ހުލާސާކޮށް އިއްޔެ: ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މުހިންމު ނިންމުންތަކެއް

ޔާމީން ރަޝީދު. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވޭ ---

ޔާމީން ރަޝީދު. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވޭ ---

މީގެ ފަސް އަހަރު ކުރިން މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދަށް ވަޅިން ހަމަލާދީ މަރައިލި މައްސަލައިގައި ކްރިމިނަލް ކޯޓުން ދޫވި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް އަދި ދެ މީހެއްގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ އިއްޔެ އެވެ.

އޭޕްރީލް 23، 2017 ގައި ވަޅިން ހަމަލާދީ ޔާމީން ރަޝީދު މަރައިލި ކަމުގެ ދައުވާ ޖުމްލަ ހަ މީހެއްގެ މައްޗަށް އުފުލި އެވެ. އޭގެ ތެރެއިން ޔާމީން މެރުމުގެ ކުށް ސާބިތުވީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ދެން ދައުވާ ލިބުނު މީހުންގެ ތެރެއިން މ. ތާއިފް، އިސްމާއީލް ރަޝީދާއި، ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްސަލަ އިއްޔެ ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

މީގެ ތެރެއިން ދިފްރާންގެ މައްޗަށް ކުރީ ޔާމީން ރަޝީދަށް ފާރަލުމާއި އެ ކުށުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދިފްރާންގެ މައްޗަށް ކުށް ސާބިތުކުރަން ޔާމީނަށް ފާރަލާކަމުގެ ފޮޓޯގެ އިތުރުން ސިއްރު ހެކިވެރިއެއްގެ ހެކިބަސް ދައުލަތުން ހުށަހެޅި ނަމަވެސް، ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅީ ގަތުލުގެ ނިޔަތް އޮތް ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

އަދި، އިސްމާއިލް ރަޝީދުގެ މައްޗަށް އުފުލީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުކުރަން ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ވީޑިއޯ އެނެލިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީގެ އިތުރުން ފޮރެންސިކް ރިޕޯޓުގައި އެހެން މީހެއްގެ ނަން ބޭނުންކޮށްފައިވާތީ އެ ދެ ހެއްކަށް ބުރަދަން ނުދެވޭނެ ކަމަށް ވަނީ ނިންމާފަ އެވެ.

އެހެން ނަމަވެސް، އިއްޔެ އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ހަމަވިއިރު ވެސް މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒުގެ މައްސަލަ އިސްތިއުނާފެއް ނުކުރެ އެވެ. އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުންނެވެ.

"އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފެއް ނުކުރާނެ، އެއީ އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފް ކުރެވޭ ވަރަށް ހެކިބަސް ލިބިފައި ނުވާތީ،" ދައުވާ އުފުލި ދެ މީހެއްގެ މައްސަލަ އިސްތިއުނާފް ނުކުރި ސަބަބާ ގުޅޭ ގޮތުން މި ނޫހުން ކުރި ސުވާލުގެ ޖަވާބުގައި ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު އިއްޔެ ވިދާޅުވިއެވެ.

ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. ރިލްވާން ވެސް މަރާލާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ފަހުން ހާމަކޮށްފައިވެ އެވެ.

ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.

ޔާމީން ރަޝީދު މަރާލި ކަމަށް ދަށު ކޯޓުގައި ކުށް ސާބިތުވި ދެ މީހުންގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި މަރުގެ ދިޔަ ނެގުމުގެ ހުކުމަކާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހިޖުރީ ދެ މަހު ރޯދަ ހިފުމަށެވެ. މި ގޮތަށް ހުކުމް އިއްވީ ޔާމީންގެ މަންމަ މަރުގެ ދިޔަ ނަގަން އެދުމުންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުގެ ބަންދަށް ހުޅުމަލެ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖެހީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަ ކުރަން މަގުފަހިކޮށްދިން ކަމަށް އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކުރޫގެ މައްޗަށް ކުރާ ތުހުމަތުގައި, ދައުލަތުން ހުށަހެޅި ނޯޓެއްގައި އެކައުންޓް ނަންބަރު ދިމާނުވިއަސް ލޯންޑަ ކުރި ފައިސާ އާއި އެ ފައިސާ ޖަމާކުރި އެކައުންޓް އެނގޭނެ ކަމަށް ދައުލަތުން ކޯޓުގައި ބުނީ އިއްޔެ އެވެ.
  • އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އޭނާގެ ވާދަވެރިން ކުރާ ތުހުމަތުތައް ބަލައި ހަގީގަތް ހާމަކޮށްދޭން ، ކަމާ ބެހޭ މުއައްސަސާތަކަށް އޭނާ ގޮވާލެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އިމްތިޔާޒު ފަހުމީގެ ކެމްޕޭނުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ:

"ވަރަށް ބަދުނާމުކޮށްފި އިނގޭތޯ، ވަރަށް ބަދުނާމު ކޮށްފި. ވަރަށް ފިތުނަކޮށްފި. އަަޅުގަނޑު ދުވަހަކު ހީނުކުރާހާ ދަށުދަރަޖަ އަށް ކަންތައްތައް ގެންގޮސްފި،

ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ. މި މޮޅާއެކު އެ ޓީމު ވަނީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ. މި މޮޅާއެކު އެ ޓީމު ވަނީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ. މި މޮޅާއެކު އެ ޓީމު ވަނީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޔޫއެން ހިއުމަން ރައިޓްސް ކައުންސިލް ނެޝަނަލް ރިޕޯޓް 2020"

މިއީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ކޮންމެ އަހަރަކު ހުށަހަޅަން ޖެހޭ ރިޕޯޓުގެ ގޮތުގައި 2020 ވަނަ އަހަރު ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ރިޕޯޓެވެ. މި ރިޕޯޓުގައި ވަނީ އދ. ގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގައި ރާއްޖެއިން އަމަލުކުރަން ގައުމުތަކުން ހުށަހެޅި ހުށަހެޅުންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އަދި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެ އިން ހޯދާފައިވާ ކުރިއެރުންތައް ވެސް ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox