ކޮލަމާފުށީގައި ކިޔައި އުޅޭ ވާހަކަތަކުގެ ތެރެއިން؛ މެރެދޫ ރެކިޔާ ރަށް ދޫކޮށް ދިޔަގޮތަށް!

ކޮލަމާފުށީގައި ކިޔައި އުޅޭ ވާހަކަތަކުގެ ތެރެއިން؛ މެރެދޫ ރެކިޔާ ރަށް ދޫކޮށް ދިޔަގޮތަށް!

ގދ.ތިނަދޫ ކައިރީގައި އޮންނަ މެރެދޫއަކީ އަންޒަމާނުއްސުރެ ފަޅު ރަށެކެވެ. މަތިވަރު ހެޔޮ ރުއްތަކުން ފުރިފައި އޮތް އެރަށަށް މީހުން ގޮސް އުޅޭނީ ރުކުގައި އަޅާ ތަކެތީގެ ބޭނުމުގަ އެވެ. ކޮންމެ މީހަކުވެސް އެރަށަށް ދާނީ ރަށް ލިޔުއްވާފައިވާ ފަރާތުގެ ހުއްދަ ހޯދައިގެންނެވެ. ރަށުން ހޮވާ ތަކެއްޗާއި އުފައްދާ ތަކެތިން ރަށްވެރިންނަށް ބައެއް ލައްވާނެ އެވެ. އެހެންވީމާ އެރަށަށް ދެވޭ ގޮތް ވެއްޖެ ކޮންމެ މީހަކުމެ ރަށަށް އަރައި ކާށި ހޮވައި ކުރުނބާ އަޅައިގެން އެ އުސޫލުން ބޭނުންކޮށް ވިއްކައި ހަދާނެ އެވެ.

ކިޔައިދޭން މިއުޅެނީ މެރެދޫގެ ވާހަކައެއް ނޫނެވެ. އެރަށަށް ދިޔަ ރެކިޔާ ކިޔާ މީހެއްގެ ވާހަކަ އެވެ. 'ރެކިޔާ' އަކީ ރެކިފުތާ އެވެ. އެއީ އިހުގައި ފިރިހެނުންނަށް ކިޔައި އުޅުނު ނަމެކެވެ. އެއީ ކުއްޖާއަށް ހަތް ދުވަސް ވެގެން އެއްޗެއް ކަތިލާފައި ކިޔާ އަސްލު ނަމެއް ނޫނެވެ. ދެމަފިރިޔަކަށް ލިބޭ ދަރިންގެ ތެރެއިން ގިނަ ކުދިން ޅަ އުމުރުގައި މަރުވާން ފަށައިފިނަމަ ދުނިޔޭގައި ހުރި ފިރިހެން ކުއްޖާއަށް ރެކިފުތާގެ ނަމުން ނަން ދޭނެ އެވެ. ގަބޫލުކުރެވިފައި އޮންނަ ގޮތުގައި އެ ނަން ކިޔައިފި ކުއްޖަކު ޅަ އުމުރުގައި މަރެއް ނުވާނެ އެވެ. އަދި ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ އެވެ. ދިވެހި ބަހުގެ ރަދީފުގައިވެސް 'ރެކިފުތާ' މި ނަން މާނަކޮށްދީފައި އޮވެ އެވެ. މާނައެއް ކަމަށް އޮންނަނީ 'ފިރިހެނުންނަށް ކިޔާ ނަމެއް. ދަރިން ދުނިޔޭގައި ނުތިބެގެން ދިރިތިބޭތޯ ކިޔާނަމެއް.' މިހެންނެވެ.

ރެކިޔާ އަކީ ކޮން ޒަމާނެއްގައި އުޅުނު ކާކުކަން އެނގޭ މީހަކާ ދިމާވާ ގޮތެއް ނުވި އެވެ. އަޅުގަނޑަށް މިވާހަކަ ކިޔައިދެއްވި ކޮލަމާފުށީ އެސްޕީވިލާ އަލީ ޒާހިރު ވިދާޅުވީ އޭނާ އަޑުއައްސަވާ ގޮތުން މި ރެކިޔާ އަކީ ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ މީހެކެވެ. އޭނާއަކީ އޭނާގެ ޒަމާނުގައި މަސައްކަތްތެރި މުރާލި މީހެކެވެ. ހަލުވި ހަރަކާތާއެކު އަބަދުވެސް މީހާގެ ހިންގުންތެރިކަން ހުންނަނީ ކުޑަބުރުގަ އެވެ. މެރެދޫއަށް ދާ އެހެން މީހުންނާ ހިލާފަށް ރެކިޔާ އެރަށަށް ދަނީ ދިގު މުއްދަތަށެވެ. އެ ރަށުގައި އޭނާ ކުރާ މަސައްކަތަކީ ރާއެރުމެވެ. ރާ ބާލައިގެން ހަކުރު ހިލުމަކީ އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތެވެ. އެ މަސައްކަތުގެ ބޭނުމަށްޓަކައި އެރަށަށް ކުރާ ކޮންމެ ދަތުރެއްގައިވެސް އޭނާ އެ ބޭނުންވާ ވަރަށް ހަކުރު ހިލެންދެން މަޑުކުރާނެ އެވެ.

Advertisement

ރަށުގައި ފަންޖިފުޓި އަޅައިގެން، ރަށުން ހޮވާ ތަކެތިން ކައްކާ ކައިބޮއި އެރަށުގައި ރެކިޔާ ދިރިއުޅުން ވެއަތުކުރަމުން ދާނެ އެވެ. މިހެން އުޅޭ އުޅުމުގައި އޭނާގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ އެވެ. ރެކިޔާއަކީ މިޒާޖުގައި ރުންކުރު ގޮތެއް ހުންނަ، އައްޒާތީކަން ބޮޑު މީހެކެވެ. އޭނާގެ މައްޗަށް މީހުން ބަސް ކިޔުމަކީ އޭނާ ރުހޭ ކަމެއް ނޫނެވެ. އަމުދުން އޭނާއަށް މަލާމާތަކަށް ވެދާނޭ ކަމެއް އެއްވެސް މީހަކު ކުޅައުމަކީ އޭނާ ކުޑަކޮށްވެސް ބަރުދާސްތު ކުރާނޭ ކަމެއް ނޫނެވެ.

މެރެދޫގައި ކުރާ މަސައްކަތް ކުރުމަށް އޭނާ ރާކޮށްފައި ހުރި ރުއްތަކުގެ ތެރެއިން ރުކަކަށް އަރައި އުޅެނިކޮށް ކޮވެއްޔެއް ގޮވައިފި އެވެ. ކޮވެލި ގޮވާނީ ދިގުކޮށް އޫންލާފައި 'އޮހޯ އޮހޯ' އަޑު އަންނަ ކަހަލަ ގޮތަކަށެވެ. އެއްފަހަރު ގޮވައި ދޭތެރެ ދުރުކޮށް ދެވަނަ ފަހަރުވެސް ގޮވައިފި އެވެ. ދެން ހުއްޓާނުލައި ގޮވަންފަށައިފި އެވެ. ރުކުގައި އޮތް ރެކިޔާއަށް މިކަން ބޮޑުވެ ދުއްތުރާލަކަށް ވެއްޖެ އެވެ. އޭނާއަށް ވިސްނުނު ގޮތުން ކޮވެލި އެ ގޮވަނީ އޭނާއަށް ނިސްބަތްކޮށް 'ކޮހޯ ކޮހޯ' ގޮވާފަ އެވެ. އެތް ކޮށަށް އޮވެފައި ބޯހިއްލައި 'ކަލޯ ކޮވެއްޔާ ކަލޯ ހީކުރަނީ މަށަށްވުރެ ބާރަށް ގޮވިދާނޭ ކަމަށް ހެއްޔޭ' ބުނެ ކޮވެލި ގޮވާ ގޮތަށް ގޮވަން ފަށައިފި އެވެ. ފަހަތުން ކޮވެލިވެސް ހިފާލައިފި އެވެ. ރެކިޔާ ގޮވާ ކޮންމެ ފަހަރަކަށް ކޮވެލި ދެފަހަރު ގޮވަ އެވެ.

ރެކިޔާ އެރީ އަށްޑިހައަށެވެ. ކޮވެއްޔާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވަން ފަށައިފި އެވެ. ކިތަންމެ އައުގުރާނައެއް ގޮވިޔަސް އެސޮރަށް ވިސްނޭނީކީ ނޫންތާ އެވެ. އެސޮރު ހީކުރާނީ އެސޮރު ކިޔާ ލަވައިގައި ރެކިޔާވެސް ބައިވެރިވަނީ ކަމަށެވެ. އެހެންވެ އެސޮރުވެސް ދޫނުކޮށް އެސޮރުގެ ލަވަ ކިޔަމުން ގެންދެ އެވެ. ރެކިޔާގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. އޭނާ ވެރިކަން ހިންގަން ލިބިފައި އޮތް ރަށެއްގައި އުޅޭ ކުޑަކުޑަ ކޮވެއްޔެއް އޭނާއަށް މަލާމަތްކުރާ ކަމުގެ އިހުސާސަކީ ހަޖަމުކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ.

ރެކިޔާއަށް ކުޑައިމީސްކުރާކަމަށް ވެގެން ކޮވެލި ކުށްވެރިވީ ނަމަވެސް އަދަބުދޭން ވެގެން އަތުލަން އުޅެއުޅެ ކޮވެލި އަތުޖެހޭނޭ ގޮތެއް ނުވި އެވެ. ކޮވެލީގެ ގޮވުން ހުއްޓުވޭނޭ ގޮތެއްވެސް ނެތެވެ. ރެކިޔާ އައިސްފައިހުރި ރުޅީގައި ރުކުން ފައިބައިގެން މަޑުޖެހުމެއް ނެތި އެ ދިޔަގޮތަށްގޮސް ކަނދު ވަލަށް ވަދެ ކަނދު ކަނޑައި، އެކަތި އަނެކެއްޗާ ފައްތަރުކޮށް ކަނދުފޮއްޗެއް ބަނދެ، އެއަށް އަރައި އެރަށުން ފުރައިގެން ދިޔައީ އެވެ. އޭރު ރަށްވެރިންވެސް ރަށަށް އަރަނީ އެވެ. ރެކިޔާ އެމީހުންނަށް ގޮވަ އެވެ. މިރަށުގައި އުޅޭ ކޮވެއްޔެއް މަށަށް ކޮހަށް އެބަ ގޮވަ އެވެ. ދެން މިރަށަކު އުޅޭކަށް ގަސްތެއް ނެތެވެ. ދެން އޭނާގެ ކަނދަށް އަރައި ރިތުން ކަނބާފައި ގޮސް މާދުރަށް އޮބާލައިފި އެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް އެއްވެސް މީހަކަށް ރެކިޔާ ފެނިފައެއް ނެތެވެ. އޭގެ ފަހުންވެސް ކޮވެލި އެގޮވާ ގޮތަށް ގޮވާލަގޮވާލައި އެސޮރުގެ މޫޝިގީ ރާގުތައް އިއްވުމުގައި އެރަށުގައި އެބަހަރަ އުޅެމުން ދެ އެވެ.

ރެކިޔާގެ އައްޒާތީކަން ވެގެން ދިޔައީ އޭނާ ގެއްލި، ގެއްލެނިވެގެން ދިޔުމުގެ ސަބަބަށެވެ. ގޮވުމަކީ ކޮވެލީގެ ތަބީއަތެވެ. އެ ކޮވެލި ގޮވާގޮވުމަކީ މަލާމާތެއްކަމާއި އެ މަލާމާތް ރައްދުވަނީ ރެކިޔާއަށް ކަމަށް ވުމަކީ އޭނާ އަމިއްލައަށް އެކަމުގައި ދުށްގޮތެވެ. ކޮވެލި އެހެން ބުނީކީ ނޫންތާ އެވެ.

މި ވާހަކައިން ހާސިލުކުރަންވީ ކޮން އިބުރަތެއްތޯ އެނގޭނީ ތިޔަ ކިޔުންތެރިޔާ އަށެވެ. މިއީ ކޮލަމާފުށީގައި ކިޔައިއުޅޭ ވާހަކައެކެވެ. އަދި ލިޔެވިފައި ނެތީތީ މި ވާހަކަވެސް ލިޔެލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox