ރޭޑިއަންޓާއި ނިއު ރޭޑިއަންޓް ގުޅޭތީ ކުރިއަށް ދިއުމުގައި ހުރަސްތަކެއް

ރޭޑިއަންޓާއި ނިއު ރޭޑިއަންޓް ގުޅޭތީ ކުރިއަށް ދިއުމުގައި ހުރަސްތަކެއް

މިދިޔަ މަހު ކުރީކޮޅުން ފެށިގެން، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ރެޖިސްޓްރޭޝަނުގައި ހުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ފުށުއަރާ މައްސަަަލައެއް ކުރިމަތިވެއްޖެ އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ރޭޑިއަންޓް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. ފުރަތަމަ އެފްއޭއެމުން ނިއު ސަސްޕެންޑްކުރިއިރު، ފަހުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ވަނީ ނިއު ރޭޑިއަންޓަށް ފިޔަވަޅު އަޅައިފަ އެވެ. އެއީ އެ ކްލަބުން ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދޭން ތަކުރާރުކޮށް ދިން ފުރުސަތުތަކުގެ ބޭނުންހިފާފައިނުވާތީ އެވެ.

ނިއު އަލުން ގެންނަން ކުރި މަސައްކަތް ކާމިޔާބުނުވުމުން، ނިއުގެ ސަޕޯޓަރުން އިސްވެ، ވަނީ މިދިޔަ މަހު ރޭޑިއަންޓްގެ ނަމުގައި ކްލަބެއް ރަޖިސްޓްރީކޮށް މި އަހަރުގެ ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަަށައިފަ އެވެ. ރޭޑިއަންޓުން ވަނީ ކޯޗިން ސްޓާފުން ހަމަޖައްސައި، ކުޅުންތެރިން ވެސް ސޮއިކުރުވައިފަ އެވެ.

އެފްއޭއެމްގެ އެސޯސިއޭޓް މެމްބަރަކަށް ވުމަށް މިދިޔަ މަހު ފަހުކޮޅު ރޭޑިއަންޓުން ހުށަހަޅާފައިވާއިރު، އެކަން އެ ގޮތަށް ކުރަން އިދާރީ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ނިންމީ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި އޭއެފްސީގެ މަޝްވަރާގެ މަތިންކަން އެނގިފައިވެ އެވެ. އެ ގޮތުން ރޭޑިއަންޓްގެ ރަޖިސްޓްރޭޝަން މަރުހަލާގައި ކަންކަން ހިނގާފައިވާ ގޮތާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކްލަބް ރަމްޒު ކުރާ އެކައުންޓްތަކުން ފެންނަނީ ރޭޑިއަންޓްގެ ލޯގޯ އާއި ކްލަބްގެ ކުލަ އަކީ ނިއު ރޭޑިއަންޓް އަސްލަކަށް ބަލައިގެން އައިސްފައިވާ ކަމެއް ކަމަށެވެ .

އަދި ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހިންގާ ކޮމިޓީގައި ތިބި ބައެއް މެމްބަރުންނަކީ އެންމެ ފަހުން އިންތިހާބުވި ނިއު ރޭޑިއަންޓްގެ ބޯޑުގައި ވެސް ތިބި ފަރާތްތަކާ ގުޅޭ ބަޔަކު ކަމަށްވާތީ، ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" އެއްގެ ގޮތުގައި ބެލެވޭ ގޮތަށް ފީފާ އާއި އޭއެފްސީ މި ކަމުގައި އަމަލު ކުރަމުން އަންނަ މިންގަނޑުތަކުން ފެންނަން އެބައޮތް ކަމަށް ވަނީ ބަލައިފަ އެވެ.

ރޭޑިއަންޓްގެ އޮފިޝަލުންނާ އެފްއޭއެމާ މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން.-

ސްޕޯޓިން ސަކްސެސާ އެއްގެ ގޮތުގައި ބެލޭ މިންގަނޑަކީ ދަރަންޏެއް އޮތުމުގެ ސަބަބުން ސަސްޕެންޝަނެއްގައި އޮތް ކްލަބެއްގެ މަސްލަހަތު އޮތް ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެެރިވެގެން އެހެން ކްލަބެއް ވުޖޫދުކުރުމެވެ. އޮންނަ އުސޫލުގެ ތެރެއިން ސްޕޯޓިން ސަކްސެސާއެއްގެ ގޮތުގައި ކުރިއަށްދެވޭނީ ކުރިން އޮތް ކްލަބްގެ ދަރަންޏާ ހަވާލުވާނަަމަ އެވެ. މިހާލަތުގައި، މީގެ މާނަ އަކީ ރޭޑިއަންޓަށް ރަސްމީ ގޮތުން އެފްއޭއެމާއި އޭއެފްސީ ތެރެއިން އެފިލިއޭޝަނެއް ލިބިގެން މެމްބަރު ކްލަބެއްގެ ގޮތުގައި ކުރިއަށް ދެވެން އޮތީ ނިއު ރޭޑިއަންޓްގެ ދަރަންޏާ ހަވާލުވެގެންނެވެ.

އެފްއޭއެމާއި ރޭޑިއަންޓްގެ އިސް އޮފިޝަލުން ވަނީ މިއަދު މި މައްސަލައިގައި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ރޭޑިއަންޓްގެ ކޮމިއުނިޓީ ވައިބާ ގްރޫޕްގައި އެ ކްލަބުން ބުނެފައިވަނީ އެފްއޭއެމުން ނިންމާފައިވަނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓް ކަމަށެވެ.

"ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ކަނޑައަޅައި އެފްއޭއެމް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަށް ބައިވެރި ނުވެވޭނެ ކަމަށް، އެފްއޭއެމް އިން ކްލަބަށް މަޢުލޫމާތު ދީފި. މި ނިންމުން ނިންމާފައިވަނީ އޭއެފްސީ އިން ކަމަށް އެފްއޭއެމް އިން މަޢުލޫމާތު ދޭ." ރޭޑިއަންޓުން ކްލަބްގެ ކޮމިއުނިޓީ ވައިބާ ގްރޫޕްގައި ބުނެފައިވެ އެވެ.

އެފްއޭއެމުން ބުނީ ރޭޑިއަންޓްގެ ހިންގުމުގައި ހުރި ބައެއް ކަންކަމާ ގުޅިގެން އޭއެފްސީގެ ލަފާގެ މަތިން އެ ކްލަބަށް ފުރުސަތު ދިނުން މަޑުޖައްސާލީ ކަމަށެވެ. އެއްވެސް ހާލަތެއްގައި މިއީ ރޭޑިއަންޓަށް ފުރުސަތު ނުދޭން ނިންމި ނިންމުމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން 2019 ވަނަ އަހަރު، ޑިސިޕްލިނަރީ ގަވާއިދު ހަރުދަނާކުރުމުގެ ގޮތުން ގެނައި ބަދަލުގެ ތެރެއިން ވަނީ ސްޕޯޓިން ސަކްސެސާ އިން ބަލާ މިންގަނޑު އިތުރަށް ފުޅާކޮށްފަ އެވެެ. އެއީ ދަރަނިވެރިވާ ކްލަބްތަކުގެ ތެރެއިން އެހެން ކްލަބްތައް އުފެދިގެން އަންނަ އައުމުގައި ކުޅުންތެރިންނަށް ލިބޭ ގެއްލުން ކުޑަކުރަން ފިފްޕްރޯ އިން ވެސް ލަފާދީފައިވާތީ އެވެ.

ނިއު ރޭޑިއަންޓް, 1979 ގައި ވުޖޫދުވުމުގެ ކުރިން، ހެންވޭރުގައި ކުރިން އޮތް ޓީމަކީ "ރޭޑިއަންޓް ކްލަބް" އެވެ. އެކަމަކު، ފަހުން ރޭޑިއަންޓް އުވި ނިއު ރޭޑިއަންޓް ވުޖޫދުވީ އެެ. އަދި މި ފަހުން ނިއު ރޭޑިއަންޓަށް ދިމާވި މާލީ މައްސަލަތަކުގެ ތެރޭގައި އައި ސަސްޕެންޝަނާ ހެދި، ނިއުގެ ސަޕޯޓަރުން އިސްވެ ތިބެ މި ވަނީ ރޭޑިއަންޓްގެ މަަސައްކަތް ފަށައިގަނެފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox