ނަފްރަތުގެ އަމަލެއް ކަމަށް ބުނެ "އިންޑިއާ އައުޓް" ބެނާތައް ނަގަން އަންގަނީ

އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ބެނާއެއް: މި ހަރަކާތަކީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ބޭލުމަށް ގޮވާލަމުންދާ ހަރަކާތެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ބެނާއެއް: މި ހަރަކާތަކީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ބޭލުމަށް ގޮވާލަމުންދާ ހަރަކާތެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ ހަތިޔާރުއެޅި ސިފައިން ބާލަން ގޮވާލާ އިދިކޮޅުން ފަށާފައިވާ އިންޑިއާ އައުޓް ހަަރަކާތުގެ ދަށުން ބޭނުންކުރާ "އިންޑިއާ އައުޓް" ސްލޯގަން ޖަހާފައިވާ ބެނޭތައް ނަގަން ގޭގޭގެ ވެރިންނަށް ފުލުހުން އަންގަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއެއްގައިވާ ގޮތުގައި ފުލުހުން ބުނީ މި ބެނާތަކުން ސިފަވަނީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ކަމަށެވެ. އަދި، މީގެ ސަބަބުން އެ ގައުމަކާ ދޭތެރޭ އޮތް ހާރިޖީ އަދި ސަގާފީ ގުޅުމަށް ބުރޫއެރުމުގެ އިތުރުން އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހިންގެ މަސްލަހަތައް ގެއްލުންވެދާނެ ކަމެއް ކަމަށް ސިޓީގައި ފުލުހުން ބުންޏެވެ.

"ބެނާގައި އާއްމުކޮށް ފެންނާނެހެން "އިންޑިޔާ އައުޓް" ޖަހާފައި ދަމާފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވުމާއި، ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަގަޅު އަސަރުކޮށް އޭގެ ސަބަބުން އެ ގައުމުތަކުގަ ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށް ވެސް ގެއްލުންވެދާނެކަމެ ދިވެހި ފުލުހުންގެ ހިދުމަތުން ދެކެމެވެ." ފުލުހުން ފޮނުވި ސިޓީގައި ބުންޏެވެ.

ބެނާތައް ނަގަން އެންގި ސަބަބެއްގެ ގޮތުގައި ސިޓީގައި ފުލުހުން ފާހަގަކޮށްފައިވަނީ މިފަދަ އަމަލުތަކަކީ އޭގެ ވަށައިގެންވާ އަމަލުތަކުގެ ސަބަބުން ރާއްޖެ އާއި ދިވެހިންގެ މަސްލަހަަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެއްލުންވާނެ ފިތުނަވެރި އަމަލަކަށްވުމެވެ.

އިންޑިއާ އައުޓް ބެނާތައް ނަގަން ފުލުހުން އަންގަމުން ދަނީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާ (ހ) ގައި 6 ގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީ ގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެފަދަ އަމަލެއްކަމުގައި ބެލެވޭތީ، ފުލުހުންގެ ހިދުމަތުގެ ގާނޫޏުގެ ދަށުން ލިބޭ އާންމު މަސްލަހަތު ރައްކާތެރިކުރަން ޖެހޭ ކަންކަން ކުރަން ލިބިފައިވާ ބާރާއި އެކަންކަން ކުރުން ހުއްޓުވަން ފިޔަވަޅު އަޅަން ލިބޭ ބާރުގެ ތެރެއިންނެެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ ނަމްބަރަަށް ގުޅުމުން ޖަވާބު ނުދޭތީ އެ މުއައްސަސާގެ ބަހެއް ނުލިބެ އެވެ.

މިފަދަ ބެނޭތައް ނަގަން ފުލުހުން އަންގާ ސިޓީއެއް އާންމުވެފައި މިވަނީ، އިންޑިއާ އައުޓް ހަރަކާތް މިހާރު ލީޑުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގެކޮޅުގެ ބޭރުގައި ހުރި ބޮޑު "އިންޑިއާ އައުޓް" ބެނާ ނަގަން މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު ވެސް މި ބެނާތައް ނަގަން ފުލުހުންނަށް ގޮވާލެއްވީ އަވައްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދު ބަސް ބުނެ ބެނާތައް ދަމާފައި ހުރުމަކީ ގާނޫނުލްއުގޫބާތާ އާންމު މަސްލަހަތާ ހިލާފުކަމެއް ކަމަށް ފާހަގަކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox