ފެލިވަރު އަޕްގްރޭޑުކޮށް ނިމޭނީ 2023 ގައި، ކޫއްޑޫ 2024 ގައި

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް: މިތަން އަޕްގްރޭޑު ކުރުމުގެ މަޝްރޫއު ހިންގަނީ ސައުދީ ފަންޑުން ލޯނު ނަގައިގެން. -- ފޮޓޯ: މިފްކޯ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް: މިތަން އަޕްގްރޭޑު ކުރުމުގެ މަޝްރޫއު ހިންގަނީ ސައުދީ ފަންޑުން ލޯނު ނަގައިގެން. -- ފޮޓޯ: މިފްކޯ

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފެލިވަރާއި ކޫއްޑޫގެ އަޕްގްރޭޑިން މަސައްކަތްތައް އެންމެ އަވަހަށް ވެސް ނިމޭނީ އަންނަ އަހަރުގެ ފަހު ކުއާޓަރަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ހޯދަން ވީ ވައުދު ނުފުއްދާ، ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހުގެ އިގުތިސޯދީ ކޮމިޓީން މިހާރު ދިރާސާކުރަމުންދާ މައްސަލައިގެ ކޮމިޓީ ބައްދަލުވުމެއްގަ އެވެ.

ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އިތުރުން އެ ކުންފުނީގެ ބެލެނިވެރި އެސްޓީއޯ ހާޒިރުކޮށްގެން މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މެމްބަރުންގެ ސުވާލުތައް ހުރީ މަސްވެރިކަން ރަނގަޅުވާއިރު މަސް ނުކިރޭ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތްތައް ލަސްވާ ސަބަބާ ގުޅިގެންނެވެ.

Advertisement

އެގޮތުން، ސައުދީ ޑިވެލޮޕްމަންޓު ފަންޑުން ހޯދި ލޯނަކުން ފަށާފައިވާ ކޫއްޑޫ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ލަސްވަނީ ސައުދީން ފަންޑިން ހޯދައިގެން ކުރާތީތޯ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލްމުޣުނީ ކުރެއްވި ސުވާލުގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ އެހެން ތަންތަނުން ފަންޑިން ހޯދަނީ ބަޖެޓުގައި އެވަރަށް ފައިސާ ނެތީމައި ކަމަށެވެ.

ފަންޑިން ލަސްވާ ސަބަބާ ގުޅިގެން ހުރި ކަންބޮޑުވުމާ ގުޅުވާ ފައްޔާޒު އިތުރަށް ވިދާޅުވީ ސައުދީ ފަންޑު ނޫން އެހެން ގޮތަކުން ފައިސާ ހޯދި ނަމަވެސް، އެ ފައިސާ ލިބޭނީ އޮންނަ "ޕްރޮސެސްތައް" ފުރިހަމަކުރުމަށް ފަހު ކަމަށެވެ. އަދި، "އަޅުގަނޑުމެންނަށް ޕޮލިޓިކަލް ޓައިމްލައިނެއް އޮތް ކަމުގަ ވިޔަސް، ފަންޑިން ސޯސަސްއަކަށެއް ޕޮލިޓިކަލް ޓައިމްލައިނެއް ނޯވޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވީ މިހާރު ޕްރޮޖެކްޓުތައް ހުރި ތާރީހުތަކުން މި ރިޔާސީ ދައުރު ނޮވެމްބަރު 2023 ގައި ނިމުމުގެ ކުރިން މި ޕްރޮޖެކްޓުތައް ނުނިމޭނެތީ ބައެއް މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.

އަޕްގްރޭޑް ޕްރޮޖެކްޓުތަކުން ބޮޑު ހައްލެއް ލިބޭނެ: ފިޝަރީޒް މިނިސްޓަރު

ކޮމިޓީ ބައްދަލުވުމުގައި ފައްޔާޒުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މަސް ނުކިރުވޭ މައްސަލަ ގުޅެނީ ކެޕޭސިޓީ ނެތުމާ ކަމަށާއި ކޫއްޑޫ ހިމެނޭގޮތަށް މަސް ކިރުވޭ އަދި ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރަން ރާވާފައިވާ ކަންކަން ނިމުމުން އެކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

"ކޫއްޑޫގައި 3000 ޓަނާ ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ ބިނާކުރަން ސަރުކާރުން އޮތީ މިހާރު ނިންމަވާފަ. މިހާރު 240 ކުރެވޭ 24 ގަޑިއިރުގެ ތެރޭގައި. އޭގެ އިތުރަށް 760 ޓަނު ދުވާލަކު ބްރައިން ފްރީޒް ކުރެވޭ ގޮތަށް ކެޕޭސިޓީ އަޅުގަނޑުމެން ބިލްޑު ކުރާނަން" އޭނާ ވިދާޅުވި އެވެ.

ޑރ. ހުސެއިން ފާހަގަކުރެއްވި ގޮތުގައި އެންމެ އިސްކަމެއް ދެނީ ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމަށެވެ. އަދި، މި މަސައްކަތަށް ބޭނުންވާ ފައިސާ ހަމެޖެހި ކުރިޔަށް އޮތް ނުވަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަގުތީ ހައްލަކަށް އިތުރު ބޯޓު ކުއްޔަށް ނަގަނީ

އަޕްގްރޭޑު ޕްރޮޖެކްޓުތައް ނުނިމުނަސް މަސް ކިރުވޭނެ ގޮތްތަކެއް ސަރުކާރުން ހޯދަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެގޮތުން މިފަހަރު މަސްވެރިކަން ކުއްލިއަކަށް ރަނގަޅުވީ އަންދާޒާ ކުރި ގޮތަށް ނޫން ކަމުން ތައްޔާރު ނުވެވުނު ނަމަވެސް މިފްކޯއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ތެރޭގައި ހިމެނެނީ މަސް ކިރޭނެ ކަން ކަށަވަރުކުރަން އިތުރު ބޯޓުތަކެއް ކުއްޔަށް ނެގުމެވެ.

"އަޅުގަނޑުމެން މިފްކޯއާއެކީ މަސައްކަތް ކުރަމުން މިދަނީ ވަގުތީ ހައްލެއްގެ ގޮތުގަ އިތުރު ބޯޓުތަކެއް ގެނެވޭނެ ގޮތެއް ހޯދުމަށް" ފައްޔާޒު ވިދާޅުވި އެވެ.

އެކަމަކު މީގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ކެޕޭސިޓީ އިތުރުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކޫއްޑޫ އާއި ކަނޑުއޮތްގިރި، ސައުދީ ފަންޑު ލޯނަކުން ފައިނޭންސް ކުރި ނަމަވެސް ފެލިވަރު އަޕްގްރޭޑް ކުރަނީ އިންޑިއާ އެގްޒިމް ބޭންކު ލޯނަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox