހުން، މާލި ހެދުން، ފަތިގަނޑު ޖެހުން އަދި ބޮޑުމަސް ނެރުން ފަދަ ކުޅިވަރުތަކުގައި އެރަށަކީ އަތޮޅުގެ އެއްވަނަ އެވެ. އެހެންނަމަވެސް މިހާރު ރަށުގައި ކުޅެ އުޅެނީ އޭގެ ތެރެއިން މަދު ކުޅިވަރެކެވެ. ޒަމާނަށް އައި ބަދަލާއެކު ސަގާފީ ކުޅިވަރުގެ ފޯރި އޮތީ ކުޑަވެފަ އެވެ.

ވޭވަށުގެ ކުރީގެ މިސްކަތް
ވޭވަށުގެ ކުރީގެ މިސްކަތް

ވޭވަށުގެ ކުރީގެ މިސްކަތް

ވަށް ވޭވަށުގެ ވަށައިގެން އޮތީ ބީޗެވެ. ރަށުގެ ކޮންމެ ދިމާލަކުން ބޭރަށް ނުކުތަސް ދޮންވެލި ތުނޑިއާ، އެއާ ގުޅިފައި އޮތް މޫދުގެ ހިތްގައިމުކަން ތަޖުރިބާކޮށްލެވޭނެ އެވެ. ރަށަށް އަރާ މެހެމާނުންނަށް ރަށުގައި ހުރި ގެސްޓްހައުސްގެ އިތުރުން، ކުއްޔަށްދޭ ކޮޓަރިތަކުގައި ވެސް މަޑުކުރެވޭނެ އެވެ. ކޮންމެ ތަނެއްގައި މަޑުކުރި ނަމަވެސް ލިބިގެންދާނީ ހިތްހޮޔެ މެހެމާންދާރީ އެވެ. ގުދުރަތީ ރީތިކަމާއި، ހަމަހިމޭންކަމާއި، އުފާވެރި މާހައުލެއްގެ ތަޖުރިބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox