މެންބަރު ތޯރިގުގެ މައިނާ ކުންފުނީގެ ސަފާރީއެއް ވޭވަށު ފަރަށް އަރައިފި

މައިނާ ސަފާރީ ވޭވަށު ފަރަށް އަރާފަ: ފަރަށް އެރިއިރު ސަފާރީގައި 18 ޓޫރިސްޓުންނާއި ނުވަ ފަޅުވެރިން ތިބި - ފޮޓޯ: ފޭސްބުކް

މައިނާ ސަފާރީ ވޭވަށު ފަރަށް އަރާފަ: ފަރަށް އެރިއިރު ސަފާރީގައި 18 ޓޫރިސްޓުންނާއި ނުވަ ފަޅުވެރިން ތިބި - ފޮޓޯ: ފޭސްބުކް

ޓޫރިސްޓުން ތިބި ސަފާރީއެއް މ. ވޭވަށު ފަރަށް އަރައިފި އެވެ.

މި ހާދިސާއާ ގުޅޭގޮތުން ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ، ސަފާރީ ފަރަށް އެރީ ރޭ އައި ވިލާގަނޑެއްގައި ފަޅު ބޭރުގައި އަޅާފައި އޮތްވާ ނަގިލި ކަހާލައިގެން ކަމަށެވެ.

ފަރަށް އެރިއިރު ސަފާރީގައި ނުވަ ފަޅުވެރިންނާއި 18 ޓޫރިސްޓުން ތިއްބެވެ. އެ ހުރިހާ އެންމެން ވެސް ސަލާމަތުން ރޭ ވޭވަށަށް ގެންގޮސްފައިވާ ކަމަށް މަމްދޫހު ވިދާޅުވި އެވެ.

Advertisement

ސަފާރީ އަދިވެސް ފަރުމަތީ އޮތް އިރު އެ ބޯޓުގައި ތިބި ފަތުރުވެރިން މިހާރު ތިބީ އެ ރަށް ކައިރި އޮންނަ މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓުގަ އެވެ. އެ ބޯޓުގެ ފަޅުވެރިން އަދިވެސް ތިބީ ވޭވަށުގަ އެވެ.

މި ހާދިސާއާ ގުޅިގެން ސިފައިން މިހާތަނަށް ބަހެއް ނުބުނެ އެވެ.

ވޭވަށު ފަރަށް އަރާފައިވަނީ 'މައިނާ 1' ނަމަކަށް ކިޔާ ސަފާރީ އެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ ވިޔަފާރިއެއް ކަމަށްވާ މައިނާ ޓުއާސް އިން އޮޕަރޭޓު ކުރާ ސަފާރީއެކެވެ.

މި ހާދިސާއާ ގުޅޭގޮތުން ތޯރިގުގެ ބަހެއް ހޯދަން ގުޅިއިރު ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާގެ ބަހެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox