ތިރީސް އަހަރުވީ އާއިލީ ފިހާރައިގައި މި ފަންނުވެރިޔާ އެއްކުރާ ކަނޑު ދިރުމުގެ ހަޒާނާ

ފެރިދޫ އަލީ  "އަދަދު"އަށް އިންޓަވިއު ދެނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ފެރިދޫ އަލީ "އަދަދު"އަށް އިންޓަވިއު ދެނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ފާރުގައި ރީނދޫ ކުލަ އެވެ. ދޮރުގައި ގަދަ ނޫ ކުލައިގެ ދަވާދެކެވެ. ފާރުގައި ކަޅު ކުލައިން ކަނޑު ދިރުންތައް ކުރަހާފައި ހުއްޓެވެ. އަދި ތަފާތު ފޮންޓުތަކުން އެ ފިހާރައިގައި ހުންނާނެ ތަކެތި ލިޔެފައިވެ އެވެ. ދޮރުމަތީގައި "ރޭޝަމް ގެސްޓް ހައުސް" ލިޔެފައިވާ ބޯޑެއް ހަރުކޮށްފައި ހުއްޓެވެ.

މި ފިހާރަ ފެނުމުން އެއީ ޒަމާންތަކެއް ވަންދެން، އެ ގޮތަށް ހިންގަމުންދާ ފިހާރައެއް ކަން އެނގުނެވެ. ފިހާރަ ވަންނަ އިރު ކައުންޓަރު މަތީގައި އޮއިލް ޕެއިންޓުން ފިލާތަކުގައި ރާއްޖޭގެ މަންޒަރުތައް ކުލަ ޖައްސަން ފެރިދޫ އަލީ (50އ.) އެ ތަނުގައި އިނެވެ.

ސްޓެލްކޯގައި ވަޒީފާ އަދާކުރާތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވީ އަލީގެ ހުސް ވަގުތުތަކުގައި ކުރާ ކަމަކީ މިއީ އެވެ. ބޭރުން އެތެރެކޮށްފައިވާ ސޮވެނިއާގެ އިތުރުން އޭނާގެ އަމިއްލަ މަސައްކަތާއި ފަންނުން އުފައްދާ ތަކެތި އެ ތަނުގައި ބަހައްޓައިގެން ރަށަށް އަރާ ގެސްޓުންނަށް ވިއްކުމެވެ.

Advertisement

މިއީ އޭނާގެ އާއިލީ ވިޔަފާރިއެކެވެ. އެ ފިހާރަ އެ ގޮތުގައި ހުންނަތާ 30 އަހަރެއްހާ ދުވަހެވެ.

އއ. ފެރިދޫގައި ހުންނަ ސޮވެނިއާ ޝޮޕެއް، ތިރީސް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ --
އއ. ފެރިދޫގައި ހުންނަ ސޮވެނިއާ ޝޮޕެއް، ތިރީސް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ --

އއ. ފެރިދޫގައި ހުންނަ ސޮވެނިއާ ޝޮޕެއް، ތިރީސް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ --

އަލީ ކިޔައިދިން ގޮތުގައި، އެއީ 1995، ގައި އޭނާގެ ތިން ބޭބެއަކާއި ބައްޕަ ވެގެން ހުޅުވި ފިހާރަ އެކެވެ. އޭރު އަލީގެ އުމުރުން 20، އަހަރެވެ. އެއީ އަރި އަތޮޅަށް ޓުއަރިޒަމް ތައާރަފުވެގެން ދިޔަ ޒަމާނެވެ. ރިސޯޓުތައް ހުޅުވި، ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ މަންޒިކަލަށް އެ ރަށް ވެސް ވެއްޖެ އެވެ.

"ހަފުތާއަކު ދެ ދުވަހަކު، މަދުވެގެން، ޝޮޕިން ކޮށްލަން ގެސްޓުން އަންނާނެ، ކޭޝް އިން އޭރު ދައްކާނީ، ޑޮލަރު ހިފައިގެން، ހުންނަ އެއްޗެއް ދެ ޑޮލަރު، ތިން ޑޮލަރު، އޭރު ދެން އެއީ ވެސް ވަރަށް ބޮޑު އެއްޗެއް،" އަލީ އެ ވާހަކަ ކިޔައިދޭން ފެށި އެވެ.

އަލީގެ މުޅި އާއިލާއަކީ ވެސް ވަރަށް ފަންނުވެރި އާއިލާ އެކެވެ.

އާޓިސްޓް އަލީ ތައްޔާރުކޮށްފައިވާ ބައެއް ތަކެތި ---
އާޓިސްޓް އަލީ ތައްޔާރުކޮށްފައިވާ ބައެއް ތަކެތި ---

އާޓިސްޓް އަލީ ތައްޔާރުކޮށްފައިވާ ބައެއް ތަކެތި ---

އޭނާގެ މަންމައާއި ބައްޕަ ވެގެން ފެށި ވިޔަފާރީގައި ދަރިން ބައިވެރިވެގެން ކުރި ކަމަކީ އެއީ އެވެ. ބޮއްޔާއި ކޭބަލް ނަރު ބުރިކޮށްގެން އެ ޒާތަށް ފަށް ހަދާފައި ވިއްކަން ބެހެއްޓި އެވެ. އެކި ޑިޒައިނަށް ޓީޝާޓާއި މުންޑު ހަދާފައި، ވިއްކަން ބެހެއްޓި އެވެ.

"ޑިޒައިން ޑިޒައިނަށް މި ހުންނަ މުންޑު އޭރު ނުވެސް ހުރޭ، ޕްލެއިން މުންޑު ހުންނާނީ މާލޭން ލިބެން، ދެން ޕްލެއިން ފޮތީގެ މުންޑު ގެނެސްގެން އަޅުގަނޑުމެން އެއަށް ޑިޒައިންތައް ޕްރިންޓްކޮށްފަ، ގެސްޓުން އެޓްރެކްޓް ވާ ކަހަލަ ގޮތަކަށް،" އަލީ ތަފްސީލް ކޮށްދިނެވެ.

ބޭރުން އެތެރެކޮށްފައިވާ ބައެއް ސޮވެނިއާތައް ހުރި ނަމަވެސް މިއަދު އެ ފިހާރަ ފުރާލާފައިވަނީ އަލީގެ ކުރެހުންތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތަކުންނެވެ.

"ތޮއްޑޫ މޫސަ ހަސަން، ތޮއްޑޫގައި މޫސަ އާޓްގެ ފިހާރައެއް ހުންނާނެ، އެއީ އަޅުގަނޑުމެން ސްކޫލްގަ އުޅުނުއިރު ކިޔަވައިދޭން އައި ޓީޗަރެއް، އަޅުގަނޑު އަދި ބޮޑަށް ކުރެހުމުގެ ތެރެއަށް ވަދެވުނީ އޭނަގެ ސަބަބުން،" ކުރެހުމުގެ ތެރެއަށް އޭނާ ވަދެގެން އައި ގޮތް ކިޔައިދިނެވެ.

އާޓިސްޓް އަލީ ކުލަ ޖައްސާފައިވާ ބައެއް ތަކެތި --
އާޓިސްޓް އަލީ ކުލަ ޖައްސާފައިވާ ބައެއް ތަކެތި --

އާޓިސްޓް އަލީ ކުލަ ޖައްސާފައިވާ ބައެއް ތަކެތި --

ފިހާރައިގައި ބައެއް ފަށާއި ބޭންޑް އެއްޗެހީގައި އަޅުވާފައި ވަނީ ބައެއް މަސްތަކުގެ ކަށްޓާއި ދަތް ބޭނުންކޮށްގެންނެވެ. އެ އެއްޗެއްސަކީ އޭނާ ފީނައިގެން ނަގާ ތަކެއްޗެވެ. ފީނަން ހުންނަ ފޯރީގައި ދެން އުފެދުނީ އެކި ބާވަތުގެ ތަކެތި ހޯދައި އެއްކުރުމުގެ ޝައުގެކެވެ.

ފިހާރައިގެ ތެރޭގައި އަލީގެ އެ "ކަލެކްޝަން" ދައްކާލާފައި ހުރެ އެވެ.

އިސްކުރު ޖަހައި ބިއްލޫރިއަކުން ލައްޕާފައި އަލަމާރިއެއްގައި އެކި ޒާތުގެ މަސްމަހުގެ ކަށިތަކާއި، ދަތާއި، އެކި ޒާތުގެ ބޮލިތައް ހުއްޓެވެ. އެ ކޭސްގައި "ނޮޓް ފޮ ސޭލް" ނުވަތަ މިީ ވިއްކަން ހުރި އެއްޗެހި ނޫން ކަމަށް ކަރުދާހަކުން ލިޔެފައި ތަތްކޮށްފައިވެ އެވެ.

"ބައެއް ގެސްޓުން ވެސް ކުރާ ކަމެއް އެއީ ކަލެކްޝަން، މިހާރު ވެސް މި ފިހާރައިގަ ވެސް ވިއްކަން އެ ހުރީ ކުދިކުދި ފުޅިތަކަށް އަޅައިފަ ފެރިދޫގެ ވެލި، ބައެއް ގެސްޓުން އެއްކުރާނެ އެ ކަހަލަ ފުޅި، ހަނދާނަކަށް، އެދާ ރަށަކުން އެ ރަށެއްގެ ދޮންވެލި ހުންނަ ފުޅިއެއް ހިފައިގެން އެ ލޭބަލްއާއެކު،" އަލީ ބުންޏެވެ.

އަލީ ގެންގުޅޭ ބޮލި އަދި މަސް ކަށިތަކުގެ ކަލެކްޝަން --
އަލީ ގެންގުޅޭ ބޮލި އަދި މަސް ކަށިތަކުގެ ކަލެކްޝަން --

އަލީ ގެންގުޅޭ ބޮލި އަދި މަސް ކަށިތަކުގެ ކަލެކްޝަން --

ގެސްޓުންނާއި އޭނާގެ ދަރިންނަށް ވެސް ބޮލި ފަދަ ތަކެތި އޮފު ކޮށްފައި ބަހައްޓާފައި ހުންނާތީ އެ މީހުނަށްނަށް ރީތި ވުމުން އަލީގެ އެފަދަ ޝައުގެއް އުފެދުނީ އެވެ. އޭނާގެ އަމާޒަކަށް އޮތީ، ކަލެކްޝަންގައި ވީ އެންމެ ގިނަ ބާވަތެއްގެ ބޮއްޔާއި އެކި ތަކެތި ބެހެއްޓުމެވެ.

"މިހާރު އޭގަ ނެތް ބޮއްޔެއް، ފީނައިގެން މި ވެނި ތަނަކުން ލިބޭ ކަން އެނގެންޏާ، ފީނައިގެން ނަގަން ދަން ހަމަ، ރައްޓެއްސަކު ގެންގުޅޭ ކަން އެނގުނަސް، ބަލަން އެ ލިބޭތޯ، ގަނެގެން ވެސް އެހެން ހުންނާނެ، އެ ކަލެކްޝަނަށް ބޮލި އެއްކޮށްފަ،" އޭނާ ބުންޏެވެ.

ތިރީސް އަހަރެއްހާ ދުވަސްވީ، އަލީގެ އާއިލީ ފިހާރަ ފުރާލާފައި އެ ވަނީ އޭނާގެ ޝައުގު އޮތް ފަންނުވެރި މަސައްކަތްތަކުންނާއި ކަނޑު ދިރުމުގެ ހަޒާނާއަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox