ދަ ގްރާންޑޭ ބަލިކޮށް ހުޅުމާލެ ވެޓެރަންސް ފައިނަލުގެ އުންމީދު ބޮޑުކޮށްފި

Apr 16, 2022, 2:21 PM
ދަ ގްރާންޑޭ ކުޅުންތެރިއަކު ކައިރިން ހުޅުމާލެ ވެޓެރަންސްގެ ސުޖާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދަ ގްރާންޑޭ ކުޅުންތެރިއަކު ކައިރިން ހުޅުމާލެ ވެޓެރަންސްގެ ސުޖާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 5-0 އިން ބަލިކޮށް ހުޅުމާލެ ވެޓެރަންސް ކްލަބުން މުބާރާތުގެ ފައިނަލު އުންމީދު ބޮޑުކޮށްފި އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު، ދަ ގްރާންޑޭ އާއި ހުޅުމާލެ ވެޓެރަންސް އޮތީ ފުރަތަމަ ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ. ހުޅުމާލެ ވެޓެރަންސް އިން މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއިރު، އެ ޓީމު އެއް ވަަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސް އަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ.

އަންގާރަ ދުވަހު ސޮކަ މޭޓްސްއާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ހުޅުމާލެ އަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ހުޅުމާލެ ވެޓެރަންސް ލީގު ބުުރުގެ ފަހު މެޗުގައި ކުޅޭނީ ސިފައިންގެ ކްލަބާ އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހުޅުމާލެ ވެޓެރަންސް އިން ވަނީ ފުރަތަމަ 10 މިނިޓް ތެރޭގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން މެޗުގެ ހަތް ވަނަ މިނިޓްގައި ހުޅުމާލެ ވެޓެރަންސް ޓީމުގެ އަބްދުﷲ ސުޖާއު (ސުޖާ) ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ ކެޕްޓަން އިސްމާއިލް މުހައްމަދު (އިއްސެ) ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން މަތިން ހުރަސްވި ބޯޅައެއް ކޮންޓްރޯލްކޮށްލުމަށް ފަހު އިއްސެ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ހުޅުމާލެ ވެޓެރަންސް ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފުގައި ދަ ގްރާންޑޭގެ ހަސަން ޝަރީފް އޭރިއާބޭރުން ޖެހި ބޯޅައެއް ހުޅުމާލެ ވެޓެރަންސް ޓީމުގެ ކީޕަރު މުހައްމަދު ޝިނާން (ނާނި) ވަނީ މަތަކޮށްފަ އެވެ.

ހުޅުމާލެ ވެޓެރަންސް އިން ވަނީ ފުރަތަަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. ދަ ގްރާންޑޭގެ އޮފްސައިޑް މަޅިން ސަލާމަތްވެ، މި ގޯލު ޖެހީ ހުޅުމާލެ ވެޓެރަންސް ޓީމުގެ އަހުމަދު ޝާހިދު އެވެ. އޭނާ އަށް ހުސްކޮށް ލިބުނު ބޯޅަ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގައި ދަ ގްރާންޑޭ އިން ކުޅުން ރަނގަޅުކުރި އެވެ. އެކަމަކު، ގޯލެއް ޖެހޭ ވަރުގެ ހަމަލާތަކެއް ފޮނުވާނުލެވުނެވެ. ހުޅުމާލެ ވެޓެރަންސް އިން ވަނީ މި ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައި، އިއްސެ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްދީފަ އެވެ. އޭގެ ކުރިން އިއްސެ އަށް ގޯލެއް ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ. ހުޅުމާލެ ވެޓެރަންސް ޓީމުގެ ފަސް ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެންއެރި އިބްރާހިމް މުހައްމަދު އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ އިބްރާހިމް ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ.

މި ފަހަރުގެ ވެޓެރަންސް ކަޕް އިންތިޒާމްކުރަނީ އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސް އިންނެވެ. ޓައިޓަލް ސްޕޮންސަރަކީ މައިލޯ އެވެ. މުބާރާތުގައި މާދަމާ އޮތީ ޕޮލިސް ކްލަބާއި ކްލަބް އީގަލްސް ކުޅޭ މެޗެވެ. އެ މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox