އާރަށު މައްސަލަ: މަދަނީ މިންގަނޑުން ގެންދެވޭ މައްސަލައެއް ކަމަށް ނިންމައިފި

އާރަށު މައްސަލަ: މަދަނީ މިންގަނޑުން ގެންދެވޭ މައްސަލައެއް ކަމަށް ނިންމައިފި

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީއަތުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި، ދައުވާ ރައްދުވާ ފަރާތްތަކަށް ގާނޫނުން ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން މަދަނީ މިންގަނޑުން މައްސަލަ ގެންދެވޭނެ ކަމާ މެދު ސުވާލު އުފެއްދުމުގެ ހައްގުގެ ފުރުސަތު ދިނުމެވެ. މި ފުރުސަތުގައި މިއަދުގެ އަޑުއެހުމުގައި ދައުވާ ރައްދުވާ ދެ ފަރާތުން ވެސް ވަނީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވަކާލާތު ކުރައްވައިފަ އެވެ.

ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ފާހަގަ ކުރެއްވި ކަމަކީ ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކުށުގެ އަމަލުތައް އެއީ ހިނގި އަމަލުތަކެއް ކަން ދަލާލަތު ކޮށްދެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.

ދައުލަތުން ހުށަހެޅި މައި ދެ ހެކި ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހަކީ އެއަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނެތް ނަމަ ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ. ޖަމީލްގެ ނުކުތާއަށް ބާރު ދިނުމަށް ފާހަގަ ކުރެއްވީ ޔާމީނަށް ކުރިން އުފުލި ދައުވާއެއް ސުޕްރީމް ކޯޓުން ބާތިލް ކުރި ގަޒިއްޔާއަށެވެ.

ޔޫސުފް ނައީމްގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ވ. އާރަށް ބައްލަވައިގަންނަން ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުނިން ދައުލަތާ އެކު ހިންގި މުއާމަލާތަކާއި ޔާމީނާއި ޔޫސުފް ނައީމްއާ ދެމެދު ވެސް މުއާމަލާތެއް ހިނގާފައިވާ ކަމެވެ. މިއީ ދެ މުއާމަލަތެއް ކަމާއި ދެ މުއާމަލާތް ގުޅުވޭނެ އެއްވެސް ހެއްކެއް އަދީބާއި ޒިޔަތުގެ ބަސް ނޫން ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން ރައްދު ދެއްވަމުން ޕަބްލިކް ޕްރޮސެކިއުޓަރު ޝާމާ ނަސީމް ވިދާޅުވީ، ހެކި ނެތް ކަމަށް ދިފާއުން ބުންޏަސް އަދީބާއި ޒިޔަތުގެ ހެކި ބަހަށް ބާރު ލިބިދޭ ގިނަ ހެކި ހުށަހަޅާފައި ވާނެ ކަމަށެވެ. ޖިނާއީ މައްސަލަތަކގުައި ސީދާ ހެކި ނުލިބޭނެ ކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ގަޒިއްޔާއަކަށް އިޝާރާތް ކުރައްވައި ވަކީލް ވިދާޅުވީ ނުސީދާ ގިނަ ހެކިތަކެއް މި މައްސަލާގައި ހުށަހަޅާފައިވާނެ ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު މައްސަލައާ ހަވާލުވެ ހުންނެވި ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ކަނޑައަޅުއްވައިފަ އެވެ.

މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިޔުމަކީ މައްސަލަތައް ސާބިތު ކުރުމުގައި މަދަނީ މައްސަލަތަކުގައި ބަލާ މިންގަނޑު ނުވަތަ 'ބެލެންސް އޮފް ޕްރޮބެބިލިޓީޒް' (ބޮޑަށް ބުރަވެވެނީ ކޮން ގޮތަކަށް) އިން ސާބިތުވޭތޯ ބެލުމެވެ. އޭގެ ބަދަލުގައި ޖިނާއީ މިންގަނޑަކީ 'ބިޔޯންޑް ރީޒަނަބަލް ޑައުޓް' ނުވަތަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވޭތޯ ބެލުމެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއް އޮތް ކަމަށް ދައުލަތާއި ދައުވާ ރައްދުވާ ދެ ފަރާތުން ވެސް ފާހަގަ ކުރެއްވުމުން ގާޒީ ވަނީ 15 ދުވަހުގެ ފުރުސަތެއް ދެއްވައިފަ އެވެ. ދައުވާ ރައްދުވާ ދެ ފަރާތުން 30 ދުވަހުގެ ފުރުސަތެއް ދޭން އެދުނެވެ. ނަމަވެސް ގަވާއިދުގައި އެންމެ ދިގު މުއްދަތަކަށް އޮތީ ވެސް 15 ދުވަސް ކަމުން ގާޒީ ނިންމެވީ އެ ވަރުގެ މުއްދަތެއް ދެއްވުމަށެވެ.

އާރަށުގެ މައްސަލައިގައި ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރަނީ އެ ރަށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދޫކުރުމުގެ ބަދަލުގައި ޔާމީން އޭނާގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ތުހުމަތުކޮށެވެ. އެ ދައުވާތަކަށް އެ ދެ މީހުން ވެސް ވަނީ އިންކާރުކޮށްފަ އެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އިސް ގާޒީ ޝަކީލް ވިދާޅުވި ގޮތުގައި، އެ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންދާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ދިފާއުން ވަނީ މައްސަލައިގެ ޝަރީއަތް ލައިވްކޮށްދޭން އެދިފަ އެވެ. އެ އެދުމަށް ގާޒީ ޝަކީލް ވިދާޅުވީ، މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން އެކަންކަން އިންތިޒާމު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް، އަދި އެ މައްސަލަ ލައިވް ކުރެވޭނެ އިންތިޒާމެއް ކޯޓުގައި ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox