ދަ ގްރާންޑޭ އިން ފަހު ވަގުތު އީގަލްސްއާ އެއްވަރުކޮށްފި

Apr 20, 2022, 2:35 PM
އީގަލްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އީގަލްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އިން ފަހު ވަގުތު ގޯލު ޖަހައި 1-1 އިން ކްލަބް އީގަލްސްއާ އެއްވަރުކޮށްފި އެވެ.

ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކުރަން ބަލާއިރު، މިއަދުގެ މެޗަކީ ދަ ގްރާންޑޭ އަށް ތިން ޕޮއިންޓް ހޯދުން މުހިންމު މެޗެކެވެ. އެކަމަކު، އެ ޓީމު ސަލާމަތްވީ ކިރިޔާ އެވެ. ލީގުގެ އެންމެ މަތިން ނިންމާ ދެ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭއިރު، މި ވަގުތު ދަ ގްރާންޑޭ އޮތީ ދެ ވަނައިގަ އެވެ.

ލީގު ބުރުގެ އެއް ވަނައިގައި އޮތް ހުޅުމާލެ ވެޓެރަންސް ކްލަބަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމަށް ވަނީ ބާކީ އެއް މެޗު އޮއްވައި ފައިނަލުގެ ޖާގަ ޔަގީންވެފަ އެވެ. ދެ ވަނަ މަގާމުގައި މި ވަގުތު އޮތް، ދަ ގްރާންޑޭ އަށް ފަސް މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ފައިނަލުގެ ޖާގަ އަކަށް ދެން ވާދަކުރާ މޯލްޑިވްސް ސޮކަ މޭޓްސް އަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ދެ ގޯލު ވެސް ފެނުނީ މެޗުގެ ފަހު ވަގުތުގަ އެވެ. މެޗުގައި ފުރަތަމަ ގޯލު ޖެހީ އީގަލްސް އެވެ. މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުން އަންނަ އީގަލްސް އިން ލީޑުނެގީ 50 ވަނަ މިނިޓްގައި އިބްރާހިމް އާރިފް ޖެހި ގޯލުންނެވެ. މިއީ އީގަލްސްގެ ކެޕްޓަން، އަހުމަދު ޝަރީފް ދަ ގްރާންޑޭގެ ކީޕަރު، ލުއައްޔު އާދަމް ކައިރިން ނައްޓާފައި، ގޯލު ކުރި މައްޗަށް ހުރަސްކޮށްލި ބޯޅައަކުން އާރިފް ޖެހި ގޯލެކެވެ.

މުޅި މެޗަށް ބަލާއިރު، ވެސް ދަ ގްރާންޑޭ އިން ގޯލެއް ޖެހޭތޯ ގިނަ މަސައްކަތް ކުރި އެވެ. އެ ޓީމަށް ޕޮއިންޓެއް ހޯދުނީ މެޗުގެ ފަހު މިނިޓްގައި ޓީމުގެ ކެޕްޓަން އަހުމަދު ޝަކީބް ޖެހި ގޯލުންނެވެ. މިއީ، ދަ ގްރާންޑޭގެ ޝުއައިބް ޒާހިރު އަރިމަތިން ނެގި ހުރަހަކުން ޝަކީބް ބޮލުން ޖެހި ގޯލެކެވެ.

މި މެޗުން މޮޅުނުވެވުމުން ދަ ގްރާންޑޭ އަށް ފައިނަލުގެ ޖާގައެއް ހޯދޭނީ އެ ޓީމަށް އެންމެ ފަހުން އޮތް މެޗުން ސޮކަ މޭޓްސް ކައިރިން ނަތީޖާ ނެރެގެންނެވެ. ސޮކަ މޭޓްސް އަށް ދަ ގްރާންޑޭ މެޗުގެ އިތުރުން އީގަލްސް މެޗު އެބައޮތެވެ.

މި ފަހަރުގެ ވެޓްރަންސް މުބާރާތް މި ކުރިއަށްދަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު ތަށި އުފުލާލި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މި ފަހަރުގެ މުބާރާތުގައި ވާދަނުކުރެ އެވެ. މި ފަހަރުގެ މުބާރާތް އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. ޓައިޓަލް ސްޕޮންސަރަކީ މައިލޯ އެވެ. ޕާޓްނަރުންގެ ގޮތުގައި ދިރާގު، އެއްކާފު، ސްޕޯޓްސް އަދި އަދަދު ހަރަކާތްތެރިވެ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސިފައިންނާއި ޕޮލިސް ކްލަބް އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox