ސައީދާއި ގައްސާނަށް ކުރަނީ އަނިޔާކުރަން އުޅުމާއި ބިރުވެރިކަން އުފައްދަން އުޅުމުގެ ތުހުމަތު

(މ) މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި (ކ) ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން. އެ ދެބޭފުޅުން ވެސް ވަނީ އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ. ފޮތޯ: މުހައްމަދު ޝާބިން/އަދަދު

(މ) މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި (ކ) ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން. އެ ދެބޭފުޅުން ވެސް ވަނީ އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ. ފޮތޯ: މުހައްމަދު ޝާބިން/އަދަދު

މިދިޔަ މާޗު މަހު އިދިކޮޅުން މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި މުހައްމަދު ސައީދަށާއި ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫންއާ ދެކޮޅަށް މާލޭގެ މަގުތައް ބްލޮކްކޮށް އާންމުންގެ ހިތުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އަނިޔާކުރަން އުޅުން އަދި ކުށެއް ކުރަން އުޅުނުކަމުގެ ތުހުމަތުތައް ފުލުހުން ކުރާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުގެ ވަކީލު މުހައްމަދު ރާގިބު މި ނޫހަށް ވިދާޅުވީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު އިދިކޮޅުން މާލޭގައި ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާއާ ގުޅިގެން ކުރާ އެ ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދާއި ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާ ގައްސާން ރޭ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.

"އެބޭފުޅުންގެ މައްޗަށް ކުރާކަމަށް އޮންނަނީ ކުށެއް ކުރަން އުޅުން، ތަޅާ އަނިޔާކުރަން އުޅުން، ދެން މަގުތައް ބްލޮކްކޮށް އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް އަމަލުކުރުން، ދެން ފުލުހެއްގެ ވާޖިބަށް ހުރަސްއެޅުން، މި ތުހުމަތުތައް. އެކަމަކު އެ ތުހުމަތުތަކުގައި ގާނޫނީ އިންޒާރު ދިނުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ނުވާތީވެ، އަޅުގަނޑުމެންނަށް ފަހުމެއް ނުވޭ،" ރާގިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދުވަހުގެ މުޒާހަރާއާ ގުޅިގެން ގައްސާން އާއި ސައީދު، ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ހުރުމުން، އެތަނަށް ވަނީ ފުލުހުންގެ ހުއްދައާ އެކުގައި ކަމަށެވެ. އަދި އެތަނުން ނިކުމެގެން އައީ އޭގެ ފަހުން ކަމަށެވެ.

ނަމަވެސް ފުލުހުން ކުރާ ތުހުމަތުތަކުގައި ބަންދުކޮށްފައި ހުރި ސަރަހައްދަކަށް އެބޭފުޅުން "ވަންކަމަށް އޮތުން އެއީ ހަމަނުޖެހޭ ތުހުމަތެއް" ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުން ދެން ކުރި ތުހުމަތަކީ މަގުތައް ބްލޮކް ކުރުން ކަމަށާއި އެއީ ވެސް ހަމަ އެފަދަ ތުހުމަތެއްކަމަށް ރާގިބު ވިދާޅުވި އެވެ.

"އެއީ ފުލުހުން އެތަން ބެރިކޭޑް ޖަހައިގެން ބަންދުކުރީ. އެ ދެ ބޭފުޅުންގެ ފުޅާމިނުގައި ނުހުންނާނެ ތިން ފޫޓު ވެސް. ކިހިނެތްތޯ ހަތަރު ލޭނަށް ދުއްވާ ބޮޑު މަގު އެ ދެ ބޭފުޅުން ބްލޮކް ކުރާނީ. އެކަމުގެ ޝަކުވާއެއް ޓެކްސީ ސެންޓަރެއް ކަހަލަ ތަނަކުން ލިބުނުކަމެއް ވެސް ފުލުހުންނަށް ބުނެއެއް ނުދެވުނު، އަދި އެ ވިދާޅުވަނީ ބައިވަރު މަގު ބްލޮކް ކުރިއޭ،" ރާގިބު ވިދާޅުވި އެވެ.

ރާގިބު ވިދާޅުވީ ފުލުހުން ގައްސާނާއި ސައީދުގެ ހައްގަށް ހުރަސް އެޅި ކަމަށެވެ. އެއީ ގާނޫނުއަސާސީން ލިބިދީފައި އޮންނަ އެއްވެއުޅުމުގެ މިނިވަންކަމަށް ފުލުހުން ހުރަސްއެޅުމުން ކަމަށް ރާގިބު ވިދާޅުވި އެވެ. އަދި ރާގިބު އިތުރަށް ވިދާޅުވީ ފުލުހުން ކުރާ ތަހުގީގަކަށް ފުލުހުންގެ ހެކިބަސް ނަގައިގެން އަދުލުވެރި ގޮތެއްގައި ކަންކަން ކުރެވިދާނެތޯ ރާގިބު ސުވާލުއުފެއްދެވި އެވެ.

"އެބޭފުޅުން އެތަނުގައި އިށީނދެ ތިއްބާ ފުލުހުން އައިސް އެބޭފުޅުން ގެންދެވީ. ދެން ކޮބާތޯ ވާޖިބަށް ހުރަސް އަޅާފަ. އެހެންވީމާ މިއީ ތަސައްރަފު ފުދޭ ބަޔަކު ކުރާ ކަންކަމެއް ނޫން މިއީ. މިއީ ހަމަ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ކުރާ ކަންކަން،" ރާގިބު ވިދާޅުވި އެވެ.

ރާގިބު ވަނީ އެ މައްސަލައިގައި ގައްސާނާއި ސައީދާ ދެކޮޅަށް ކުރާ ތުހުމަތުތަކަށް ދައުވާކުރާނެ މިންވަރަށް އެކަށީގެންވާ ހެކި ހުންނާނެކަމާމެދު ވެސް ސުވާލުއުފައްދަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox