ގްރާންޑޭ ބަލިކޮށް ސޮކަ މޭޓްސް ވެޓެރަންސް ލީގު ފައިނަލަށް

Apr 24, 2022, 2:39 PM
ދަ ގްރާންޑޭގެ ރިޔާޒު (ވ) ކައިރިން ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދަ ގްރާންޑޭގެ ރިޔާޒު (ވ) ކައިރިން ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމަކަށް ފަހު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-2 އިން ބަލިކޮށް މޯލްޑިވްސް ސޮކަ މޭޓްސް ފައިނަލުގެ ދެ ވަނަ ޖާގަ ހޯދައިފި އެވެ.

މިއަދުގެ މެޗުން މޮޅުވެގެން ދަ ގްރާންޑޭ އަށް ވެސް ފައިނަލަށް ދެވެން އޮތެވެ. އެކަމަކު، ސޮކަ މޭޓްސް ވަނީ ދަ ގްރާންޑޭ ބަލިކޮށް ބާކީ މެޗެއް ނުކުޅެ އޮއްވައި ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ސޮކަ މޭޓްސް ނުކުންނާނީ ހުޅުމާލެ ވެޓެރަންސް ކްލަބާ ދެކޮޅަށެވެ. މި ދެ ޓީމުން ވެސް ފައިނަލަށް ދަތުރުކުރީ މިހާތަނަށް މެޗަކުން ބަލިނުވެ އެވެ.

ހަތް ޓީމު ވާދަކުރާ ލީގު ބުރުގެ އެއް ވަނައިގައި ހުޅުމާލެ ވެޓެރަންސް އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސޮކަ މޭޓްސް އަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ދަ ގްރާންޑޭ އަށް ލީގު ބުރުގެ ހަ މެޗު ހަމަވެފައިވާއިރު، އެ ޓީމަށް ލިބުނީ 10 ޕޮއިންޓެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން 13 ވަނަ މިނިޓްގައި ސޮކަ މޭޓްސް އަށް ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. މިއީ ކޯނަރަކުން އަބްދުލްވާހިދު މުހައްމަދު (ވާޑޭ) ނެގި ކޯނަރަކުން އައްސަދު ބޮލުން ޖެހި ގޯލެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، ސޮކަ މޭޓްސްގެ އަހުމަދު އަފްރާދު (އަފޭ) ވަނީ މެޗުގެ 25 ވަނަ މިނިޓްގައި ސޮކަ މޭޓްސް އަށް ލީޑުފުޅާކޮށްދީފަ އެވެ. އޭރިއާތެރެއިން ހުސްވި ޖާގައަކުން އަފޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ.

ދަ ގްރާންޑޭ އިން ދެ ވަނަ ހާފުގައި ތަފާތު ރޫހެއްގައި ކުޅެ، 12 މިނިޓް ތެރޭ ނަތީޖާ ހަމަހަމަކުރި އެވެ. އެ ޓީމުގެ ފުރަތަމަ ގޯލު 39 ވަނަ މިނިޓްގައި ޖެހި ހަސަން ޝަރީފް އެވެ. އޭރިއާތެރެއިން ޝަރީފް ޖެހި ބޯޅަ ގޯލަށް ވަނީ ސޮކަ މޭޓްސްގެ ކީޕަރު ހުސެއިން ހަބީބް އަތުގައި ޖެހިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ޝަރީފް ހުސްކޮށްލާފައި ދިން ބޯޅައަކުން ގޯލެއް ޖަހައި، އަހުމަދު ސާއިގް ވަނީ ދަ ގްރާންޑޭ އަށް އެއްވަރުކޮށްދީފަ އެވެ. ދަ ގްރާންޑޭ އަށް ލީޑުނަގައިދޭން އެ ޓީމުގެ އިބްރާހިމް ޒައީމް ހުސްކޮށްލާފައި ގޯލު ކުރިމަތީގައި ހުރި ޝުއައިބު ޒާހިރަށް ދިނުމުން އޭނާ އަށް ރަނގަޅަށް ގޯލަށް ފޮނުވައިނުލެވުނެވެ.

ސޮކަ މޭޓްސް އަށް ޕްރެޝަރު ކަނޑުވާލައިދީ މެޗުން މޮޅުކޮށްދިން ގޯލު ޖެހީ އަހުމަދު މަމްދޫހު އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ސޮކަ މޭޓްސްގެ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ނަގައިިދިން ބޯޅައަކުން އޭރިއާތެެރޭގައި ހުސްކޮށް ހުރެފައި، މަމްދޫހު ޖެހި ބޯޅަ ވަނީ ގޯލުގެ ކަނަށެެވެ.

ލީގު ބުރުގައި ބާކީ ނުކުޅެ އޮތީ ތިން މެޗެެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ސިފައިން ކުޅޭނީ ހުޅުމާލެ ވެެޓެރަންސްއާ އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox